ޚަބަރު
ރިޔާސީ ބަޔާން އިއްވަން ބާއްވާ ޖަލްސާ އިދިކޮޅުން ބޯއިކޮޓްކޮށްފި

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ރިޔާސީ ބަޔާން އިއްވާ ޖަލްސާ އިދިކޮޅުން ބޯއިކޮޓް ކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން ޖުޑިޝަރީއަށް އަތްބާނާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ޔާމީނަށް ޓާގެޓްކޮށް ސަރުކާރުން ކުރަމުންދާ ދުއްތުރާތައް ވަރަށް ބޮޑަށް އިތުރުވެފައި ކަމަށެވެ. އަދި މިނިވަން މުވައްސަސާތައް ސަރުކާރުގެ ނުފޫޒުން ޕެރެލައިޒްވެ ބާރުކެނޑިފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން އިންތިޚާބެއް ބޯމަތިވެފައިވަނިކޮށް ސަރުކާރުން ކޮރަޕްޝަނުގެ އެތައް އަމަލެއް ހިންގަމުންދާ ކަމަށް ތުހުމަތުކޮށް އިދިކޮޅުން ބުނެފައިވަނީ މިފަދަ މައްސަލަތައް ބެލުމަށް ކަނޑައެޅިފައިވާ މުއައްސަސާ އެންޓި ކޮރަޕްޝަން ކޮމިޝަން މިވަނީ ޤާނޫނީ ހުސްކަމެއްގެ ތެރޭގައި ކަމަށެވެ.

އަދި މިނޫނަސް ގޮތްނޭގޭ އެތައް އެއްބަސްވުމެއް ސަރުކާރުން އިންޑިޔާއާއެކު ހަދާފައިވާ ކަމަށާއި އޭގެ ސަބަބުން ޤައުމުގެ މިނިވަންކަމާއި އިސްތިގްލާލް ގެއްލިފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން އިންޑިޔާ އައުޓް ހަރަކާތް ހުއްޓުވުމަށް ޤާނޫނު ހަދާ ޖިނާއީ ދައުވާކޮށް މީހުން ޖަލަށް ލުމަށް ގާނޫނު ފާސްކުރަން ނިންމާފައިވާ ނިންމުމަކީ މި ސަރުކާރު އިންޑިޔާއަށް އަޅުވެތިވެފައިވާ މިންވަރު އިތުރަށް ހާމަކޮށްދޭ ކަމެއް ކަމަށް އިދިކޮޅުން ދެކެއެވެ.

މިފަދަ އެތައް ކަމަކާއި ގުޅިގެން މާދަމާގެ ޖަލްސާ އިދިކޮޅުން މިވަނީ ބޯއިކޮޓްކޮށްފައެވެ. އިދިކޮޅުން ބުނަނީ ޚުދުމުޚުތާރު، ޑިމޮކްރެސީގެ ހަމަތަކާއި ބީރައްޓެހި، ގައުމުގެ މިނިވަންކަން އަވަށްޓެރި ގައުމަކަށް ވިއްކާލާފައިވާ ބޭފުޅަކު ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި އެ ކޯލިޝަނުން ބައިވެރިނުވާން ނިންމާފައިވާ ކަމަށެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!