ޚަބަރު
ރައްޔިތުންނަށް ޑިގުރީ ދިނުމުގެ ކުރިން ހިލޭ ޑިގުރީއެއް ނަންގަވަންވީ ރައީސް – މަލީހް

ރައްޔިތުންނަށް ހިލޭ ޑިގުރީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ދިނުމުގެ ކުރިން ހިލޭ ޑިގުރީއަށް ކިޔަވަން ވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމުގައި ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ހިލޭ ޑިގްރީއަށް ކިޔެވުމާއި ބެހޭ ގޮތުން ރައީސް ސޯލިހު ދެއްކެވި ވާހަކަތަކަށް ފާޑުވިދާޅުވަމުން މަލީހް ވިދާޅުވީ، ހިލޭ ޑިގުރީ ރައްޔިތުންނަށް ދިނުމުގެ ކުރިން ހިލޭ ޑިގުރީގެ ދަށުން ޑިގުރީއެއް އެންމެ ފުރަތަމަ ނަގަންވީ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.

ހިލޭ ޑިގުރީގެ ދަށުން ޑިގުރީއެއް ނަންގަވަންވީ އިބްރާހިމް މުހައްމަދު ސޯލިހު. ނުކިޔަވާ މިކަމެއް ނުވާނެ. ނުކިޔަވާ ގައުމެއް ނުހިންގޭނެކަން ފާއިތުވި 4 އަހަރު ސާބިތުުވެއްޖެ. މަލީހް ވިދާޅުވިއެވެ.

މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހުވަނީ، ސަރުކާރުން ތައުލީމީ ދާއިރާގަިއ ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލަމުން، ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދޭ ޕްރޮގްރާމްގެ ނަތީޖާ ރަނގަޅުކަމުގައި ފާހަގަކުރައްވާފައެވެ. އެގޮތުން ކޮލެޖް ނުވަތަ ޔުނިވަރސިޓީގެ ޑިގްރީ ޕްރޮގްރާމްތަކުން މިހާތަނަށް 12،730 އަށްވުރެ ގިނަ ދަރިވަރުންނަށް ފުރުސަތު ހޯދައިދެވިއްޖެ ކަމަށާއި މިޕްރޮގްރާމްގެ ދަށުން މިހާރުވެސް 2،127 ދަރިވަރުން ޑިގްރީ ފުރިހަމަކޮށްފައިވާކަން ރައީސް ސޯލިހު ވަނީ ހާމަކުރައްވާފައެވެ.

އަދި، މިގޮތުގައި ކުރިއަށްއޮތް 2023 ގެ ނިޔަލަށް 5,000 އަށް ވުރެ ގިނަ ކުދިން ހިލޭ ޑިގްރީ ނިންމައިގެން ޤައުމު ބިނާކުރުމަށް ނުކުންނާނެކަމަށާއި، އެއަށްފަހު ކޮންމެ އަހަރަކު މަދުވެގެން 2,000 ކުދިން ޤައުމީ ޚިދުމަތަށް ޑިގްރީ ހަދައިގެން ނުކުންނާނެކަމުގައި އެމަނިކުފާނު އަންދާޒާކުރެއްވިއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!