ވާހަކަ
އޭނާ

ލިޔުނީ : ހަމްދޫނާ ހަސަން
އޭނާއަށް‌ ‌ހޭލެވުނެވެ.‌ ‌އަދި‌ ‌އޭނާގެ‌ ‌ވަށައިގެންވާ‌ ‌މާހައުލަށް‌ ‌ބަލައިލެވުނެވެ.‌ ‌ހައިރާން‌ ‌ވެފައި‌ ‌ހުރެގެންނެވެ.‌ ‌ނަމަވެސް‌ ‌އޭނާ‌ ‌އުފާވިއެވެ.‌ 
ދުވަސްތަކެއް‌ ވަންދެން‌ ‌އޭނާ‌ ‌ކުރަމުން‌ ‌އައި‌ ‌މަސައްކައި‌ ‌ކާމިޔާބުވުމުންނެވެ.‌ ‌އެބިރުވެރި‌ ‌ހޮހަޅައިގެތެރެއިން‌ ‌އޭނާޔަށް‌ ‌ނިކުމެވުމުންނެވެ.‌ ‌އޭނާގެ‌ ‌ޙަޔާތުގާއިތުވެގެންދިޔަ‌  ދުވަސްތަކަކީ‌ ‌އެހޮހަޅައިގެ‌ ‌ކަނު‌ ‌އަނދިރިކަމުގައި‌ ‌އޭނާވޭތިކުރި‌ ‌ދުވަސްތަކެކެވެ.‌ ‌އެތަނުގައި‌ ‌އޭނާ‌ ‌އިޙްސާސްކުރަމުންދިޔައީ‌ ‌ތަދާއި‌ ‌ވޭނެވެ.‌ ‌އިވެނީ‌ ‌އިންސާނުންގެ‌ ‌ކެކުޅުމުގެ‌ ‌އަޑުތަކެވެ.‌ ‌އެތަނުގައި‌ ‌އަނދިރިކަން‌ ‌ނޫން‌ ‌އެހެން‌ ‌އެއްވެސް‌ ‌އެއްޗެއް‌ ‌އޭނާއަކަށް‌ ‌ސިފައެއް‌ ‌ނުވެއެވެ.‌ ‌އެހޮހަޅައިގައި‌ ‌އުޅެނީ‌ ‌އޭނާކަހަލަ‌ ‌އަނދިރި‌ ‌މަދުބައެކެވެ.‌ ‌ގިނައީ‌ ‌އެތަނުގައި‌ ‌ގަނޑުވަރު‌ ‌ބިނާކޮށްގެންއުޅޭ‌ ‌އެނުން‌ ‌އެހެންތަނެއް‌ ‌ވާކަމުގެ‌ ‌އިޙްސާސްވެސް‌ ‌ނުކުރެވޭ‌ ‌އިންސާނުންނެވެ.‌  
އެހުރިހާ‌ ‌ތަދުތަކާއި‌ ‌ވޭންތަކަކީ‌ ‌މިއަދު‌ ‌އޭނާ‌ ‌އިޙްސާސް‌ ‌ކުރާ‌ ‌ކަންތަށްތަކެއް‌ ‌ނޫނެވެ.‌ ‌އެދުވަސްތަކަކީ‌ ‌މިއަދު‌ ‌އޭނާއަށް‌ ‌ހިނދުކޮޅެކެވެ.‌ ނަމަވެސް‌ ‌އެހޮހަޅައިގައި‌ ‌އޭނާއަށް‌ ‌ހޭދަކުރެވުނު‌ ‌އެންމެ‌ ‌ސިކުންތަކީވެސް‌ ‌އެތަށްހާސް‌ ‌ގަރުނެކެވެ.‌ ‌އެތަނުގެ‌ ‌ވަގުތީ‌ ‌އަރާމާއި‌ ‌އުފާ‌ ‌ނުލިބުމަކީ‌ ‌މިދުވަސް‌ ‌އޭނާއަށް‌ ‌ލިބުމަށް‌ ‌މެދުވެރި‌ ‌ކުރުވި‌ ‌ސަބަބުތަކެވެ.