ރިޕޯޓް
ކެންސަރާއި ހަނގުރާމަ ކުރި މަޔަކާއި ދަރިއެއްގެ ހިތްވަރުގަދަ މެސެޖެއް

ދުނިޔޭގެ ކެންސަރުގެ ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު މިއީ އާބާދީ މަދު މިރާއްޖެއަށް ވެސް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެކެވެ. ދުވަހުން ދުވަހަކަށް ކެންސަރު ޖެހޭ މީހުން ދަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި ޒުވާނުން ވެސް ގިނަ އަދަދަކަށް ހިމެނެއެވެ. އަދި އެބަލީގައި މަރުވާމީހުންގެ އަދަދުވެސް ގިނަވަމުންދާކަން ފާހަގަކުރެވެއެވެ.

މިއީ ހުވަދު އަތޮޅަށް ނިސްބަތްވާ ޒުވާން އަންހެނެއް ކަމަށްވާ ޝަޒީމާ އަލީ (31)އ އާއި އޭނާގެ ދަރިފުޅު އަހުމަދު އައިދިން އަބްދުﷲ (9)އ ކެންސަރާއި ހަނގުރާމަ ކުރި ދަތުރުގެ ވާހަކައެވެ. ޝަޒީމާ އަކީ ސިއްޙީ ދާއިރާގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ހިތްވަރުގަދަ ނަރުހެކެވެ. ޝަޒީމާގެ ދިރިއުޅުމުގެ ހުރިހާ އުންމީދެއް ގުޅިފައިވަނީ އޭނާގެ ދަރިފުޅު އައިދިންއާއެވެ. ޝަޒީމާގެ ހަމައެކަނި ދަރިފުޅު އައިދިން އަށް ކެންސަރު ޖެހިފައިވާކަން އެނގުމުން ހިތް ކުދިކުދިވެ ފައިތިލައިގެ ދަށުން ދުނިޔެ ދަމައިގަތްކަން އިހްސާސް ކުރެވުނު ކަމަށް ޝަޒީމާ ކިޔައިދިނެވެ.

އައިދިން އެންމެ ތުއްތު އިރުއްސުރެވެސް ހޮޑުލުމަށްފަހު ބޮލުގެ ފުއްކިބައިގައި ރިއްސާތީ އުޅޭ ކަމަށާއި، އެއްޗެއް ކައިފިނަމަވެސް ހޮޑުލާކަމަށް ޝަޒީމާ ކިޔައިދިނެވެ. އެގޮތުން ޔޯގަޓްގައި ހުންނަ މޭވާކޮޅު ޖެހުނަސް ހޮޑުލައި އެކަމާހެދި އަބަދު ރޮއެހަދައެވެ. އެކަމަށް އެކިފަހަރު މަތިން އެކި ޑޮކްޓަރަށް ދެއްކުމުންވެސް ގިނަ ޑޮކްޓަރުން ބުނީ ހޮނޑުލުމަށްފަހު ބޮލުގައި ރިއްސުން އެއީ އާންމުކަމެއް ކަމަށެވެ.

އައިދީން، ކީމޯ ތެރަޕީ ނަގަމުންދިޔައިރު

“އައިދިން ކެންސަރަށް ޑައިގްނޯސް ވުމުގެ 2 ހަފްތާކުރިން ފެށިގެން ހޮނޑުލުމުގެ ނިސްބަތް އިތުރުވި. އެކަމާ ގުޅިގެން 3 ފަހަރެއްގެ މަތިން ޑޮކްޓަރަށްވެސް ދެއްކިން. ރާއްޖޭގެ މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރެއް އެއީ ޗައިލްޑްހުޑް މައިގްރެއިން ކަމަށްބުނެ ބޭސްދިނުމަށްފަހު ގެއަށް ފޮނުވާލީ. ދެން ރައްޓެއްސެއްގެ އެދުމުގެ މަތިން ލޮލުގެ ޗެކްއަޕްއެއް ހެދުމަށް އޭޑީކޭ ހޮސްޕިޓަލަށް ދެއްކުމުން އެނގުނީ، އައިދީންއަށް ލެންސާއެކީވެސް ޗާޓުގެ ސެކަންޑް ރޯ އިން ފެށިގެން ތިރި ކިޔާކަށް ނޭނގޭ.” – ޝަޒީމާ ކިޔައިދިނެވެ.

