ޚަބަރު
ތިނަދޫގައި ބޫސްޓަރ ޑޯޒް ޖެހުމުގެ މުއްދަތު އިތުރުކޮށްފި

ގދ.ތިނަދޫގައި 18 އަހަރުން މަތީގެ މީހުންނަށް ބޫސްޓަރ ޑޯޒް ޖެހުމުގެ މުއްދަތު އިތުރުކޮށްފިއެވެ. ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (ޑރ.އޭއެސްއެމްއެޗް) އިން ހާމަކުރި ގޮތުގައި 18 އަހަރުން މަތީގެ މީހުންނަށް ބޫސްޓަރ ޑޯޒް ޖަހުމުގެ މުއްދަތު އިތުރު ކޮށްފައިވަނީ މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޑރ.އޭއެސްއެމްއެޗް އިން ވިދާޅުވީ ބޫސްޓަރ ޑޯޒު ޖެހުމުގެ މުއްދަތު އިތުރުކޮށްފައިވަނީ ކުރިއަށް އޮތީ ހުކުރު އަދި ހޮނިހިރު ދުވަހަށް ވުމުން މަސްވެރިންނާއި ރަސްމީ ދުވަސްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ބަންދު ދުވަސް ތަކުގައި ވެކްސިން ޖެހުމަށް ފަސޭހަވެގެންދާނެ ކަމަށް ލަފާކޮށްފައެވެ.

ގދ.ތިނަދޫގައި ކޮވިޑް ބޫސްޓަރ ޑޯޒް ޖެހުން ކުރިއަށް ގެންދަނީ — ހުވަދޫ ފޯޓޯ: މުހައްމަދު އަޚްތަރު

އެގޮތުން ބޫސްޓާރ ޑޯޒް ޖެހުމުގެ މުއްދަތު އިތުރު ކޮށްފައިވާއިރު، މަދާމާ މެންދުރު ފަހު 2:30 އިން ފެށިގެން ހަވީރު 5 ޖަހަންދެން ބޫސްޓަރ ޑޯޒު ޖެހައިދޭނެއެވެ. އަދި ހޮނިހިރު ދުވަހުގެ މެންދުރު 2:00 އިން ފެށިގެން ހަވީރު 4:45 އަކަށް ބޫސްޓަރ ޑޯޒް ޖެހުން ގދ.ތިނަދޫގައި ހުންނަ ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިއަށް ދާނެއެވެ.

ކޮންމެ ދުވަހަކުވެސް ބޫސްޓަރ ޑޯޒު ޖެހުމަށް 100 ކިއު ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވާއިރު ޑރ.އޭއެސްއެމްއެޗް އިން މަޢުލޫމާތު ދޭ ގޮތުގައި ބޫސްޓަރ ޑޯޒް ޖެހޭނީ، ކޮވިޑް-19 ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް 6 މަސް ފުރިހަމަވެފައިވާ 18 އަހަރުން މަތީގެ ފަރާތްތަކަށް ކަމަށެވެ. އަދި ކޮވިޑް-19 އަށް ފައްސިވެފައިވާ ފަރާތްތަކަށް ކޮވިޑް ވެކްސިން ޖެހޭނީ ކޮވިޑް-19 އަށް ޕޮސިޓިވްވި ސާމްޕަލް ނެގި ދުވަހުން ފެށިގެން 28 ދުވަސް ފަހުން ކަމަށެވެ.

ބޫސްޓަރ ޑޯޒް ޖެހުމަށް ދާއިރު، ވެކްސިން ކާޑައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދިޔުމަށް ޑރ.އޭއެސްއެމްއެޗް އިން އެދެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ކޮވިޑް-19 ޖެހިފައިވާ މީހުންނާއި ގާތުން އެއްތަންވި ނަމަވެސް މީހުން ބޫސްޓާ ފުރިހަމަ ކޮށްފައިވާ ނަމަ ލުއި ދޭން ނިންމާފައެވެ. އަދި އެޗްޕީއޭ އިން ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ކަމަށް ބަލަނީ، ދެ ޑޯޒް ފުރިހަމަ ކުރުމުގެ އިތުރުން ދެވަނަ ޑޯޒް ޖެހިތާ ހަ މަސް ދުވަސް ފަހުން ބޫސްޓަ ޑޯޒް ވެސް ފުރިހަމަކޮށްފައިވާ މީހުންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!