ޚަބަރު
ޤައުމެއްގެ ހަޤީޤީ ތަރައްޤީ ގުޅިފައިވަނީ ޤައުމުގެ އިޖްތިމާޢީ ދުޅަހެޔޮކަމާ – ނައިބު ރައީސް

ޤައުމެއްގެ ހަގީގީ ތަރައްގީ ގުޅިފައިވަނީ ގައުމުގެ އިޖްތިމާއީ ދުޅަހެޔޮކަމާއި ކަމުގައި ދިވެހިރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނަށް އަލިއަޅުއްވައި މިއަދު ކުރެއްވި ޓުވީޓެއްގައި ނައިބު ރައީސް ފައިސަލް ވިދާޅުވީ، ގައުމެއްގެ ތަރައްގީއާއި ގުޅިފައިވަނީ އެގައުމެއްގެ އިޖްތިމާއީ ދުޅަހެޔޮކަމާއި ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ޤައުމުގެ އިޖްތިމާޢީ ތަރައްޤީއާ ގުޅިފައިވާ ގިނަކަންތައްތަކެއް ހިމަނުއްވާފައިވާކަމީ އަޅުގަނޑުމެން ރައްޔިތުންނަށް ލިބޭ ވަރަށްބޮޑު އުފަލެއްކަމަށެވެ.

މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހުވަނީ، ގައުމުގެ ތަރައްގީއާއި ގުޅިފައިވާ ގިނަ ކަންތައްތަކަށް އަލިއަޅުއްވާލައްވައި، މިސަރުކާރުގައި މިހާތަނަށް ހޯދާފައިވާ ކުރިއެރުންތަކާއި ރައްޔިތުންނާއި ގައުމަށް ކޮށްދެއްވާފައިވާ ގިނަ ކަންތައްތަކަށް އަލިއަޅުއްވާލައްވައިފައެވެ.

އެގޮތުން، މިއަހަރު ކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި، ސިއްހީ ދާއިރާގައި ހުރި ގޮންޖެހުންތައް ހައްލުކުރެވިގެން ދިއުމާއި، މަސްވެރިން ބާނާ މަހުގެ ހަމަ އަގު ހޯދައިދޭނެ ކަމަށާއި، ތައުލީމީ ދާއިރާގެ މަސައްކަތްތެރިންނަށް އަންނަ މަހުން ފެށިގެން މުސާރަ ބޮޑުކުރަން ނިންމާފައިވާ ކަމަށާއި، ބޯހިޔާވަހިކަމަށް ހައްލުހޯދައިދޭން ގިނަ މަސައްކަތަތެއް ކުރައްވާނެ ކަމަށްވަނީ ވައުދުވެވަޑައިގެންފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!