އޭގެ ފަހުން އިތުރު ޓެސްޓުތަކެއް ހެދުމުން އައިދީންގެ “ޕެޕިލޯ އެޑީމާ” ހުރިކަން އެނގިގެން ދިޔަ ކަމަށާއި، ޑޮކްޓަރުގެ އިރުޝާދާއެއްގޮތަށް ވީއެންމެ އަވަހަކަށް ނިއުރޯ ސަރޖަން އަކަށް ދައްކައި އެމްއާރްއައި ހެދުމުން ކެންސަރުގެ ބާވަތެއް ކަމަށްވާ މެޑިއުލޯބްލަސްޓޯމާއެއް (ސިކުނޑީގެ ބައެއްގައި އުފެދިފައިވާ ޓިއުމަރއެއް) އިންކަން އެނިގެންދިޔަ ކަމަށް ޝަޒީމާ ކިޔައިދިނެވެ.

“އެދުވަހަކީ ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުން އަކަށް ދިޔަ ދުވަސް. ދެން އަވަހަށް ހޮސްޕިޓަލްއަށް ގުޅައި އަނެއް ދުވަހަށް އޮންލައިން ކޮންސަލްޓޭޝަން އަކަށް އެޕޮއިންޓްމަންޓެއް ހެދީ. އެކަމަކު ކަންދިމާކުރި ގޮތުން އެދުވަހުވެސް ޑޮކްޓަރަށް ދެއްކޭ ގޮތެއް ނުވި. ދެން ހިތަށް އެރީ ހޮސްޕިޓަލްއިން ގުޅަންދެން ހިންހަމަ ޖައްސާލައިގެން ދަރިފުޅާ އެކީ ވަގުތު ހޭދަކުރާނީއޭ.” – ޝަޒީމާ ކިޔައިދިނެވެ.

އޭގެ ފަހުން ހޮސްޕިޓަލް އިން ގުޅައި ޑޮކްޓަރަށް ދައްކަން ދިއުމަށް އެދުމުން ޑޮކްޓަރަށް ދައްކަން ދިޔަ ކަމަށާއި، ޑރ އަލީ ނިޔާފް އާދި ޑރ. ކިރަން އައިދިން ބެލުމަށްފަހު ޝަޒީމާއަށް އެމްއާރްއައި އާއެކީ ބަލީގެ ހުރިހާ މައުލޫމާތެއް ދިން ކަމަށާއި، ވީއެންމެ އަވަހަކަށް އޮޕަރޭޝަން ކުރުމަށް ޑޮކްޓަރުން ލަފާދެއްވިކަމަށްވެސް ޝަޒީމާ ބުންޏެވެ. އޮޕަރޭޝަން އަށް ފަހު އައިދިންގެ ލޮލުގެ ފެނުމަށް ބޮޑު ބަދަލުތަކެއް އައިސްދާނެ ކަމާށާއި، ކޮޅަށް ހުރުމުގެ ދަތި ތަކެއް ހުރެދާނެ ކަމަށާއި، ޓިއުމަރުގެ އިންތަނުގެ ގޮތުން ޓިއުމަރ އެއްކޮށް ނުނެގިދާނެ ކަމަށް ޑޮކްޓަރ ވިދާޅުވުމުން  އޮޕަރޭޝަނާއި މެދު ހިޔާލު ތަފާތުވިކަމަށް ވެސް ޝަޒީމާ ކިޔައިދިނެވެ. ނަމަވެސް އާއިލާގެ ހިތްވަރުން ހިއްވަރު ލިބި އޮޕަރޭޝަނަށް އެއްބަސްވެ، 20 އޭޕްރީލްގައި އައިދިން އެޑްމިޓްކުރެވި 22 އެޕްރީލްގައި އޮޕަރޭޝަން ކުރެވުނެވެ.

