ޚަބަރު
މިއަހަރުގެ ދިރާސާ ނިމުމުން ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަވެސް ބޮޑުވާނެ: ރައީސް

ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށްފަހު ދެން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ބޮޑު ކުރައްވާނީ ސިއްހީދާއިރާގެ މުވައްޒަފުންގެ މުސާރަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ކެމްޕެއިންނަށް ކޮމަންޑުއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރަމުންދާކަމަށާއި، މިދިރާސާ މިއަހަރުގެ ތެރޭގައި ނިންމެވުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށެވެ.

މުދައްރިސުންނާއި ޕްރިންސްޕަލުން އަދި ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާފަދަ ދިރާސާއެއްކޮށް އެކި ފަންތީގެ މީހުންގެ މުސާރަ ބޮޑުވެގެންދާގޮތް މި ދިރާސާގައި ފެންނަން ހުންނާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެއަށްފަހު ދެން ފެނިގެންދާނީ ޑޮކްޓަރުންނާއި، ނަރުހުންނާއި، އެ ނޫންވެސް އެދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާ މަންޒަރުކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ ޢާއްމު ޙާލަތު ރަނގަޅު ކުރެވޭނެ ބަދަލުތަކެވެ. އެ ބަދަލު ފެށެނީ ޢާންމު މީހާގެ ދިރިއުޅުމުންކަމަށް ރައީސް ވިދާޅުވިއެވެ.

ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ އަންނަ މެއި މަހުން ފެށިގެން ބޮޑުކުރުމަށް ނިންމެވުމާއެކު ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައިން %56ގެ ކުރިއެރުމެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން މިސާލެއް ދައްކަވަމުން މިބަދަލާއެކު 21،000ރުފިޔާ ލިބޭ ޕްރިންސްޕަލެއްގެ މުސާރަ 32،000އަށް ބޮޑުވާނެއެވެ. އަދި 14،000 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭ މީހުންގެ އިތުރުވުން އުޅޭނީ 28،000 ރުފިޔާގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!