‌ ‌މިދުވަހައްޓަކައި‌ ‌ކެނޑިނޭޅި‌ ‌އޭނާ‌ ‌މަސައްކަތް‌ ‌ކުރިއެވެ.‌ ‌އެކި‌ ‌ގޮތްގޮތުންނެވެ.‌ ‌އެތަކެއް‌ ‌މަރަކުން‌ ‌މަރުވެގެންނެވެ.‌ ‌ކެތްތެރިކަމުގެ‌ ‌މޭވާ‌ ‌ފޮނިވާނެއޭ‌ ‌ބުނާތީ‌ ‌އޭނާ‌ ‌އަޑުއަހައެވެ.‌ ‌ނަމަވެސް‌ ‌ޙިކްމަތްތެރިކަމާއި‌ ‌އެކުގައެވެ.‌ 
ނޭނގިހުރެ‌ ‌އޭނާ‌ ‌އޭނާގެ‌ ‌ނަފްސަށް‌ ‌އަނިޔާވެރިވިއެވެ.‌ ‌ނަމަވެސް‌ ‌އޭނާގެ‌ ‌ނިޔަތެއް‌ ‌ގޯހެއްނޫނެވެ.‌ ‌އޭނާ‌ ‌އަބަދުވެސް‌ ‌އޭނާ‌ ‌ހެއްދެވި‌ ފަރާތަށް‌ ‌ޝުކުރުވެރިވެއެވެ.‌ ‌ދެރަވިއަސްމެއެވެ.‌ ‌ރުޅި‌ ‌އާއިއުފަލުގައިވެސްމެއެވެ.‌ ‌މިއިން‌ ‌ކޮންމެ‌ ‌ޙާލެއްގައިވެސް‌ ‌އޭނާއެދެނީ‌ ‌އެލޯބީގައި‌ ‌ނިމުމެއްނުވާ‌ ‌ގޮތުގައި‌ ‌ދެމިހުރުމަށެވެ.‌ ‌ނަފްރަތާއި‌ ‌ޙަސަދައިން‌ ‌ދުރުހެލިވެ‌ ‌ހުރުމަށެވެ.‌ ‌އނެކުންނަށް‌ ‌އެހީތެރިވެ،‌ ‌ހުރިހާ‌ ‌ވަގުތެއްގައިވެސް‌ ‌އެފަރާތާއި‌ ‌އެކުވުމަށެވެ.‌ ‌އެއްވެސް‌ ‌ޙަރަކާތެއް‌ ‌އެފަރާތާއި‌ ‌އެކުވެގެން‌ ‌މެނުވީ‌ ‌ނުކުރުމަށެވެ.‌ ‌އެފަރާތް‌ ‌މަތިން‌ ‌ހަނދުމަނެތި‌ ‌ކުރެވިފައިވާ‌ ‌ކަންތަށްތަކާއިމެދު‌ ‌އޭނާ‌ ‌ދެރަވިއެވެ.‌ ‌ނަމަވެސް‌ ‌އެއީވެސް‌ ‌އިމްތިޙާނެކެވެ.‌ 
މިތަނަކީ‌ ‌އެއްބަޔަކަށް‌ ‌ސުވަރުގެއެކެވެ.‌ ‌އަދި‌ ‌އަނެއްބަޔަކަށްވާ‌ ‌ނަރަކައެކެވެ.‌ ‌މިދުނިޔޭގަ‌ ‌ނަރަކައިގައިވާ‌ ‌އިންސާނުންނަކީ‌ މިނަރަކައާއިމެދު‌ ‌ވިސްނާ‌ ‌ފިކުރުކޮށްލައިފިނަމަ‌ ‌މިނަރަކައިން‌ ‌ސަލާމަތްވެ‌ ‌ނިމުމެއް‌ ‌ނުވާ‌ ‌ސުވަރުގެ‌ ‌ހާޞިލްވުމުގެ‌ ‌މަގުމަތީގައިވާ‌ ‌ބައެކެވެ.‌ ‌ނަމަވެސް‌ ‌ވިސްނާފިކުރުކޮށް‌ ‌ނަފްސު‌ ‌އިސްލާހް‌ ‌ކުރަން‌ ‌މަސައްކަތް‌ ‌ކޮށްގެންނެވެ.