އައިދީން ރޭޑިއޭޝަންގެ ކުރިން ސީޓި ސިމިއުލޭޝަން ހަދަނިކޮށް

“ބައޮޕްސީ ރިޕޯޓް ލިބެންދެންވެސް އުންމީދު ކުރިން ޓިއުމަރ އަކީ މެޑިއުލޯބްލާސްޓޯމަރ އަކަށް ނުވޭތޯ. އެއީ ސްޕައިނަލް ފުލުއިޑް އަދި ސެރެބަލަލް ފުލުއިޑްގެ ޕެތޯލޮޖީ ރިފޯޓް އައީ ކުލިއާކޮށް. އެކަމް ހީކުރިގޮތާ ހިލާފް. ދެން ވިދާޅުވީ ރޭޑިއޭޝަނަށްއަށް ރާއްޖެއިން ބޭރަށް ދިއުމަށް. ބޯޑަރ ބަންދުކޮއްފައި ވުމާއެކު 4 ހަފްތާ ފަހުން ނަގަން ޖެހޭ ރޭޑިއޭޝަން ނެގުމަށް ރާއްޖެއިން ބޭރަށް ދެވުނީ އޮޕަރޭޝަން ކުރިތާ 2 މަސް ވެސްވީ ފަހުން. އެކޮޅުގަ ކަރަންޓީނުގަ ތިބިއިރު ހެދި އެމް.އާރް.އައި އިން ޓިއުމަރުގެ އެއްބައި ނުނެގި އިންކަމަށް ދެއްކި. ދެން އަނެއްކާވެސް 22 ޖުލައި ގަ ދެވަނަ އޮޕަރޭޝަން ކުރި.” – ޝަޒީމާ ކިޔައިދިނެވެ.

އޮޕަރޭޝަނަށް 4 ހަފްތާ ފަހުން ރޭޑިއޭޝަން ފެށި ކަމަށާއި ރޭޑިއޭޝަން ފެށުމުން ބޮލުގެ އިސްތަށި ފައިބަން ފެށިކަމަށާއި، އަދި ވަރަށް ބޮޑަށް ހިކި އަނަރޫފަވިކަމަށް ޝަޒީމާ ކިޔައިދިނެވެ. ރޭޑިއޭޝަނަށްފަހު ރާއްޖެ އައިސް ރާއްޖެއިން ކީމޯތެރަޕީ ފެށިއެވެ. ކީމޯތެރަޕީގެ 3 އިންޑަކްޝަން ސައިކަލް އާއި 7 މެއިންޓެނެންސް ސައިކަލް ދީ ނިމުނީ 5 ޖުލައި 2021 ގައެވެ. ރޭޑިއޭޝަން އާއި ކީމޯތެރަޕީވެސް ވީ އައިދިން ވަރަށް ބަލިކޮށްލިކަމަކަށެވެ. ކޮންމެ ކީމޯތެރަޕީއަކަށް ފަހު ލޭގެ ކައުންޓްސް ދައްވާތީ އިންޖެކްޝަން ޖަހަން ޖެހުނެވެ. އެކަމަކު ހިތްވަރާއެކު އެތަދާއި ވޭނަށް ކެތްކުރީ ބޮޑުމީހަކަށްވެސް ނުކުރެވޭނެހާ މިންވަރަކަށެވެ.

އައިދިން ޑައިގްނޯސްވީ 2020 ވަނަ އަހަރުގެ އެޕްރީލް މަހުގައި ކަމަށާއި، އައިދިންގެ ޓްރީޓްމަންޓްގެ ކަންތައް ކުރިއަށްދަނިކޮށް އޭގެ އަހަރެއް ފަހުން ޝަޒީމާއަށްވެސް ކެންސަރު ޖެހިފައިވާކަން އެނގިގެންދިޔަ ކަމަށް ޝަޒީމާ ކިޔައިދިނެވެ. އަދި އެދުވަހަކީ ދުވަހަކުވެސް ހިތުން ނުފިލާނެ ފަދަ ހިތްދަތިކަމެއް އިހްސާސް ކުރެވުނު ދުވަހެއް ކަމަށާއި، އެދުވަހުގެ ހިތްވަރުން ކުރި މަސައްކަތުން އިންޝާﷲ ޝަޒީމާއާއި އައިދީން ކެންސަރާއި ހަނގުރާމަކޮށް ކާމިޔާބު ކުރިކަމީ އަބަދުވެސް ﷲ ގެ ހަޟްރަތުގައި ޝުކުރުވެރިވާނެ ކަމެއް ކަމަށް ޝަޒީމާ ބުންޏެވެ.

