މަޢުލޫމާތު
ޑައުން ސިންޑްރޯމް އާއި ގުޅޭ މުހިންމު މަޢުލޫމާތު ތަކެއް- ޑރ. ފައިސަލް

ޑައުން ސިންޑްރޯމަކީ ދިވެހި މުޖުތަމަޢު އިން މަދުން ނަމަވެސް ފެނި އާންމުވަމުން ވަމުން އަންނަ ސިއްޙީ މައްސަލައެކެވެ.

ޑައުން ސިންޑްރޯމް އަކީ އިންސާނާގެ ހަށިގަނޑުގައި ހުންނަންޖެހޭ މިންވަރަށްވުރެ އިތުރު ކްރޮމޮސޯމަކާއި އެކު އުފަންވާ ކުދިންނަށް ކުރިމަތިވާ ސިއްޙީ ހާލަތެވެ. މިފަދަ ކުދިންގެ ހަށިގަނޑުގައިވާ އިތުރު ކްރޮމޮސޯމްގެ ސަބަބުން ކުއްޖާގެ ހެދިބޮޑުވުމުގައި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލަސްތަކެއް ކުރިމަތި ކުރުވައެވެ.

ޑައުން ސިންޑްރޯމް އާއި ގުޅިފައިވާ ޖިސްމާނީ ސިފަތަކާއި ސިއްހީ މައްސަލަތަކަކީ ތުއްތު އިރުން ފެށިގެން ތުއްތު ދަރިފުޅުގެ މެދުގައި ވަރަށް ބޮޑަށް ތަފާތުވެދާނެ މައްސަލަތަކެކެވެ. ބައެއް ކުދިންނަށް ގިނަ ސިއްހީ ފަރުވާ ބޭނުންވާއިރު، އަނެއްބައި ކުދިންނަކީ ދުޅަހެޔޮ ދިރިއުޅުމެއް އުޅެމުން އަންނަ ކުދިންނެވެ.

ޑައުން ސިންޑްރޯމަށް ޓްރައިސޯމީ 21 އޭވެސް ކިޔެއެވެ. މި ސިއްޙީ މައްސަލަޔަކީ އެއިން ސަލާމަތްވެވޭ މައްސަލައެއް ނޫނެވެ. ނަމަވެސް ޑައުން ސިންޑްރޯމްގެ ސަބަބުން ކުރިމަތިވާ ތަފާތު ސިއްޙީ މައްސަލަތަކަށް، ފަރުވާ ހޯދިދާނެއެވެ. ތުއްތު ކުދިންނާއި އާއިލާތަކަށް އެހީވުމަށް މިހާރު ގިނަ ވަސީލަތްތަކެއް ލިބެން އެބަހުރެއެވެ.

ރާއްޖޭގެ މަޝްހޫރު ދިވެހި ޑޮކްޓަރެއް ކަމުގައިވާ އަހްމަދު ފައިސަލް އޭނާގެ ޓްވީޓެއްގައި ބުނެފައިވާގޮތުގައި، ޑައުން ސިންޑުރޯމަކީ ކުއްޖާ މައިމީހާގެ ބަޑުގައި ގަރުބަގަންނައިރު ކުރޮމޮޒޯމްތަކުގެ އެތުރުމުގައި ދިމާވާ މައްސަލައެއް ކަމަށެވެ. މި ބަލީގައި ކުއްޖާއަށްހެދިބޮޑުވުމުގައި އަންނަ ލަސްކަން، އިރާދަކުރެއްވިއްޔާ ހަލުވި ކުރެވޭނެ ކަމުގައި ފައިސަލް ބުނުއްވައެވެ. އަދި ގުނަވަންތަކުގެ ކަމެއް ހުރިނަމަ އެކަންތައްތަކަށްވެސް ވަކިވަކިން ފަރުވާ ކުރެވޭނެކަމުގައި ފައިސަލް ބުނުއްވާފައި ވެއެވެ.