‌ ‌ފުރަތަމަ‌ ‌ކޮންމެ‌ ‌ކަމެއްވެސް‌ ‌އިޞްލާޙް‌ ‌ކުރަން‌ ‌ފަށަން‌ ‌މިޖެހެނީ‌ ‌ތިމާގެ‌ ‌ނަފްސުންނެވެ.‌ ‌އެގޮތުން‌ ‌އޭނާ‌ ‌،އޭނާގެ‌ ‌ހަށިގަނޑުގެ‌ ‌ހުރިހާ‌ ‌ގުނަވަނެއް‌ ‌ސާފުކުރަންފެށިއެވެ.‌ ‌އެގުނަވަންތައްހުރީ‌ ‌ސާފުނުކޮށް‌ ‌ގިނަދުވަސް‌ ‌ވުމުގެ‌ ‌ސަބަބުން‌ ‌މިލަޖަހާ‌ ‌އެމިލަތަށް‌ ‌ހިލަޔަށްވެފައެވެ.‌ ‌އެހިލަތަށް‌ ‌ނައްޓަން‌ ‌އުޅުމުގެތެރޭގައި‌ ‌ބައެއް‌ ‌ގުނަވަންތައް‌ ‌ފާރުވެ‌ ‌އެތަންތަނުން‌ ‌ލޭއައިސް،‌ ‌ހަށިގަނޑުގައި‌ ‌ގިނަ‌ ‌ޒަޙަމްތައް‌ ‌ލެވުނެވެ.‌ ‌ނަމަވެސް‌ ‌ވަގުތުތަކަކަށް‌ ‌ފަހު‌ ‌އެހުރިހާ‌ ‌ޒަޙަމެއް ރަނގަޅުވެ‌ ‌އޭނާ‌ ‌ހަމަޔަކަށް‌ ‌އެޅުނެވެ.‌ ‌އޭނާގެ‌ ‌މަންޒިލަށް‌ ‌އޭނާއަށް‌ ‌ވާޞިލް‌ ‌ވެވުނީއެވެ.‌ ‌މިއަދު‌ ‌އޭނާޔަށް‌ ‌ދަތި‌ ‌އެއްވެސްކަމެއް‌ ‌ނެތެވެ.‌ ‌ނުއުފުއްލެވޭނެ‌ ‌ވަރުގެ‌ ‌ބުރައެއް‌ ‌ނެތެވެ.‌ ‌ކޮންމެ‌ ‌ޙާލެއްގައިވެސް‌ ‌އޭނާ‌ ‌ވަނީފުދިގެންނެވެ.‌ ‌އޭނާ‌ ‌ވަނީ‌ ‌ހިތްހަމަޖެހި‌ 
އުފާވެފައެވެ.‌ ‌އޭނާ‌ ‌ޝުކުރުކުރެއެވެ.‌ ‌އޭނާގެ‌ ‌ވެރި‌ ‌ރައްބަށެވެ.‌
މިއަދު‌ ‌އޭނާ‌ ‌އަކީ‌ ‌އަނެކުންނަށް‌ ‌ލޯބިދޭ‌ ‌ލޮބުވެތި‌ ‌އިންސާނެކެވެ.‌ ‌ކެތްތެރި‌ މަޑުމައިތިރި‌ ‌އިންސާނެކެވެ.‌ ‌އެދުމެއްނެތި‌ ‌ވެދުންކުރާ‌ ‌އިންސާނެކެވެ.‌ ‌އެއްވެސް‌ ‌އަމަލެއް‌ ‌އެ‌ ‌ޢަމަލެއްގެ‌ ‌ނަތީއްޖާ‌ ‌އެމީހަކަށް‌ ‌ނުލިބޭ‌ ‌ޢަމަލެއް‌ ‌ނުވާނެއެވެ.‌ ‌އެއްވެސް‌ ‌އެދުމެއްނެތި‌ ‌އަނެކާޔަށް‌ ‌ނުވަތަ‌ ‌އަނެއްފަރާތަށް‌ ‌ލޯބިކޮށްފުމަށްދާންދެން‌ ‌ތިމާ‌ ‌ސުވަރުގެ‌ ‌ނުވަންނަހުއްޓެވެ.‌ 
ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!