“ފުރަތަމަ އުރަމަތީގައި ގަނޑެއް އޮތްކަން ފާހަގަކުރެވިގެން އެކަމަކީ ކަސްރަތު ކުރުމުގެ ސަބަބުން ލާފައިވާ ގަނޑެއްކަމަށް ހީކުރެވުނު. ދެން އެކަމާ މާބޮޑަށް އަޅާނުލައި ދޫކޮށްލެވުނީ. އެކަމަކު ތިންހަފްތާ ވެގެންދިޔައިރުވެސް ރަނގަޅުނުވާތީ ޑޮކްޓަރަށް ދެއްކީ. ޑޮކްޓަރަށް ދައްކައި އުރަމަތީ ސްކޭނެއް ހެދުމުން ކެންސަރު ކަމަށް ޝައްކުކުރެވިގެން އެފްއެންއޭސީއެއް ހެދުމަށް ޑޮކްޓަރު ލަފާދެއްވީ. “- ޝަޒީމާ އަށް ކެންސަރު ޖެހިފައިވާކަން އެނގުނު ގޮތް ކިޔައިދިނެވެ.

އެފްއެންސީގެ ރިޕޯޓުން ޓިއުމަރަކީ އިންފިލްޓްރޭޓެޑް ޑަކްޓަލް ކަރސިނޯމާ އެއްކަން އެނިގެންދިޔަ ކަމާށާއި، އޭގެ ފަހުގައި އޮންކޮލޮޖީ ސަރޖަން އަކަށް ދައްކައި އޮޕަރޭޝަން ކުރަން ނިންމި ކަމަށް ޝަޒީމާ ބުންޏެވެ. އަދި ސަރޖަރީކޮށް ޓިއުމަރު ނެގުމަށްފަހު ބައޮޕްސީ ހެދުމަށް ސާމްޕަލް ފޮނުވައި އޭގެ ނަތިޖާ ލިބުމުން ވަގުތުން ކީމޯ ނަގަން ފެށިކަމަށްވެސް ޝަޒީމާ ބުންޏެވެ.

ޝަޒީމާ ޑިއުޓީގައި

ފުރަތަމަ ހަތަރު ކީމޯ ނެގިއިރު މެއިނުބައިކޮށް، އަނގަހަލާކުވެ، ވަރުބަލިވެ، ނޭވާއަށް އުނދަގޫވެ، އިސްތަށިފައިބާ، ހަމުގެ ކުލަ ބަދަލުވެ އަދި ރަނގަޅަށް ނުވެސް ކެވޭ. އެންމެ ނުބައި އެއްޗަކަށްވީ ފެން.  އެކަމަކު ފަހު ހަތަރު ސައިކަލް ކީމޯވީ މުޅިން ތަފާތު ވޭނަކަށް. ގައިގަ ނުރިއްސާ އެންމެ ތަންކޮޅެއްވެސް ނެތް. ރިއްސަނީ ކަށީގަކަމެއް ނޫނީ މަސްގަނޑުގަ ކަމެއް ނޭނގޭ. ރިއްސާވަރުން ތަނެއްގަ އޮށޯންނަންވެސް އަދި އިށީންނަންވެސް އުނދަގޫވި. ހަމައެއާ އެކު ނުވެސް ނިދޭ. ބަނޑުހަރުވުމުގެ އުނދަގޫ ފުރަތަމަ ފަހަރަށް ދިރިއުޅުމުގަ ކުރިމަތިވި. އެކަމަކުވެސް ހިތްވަރުކޮށްފަ ވަޒީފާއަށް ދެވުނު ކޮންމެ ދުވަހަކު ދިޔައިން. އަޅުގަނޑު އަމިއްލައަށް އެވޭނުގަ އުޅެން ޖެހުނީމަ އިޙްސާސްކުރެވުނު އައިދިންގެ ހަށިގަނޑުގަ އެޅި ވޭނާއި އުފުލި ބުރަ. އައިދީން އަކީ ހިތްވަރުގަދަ ކުއްޖެއް. މާޝަﷲ  – ރޭޑިއަޝަން ޓްރީޓްމެން ނިންމުމަށްފަހު ރިކަވަރީ ޕީރިއަޑްގައި މިވަގުތު ހުރި ޝަޒީމާ ކިޔައިދިނެވެ.

