ޚަބަރު
ފެނަކައިގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެން ދިއުމަކީ ދެކުނު ހުވަފެން ހަގީގަތަކަށްވުން – ފެނަކަ އެމްޑީ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމާއި ހަވާލުވި ދުވަހުން ފެށިގެން އެންމެ ދެކެން ބޭނުންވި އެއް ހުވަފެނަކީ އެކުންފުނީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރެވިގެންދާނެ ދުވަހަށް ކަމުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު  މުހައްމަދު ވިދާޅުވެއްޖެއެވެ.

ސައީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފެނަކައިގެ މަގާމް އާއި ހަވާލުވި ދުވަހުން ފެށިގެން ދެކެން ބޭނުންވި އެއް ހުވަފެނަކީ ފެނަކައިގެ ލޮބުވެތި މުވައްޒަފުންގެ މުސާރައަށް ހެޔޮ އުފާވެރި ބަދަލެއް ގެނެވޭނެ ދުވަހަކަށް ކަމަށާއި، އެ ހެޔޮ ބަދަލު މިހާރު ވަނީ ގެނެވިފައި ކަމަށެވެ.

ސައީދު މިހެން ވިދާޅުވެފައިވާއިރު ފެނަކައިންވަނީ މިމަހުގެ މުސާރަ މުވައްޒަފުންނަށް ދިން އިރު އެކުންފުނިން އެންމެ ކުޑަ އުޖޫރަ ދީފައެވެ. އެގޮތުން އެކުންފުނިން ވިދާޅުވި، ޤާނޫން ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން، 2021 ނޮވެމްބަރ 08 ވަނަ ދުވަހު މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ނެރުއްވި “އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމުގެ ޢަމުރު” މި ކުންފުނިން ވަނީ ތަންފީޒުކޮށްފައިވާ ކަމަށެވެ.

މިނިމަމް ވޭޖް ކަނޑައަޅައި މުވައްޒަފުންނަށް މުސާރަދިނުމަށް އިކޮނޮމިކް މިނިސްޓްރީއިން އަންގަވާފައިވަނީ، 2021 ނޮވެމްބަރު 08 ވަނަ ދުވަހުއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!