ޚަބަރު
ތަރައްގީއާއި ކުރިއެރުން އޮންނާނީ އެމްޑީޕީ ވިސްނުމުގައި ކުރިއަށް ވަޑައިގަތުމުން – ރައީސް

ދިވެހިރާއްޖޭގެ ތަރައްގީއާއި ކުރިއެރުން އޮންނާނީ އެމްޑީޕީ ވިސްނުމުގައި ކުރިއަށް ވަޑައިގަތުމުން ކަމަށާއި، މިވިސްނުމުގައި ކޮމަންޑޫ ދާއިރާގެ ރައްޔިތުން ކުރިއަށް ވަޑައިގަތުމަން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިންއަށް މިއަދު ކޮމަންޑޫއަށް ވަޑައިގެން  ދާއިރާގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެެވެ.

މިޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އަށް ވާދަކުރައްވާ އަނެއް ދެ ކެނޑިޑޭޓުންނަށް އެމަނިކުފާނު އިހްތިރާމް ކުރައްވާ ކަމަށާއި، ނަމަވެސް ދާއިރާގެ ތަރައްގީއަށްޓަކައި ރައްޔިތުން ވޯޓު ދޭންވީ އެމްޑީޕީ އެނޑީޑޭޓަށް ކަމަށެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، މިއިންތިހާބަކީ ސަރުކާރަށް މުހިންމު އިންތިހާބެއް ކަމަށާއި، ކޮމަންޑޫ ރައްޔިތުން ހިޔާރުކުރަންވީ އެމްޑީޕީގެ ކެނޑިޑޭޓް ރާޝިދުކަމާއި، އެދާއިރާގެ ރައްޔިތުންނަށް ދެރަގޮތެއް ނުވާނެ ކަމަށެވެ.

ސަރުކާރުން ވައުދުވެފައިވާ ގޮތަށް ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތް ރައްޔިތުން ބޭނުންވި ގޮތަށް ކުރަމުންދާ ކަމަށާއި، އެތަނުގައި އިގްތިސާދީ ކަންކަން ކުރިއަށް ގެންދަން ސަރުކާރުގެ ވިސްނުން އެބަހުރި ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމަސައްކަތް ނިމި، އެތަނުން ބޯހިޔާވަހިކަން ރައްޔިތުންނަށް ލިބި އަދި އިގްތިސާދީ މަސައްކަތްތައް އެތަނުގައި ފެށުމަށް ޕްލޭންތަކެއް އަޅުގަނޑުމެން އެބަކުރަން. ތިބޭފުޅުންނާއެކު މަޝްވަރާތައް ކުރުމަށްފަހު އެކަން ކުރިއަށް ގެންދާނަން – ރައީސް ސޯލިހު ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، މިއަދު ރިޔާސީ ބަޔާން އިއްވިއިރު، ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވަހީދު މަޖިލީހުގައި ނެތުމުން އެކަމުގެ ފަޅުކަން އިހްސާސްކުރެވުނު ކަމަށެވެ.

އަދި މިއަދުގެ ރިޔާސީ ބަޔާނުގައި ވައުދުވެވަޑިއިގެންފައިވާ ފަދައިން ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ މުސާރަ ބޮޑު ކުރުމަށް ސަރުކާރުން ނިންމާފައިވާ ފަދައިން، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ދިރާސާތައް ހަދައި، ނިންމަންޖެހޭ ކަންކަން މިއަހަރު ތެރޭ ނިންމާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!