ކެންސަރާއި ކުރި ހަނގުރާމައިގައި އެންމެ އުނދަގޫވި އެއްކަމަކަށް ދިމާވި އާއިލާއަށް އެކަން އަންގާނެ ގޮތެއް ކަމަށާއި، ހާއްސަކޮށް ޝަޒީމާގެ މަންމަ ކައިރީގައި އެވާހަކަ ކިޔައިދޭނެ ގޮތަކަށް ކަމަށް ޝަޒީމާ ބުންޏެވެ.

ކެންސަރާ ދޭތެރޭ މީހުން ދެކެ ގޮތް ވަރަށް ތަފާތު. ހޮސްޕިޓަލަށް ވަދެއްޖެއްޔާ މީހުން ބަލާނެ ފައިގެ ބޮޑުވައި އިނގިލިން ފެށިގެން. ހީވާނީ ބިރެއް ފެނިގެން އުޅޭހެން. ބައެއް މީހުންނަށް ހީވޭ މިއީ ގައިންގަޔަށް އަރާ ބައްޔެކޭ، އަނެއްބައިމީހުން ދެކޭގޮތުގަ މިއީ މީހަކު އުޅޭ ނުބައި ކަމުން ފޮނުއްވާ ކޯފާއެއް. އަދި އަނެއްބަޔަކަށް ކެންސަރަކީ މަރުބަލި. އެކަމަކު މިއީ ހަމަ ކުރެވޭ ކުންހީތައެއް. ކެންސަރަކީ މީހާގެ އެތެރެއާ ބޭރު މުޅިން ދޮވެލާ ސާފްކޮށްދޭ ބައްޔެއް. – ޝަޒީމާ ކިޔައިދިނެވެ.

ކެންސަރުގެ ޓްރީޓްމަންޓް ނިމުނަސް އަދި ބިރުވެރިކަން ނިމިގެން ނުދާ ކަމަށާއި، އަނެއްކާވެސް ކެންސަރު އެނބުރި އައިސްދާނެ ކަމުގެ ބިރުވެރިކަން އޮންނަ ކަމަށް ޝަޒީމާ ބުންޏެވެ.

މިއީ އަދި މާބޮޑު ސްޓްރެސް އެއް. މިކަމާއި ކުރިމަތިލާނެ ގޮތަކާމެދު ވިސްނަން ފެށުނު އެންމެ ފަހުން ހައްލަކަށް ލިބުނީ ޑީޕް ބްރީތިންގ އެކްސަރސައިޒް އަދި އެހެން ކަންތަކުގައި މީހާ މަސްއޫލުވެ އުޅުން. އެހެންވެ ކެންސަރ އިން ފަރުވާލިބިފަ އަދި ލިބެމުންދާ އަޅުގަނޑުގެ ކުޑަކުޑަ ކެންސަރު ފެމިލީއަށް އަނެއްކާވެސް ވަގުތުދޭން ފެށިން. – ޝަޒީމާ ކިޔައިދިނެވެ.

އެގޮތަށް ކަންތައްކުރުމުން މަޑުމަޑުން އެވިސްނުންތަކާ ދުރުވެ ހިތްހަމަ ޖެހުމުގެ އައްސޭރިއަކަށް ދަތުރުކުރެވެން ފެށި ކަމަށާއި، ޝަޒީމާގެ ޓްރީޓްމަންޓް ނިމުނުތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު މިހާރު ހިތުގައި ސުވާލު އުފައްދާނެ އެކަނިވެރި ވަގުތެއް އަމިއްލަ ނަފްސަށް ނުދޭ ކަމަށް ޝަޒީމާ ބުންޏެވެ. ކެންސަރުގެ ދަތުރު އަދި އޮތީ ކުރިއަށް ކަމަށާއި، އިންޝާﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމުގެ އުންމީދު ކުރާކަމަށްވެސް ޝަޒީމާ ބުންޏެވެ.