ޑައުން ސިންޑްރޯމް ކުރިމަތިވާގޮތް:

ޢާއްމުގޮތެއްގައި ތުއްތު ދަރިފުޅު ދުނިޔެއަށް އުފަންވާއިރު 46 ކްރޮމޮސޯމްގައި މައިންބަފައިންގެ ފަރާތުން ޖެނެޓިކް މަޢުލޫމާތު ވާރުތަކުރެއެވެ. އެއީ މައިމީހާގެ ފަރާތުން 23 އަދި ބައްޕަގެ ފަރާތުން 23 އެވެ. ކްރޮމޮސޯމްގައި އެތައް ސަތޭކަ، ނުވަތަ އެތައް ހާސް ޖީންއެއް އެކުލެވިގެންވެއެވެ. ޖީން އަކީ އަހަރެމެންގެ މައިންބަފައިންގެ ކިބައިން ވާރުތަވާ (އިސްތަށިގަނޑު ނުވަތަ ލޮލުގެ ކުލަ ފަދަ) ސިފަތަކެވެ. ދަރިފަސްކޮޅުތަކަށް އެއްގޮތް އެކި ސިފަތަށް ފޯރުކޮށްދިނުމުގެ ދަރުއަދާކުރަނީ ޖީންއެވެ.

ޑައުން ސިންޑްރޯމް ގެ ގިނަ ހާލަތްތަކުގައި ދަރިފުޅަށް އިތުރު ކްރޮމޮސޯމް 21،  46 ގެ ބަދަލުގައި ޖުމުލަ 47 ކްރޮމޮސޯމް ލިބެ އެވެ. ބައެއް ފަހަރު ކްރޮމޮސޯމް 21 ގެ ހަމައެކަނި ބައެއް އެހެން ކްރޮމޮސޯމް އަކަށް އެޓޭޗް ކޮށްދެ އެވެ. މި އިތުރު ޖެނެޓިކް މެޓީރިއަލްގެ ސަބަބުން ޑައުން ސިންޑްރޯމްގައި ޖިސްމާނީ ސިފަތަކާއި ހެދިބޮޑުވުމުގައި ލަސްތަކެއް ދިމާވެ އެވެ.

މިއީ ކޮން ސަބަބަކާއި ހުރެ ކުރިމަތިވާ ހާލަތެއް ކަމާއި، ދިމާވަނީ ކީއްވެގެން ކަން އަދި މިހާތަނަށް ސާފުވެފައި ނުވެއެވެ. އަދި މި ކްރޮމޮސޯމް އެރަރ އިން ސަލާމަތްވެވޭނެ އެއްވެސް ގޮތެއް އެއްވެސް މީހަކަށް ޔަޤީންކަމާއެކު ނޭނގެއެވެ.

ބެލެނިވެރިންނަށް ކުރެވިދާނެ ކަންކަން:

ތިބާގެ ދަރިފުޅަށް ޑައުން ސިންޑްރޯމް ޖެހިއްޖެނަމަ އެންމެ ފުރަތަމަ ވެސް ހިތްދަތިކަން، އަމިއްލަ ނަފުސު ކުށްވެރިކުރެވި، ބިރުގަތުމުގެ އިހުސާސް ތައް ކުރެވިދާނެއެވެ. ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ އެހެން ބެލެނިވެރިންނާ ވާހަކަ ދެއްކުމަކީ ތިބާގެ ކަންބޮޑުވުންތަކާ މެދު މުއާމަލާތްކޮށް، މުސްތަގުބަލާ މެދު ބަލާނެ ގޮތްތައް ހޯދުމަކީ އެހީތެރިވެދޭނެ ކަމެކެވެ. ގިނަ ބެލެނިވެރިން ދެކޭ ގޮތުގައި މި ހާލަތާ ގުޅޭ ގޮތުން ވީހާވެސް ބޮޑަކަށް ދަސްކުރުމަކީ ބިރުތައް ލުއިކުރުމަށް އެހީތެރިވެދޭ ކަމެކެވެ.

ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް އަވަހަށް އާލީ އިންޓަވެންޝަންގެ ނުވަތަ ލިޔަން ކިޔަން އުގަންނައި ދިނުމުގެ މަސައްކަތް ފެށުމުން ފައިދާ ކުރެ އެވެ. ފިޒިކަލް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، އަދި ސްޕީޗް ތެރަޕީގެ ސަބަބުން އެހީތެރިވެވިދާނެ ކަމަށާއި، ޅަފަތުގެ ތަޢުލީމު އުނގަންނައިދޭ ފަރާތްތަކުން، ތުއްތު ދަރިފުޅުގެ ހެދިބޮޑުވުމަށް ހިތްވަރުދީ، ކުރިއެރުވުމަށް މަސައްކަތް ކުރެވިދާނެ އެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!