އައިދިން ޓްރީޓްމަންޓް ނިމުމަށްފަހު

ޝަޒީމާއާއި އައިދިންގެ އާއިލާ އަދި ރަހްމަތްތެރިންނާއި ހެޔޮއެދޭ އެންމެހާ ފަރާތްތަކަށް ޝަޒީމާގެ މެސެޖު

“ކެންސަރު” މި ބަސް މާފޯރިގަދަ ނުވި ނަމަވެސް، ކެންސަރު ބަލީގެ މުޅި ދަތުރުގައި ވެސް އަހަރެމެންނަށް (އަހަރެންނާއި ދަރިފުޅަށް) ނުހަނު ލޯތްބާއި އުފާވެރިކަން ވަނީ ލިބިގެން ގޮސްފައެވެ. އަޅުގަނޑުގެ ދަރިފުޅު އައިދަންއަށް ކެންސަރު ޖެހިފައިވާކަން އެނގުމުން އަހަރެންގެ ހިތް ކުދިކުދިކޮށްލިއެވެ، އަދި އެއަށްވުރެ ވެސް ހިތާމަވެރި ކަމެއް ގެނައީ، އޭނާ ފަރުވާ ހޯދަމުން ދަނިކޮށް އަހަރެންނަށްވެސް ކެންސަރު ޖެހިފައިވާކަން އެނގުމުންނެވެ.

ކެންސަރު ބައްޔާއި ހަނގުރާމަ ކުރަމުންދާ ހިތްވަރުގަދަ އެކުވެރިންނަށް ޝަޒީމާއާއި އައިދީންގެ މެސެޖު

ކެންސަރާއި ކުރި ހަނގުރާމައިގައި ދަތުރުކުރީ އަޅުގަނޑުމެން އެކަންޔަކުނޫނެވެ. އަޅުގަނޑުގެ އާއިލާއާއި، ރަހުމަތްތެރިންނާއި އަދި އެކީގައި މަސައްކަތްކުރާ މުއައްޒަފުންގެ އެއްބާރުލުމާއި އެހީތެރިކަމާއެކުގައެވެ. ކެންސަރު ބަލީގެ ޝިކާރައަކަށްވީ ތިބާގެ ނަފްސުކަމަށް ވެދާނެއެވެ. ނަމަވެސް ތިހަނގުރާމައަކީ އެކަނި ކުރާ ހަނގުރާމައެއް ނުނެވެ. ތިބާ އިހްސާސްކުރާ ތަދާއި ވޭން ތިބާދެކެ ލޯބިވާ އެންމެންގެ ހިތުގައިވެސް އަޅަމުންދެއެވެ.

މިއަދު ދުނިޔޭގައި ފާހަގަކުރާ ކެންސަރު ބަލީގެ ދުވަހު، އަޅުގަނޑާއި އަޅުގަނޑުގެ ދަރިފުޅުގެ ނަމުގައި އަޅުގަނޑުމެންނަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަމެވެ. އަދި އަޅުގަނޑުމެންގެ ކެންސަރުގެ ދަތުރު ހާއްސަކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަމެވެ. އަޅުގަނޑުމެންނާއެކީ ކެތްތެރިކަމާއެކީ ތިއްބެވީތީ އަޅުގަނޑުގެ އާއިލާއާއި، ރަހްމަތްތެރިން އަދި ކަލީގްސްއަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަމެވެ. އަޅުގަނޑުގެ ހިތުގެ އެންމެ އަޑިން ތިޔަ އެންމެހާ ބޭފުޅުންދެކެ ލޯބިވަމެވެ.

އެޑިޓަރުގެ ނޯޓް: މިއީ ހުވަދު އަތޮޅަށް ނިސްބަތްވާ ޒުވާން އަންހެނެއް ކަމަށްވާ ޝަޒީމާ އަދި އޭނާގެ ދަރިފުޅު ކެންސަރާއި ދެކޮޅަށް ކޮށްފައިވާ ޖިހާދު އެހެން މީހުންނާއި ހިއްސާކޮށް، ކެންސަރު ބައްުޔާއި ހަނގުރާމަމަ ކުރަމުންދާ ލޮބުވެތި ދިވެހިންނަށް ހިތްވަރުދީ، މަޢުލޫމާތު ފެތުރުމުގެ މާތް މަޤްޞަދުގައި ލިޔެފައިވާ ލިޔުމެކެވެ.

އަޅުގަނޑުމެންގެ ދުޢާއަކީ، ކެންސަރު ބަލި ތަޙައްމަލު ކުރަމުންދާ އެންމެހާ ލޮބުވެތި ދިވެހިންނަށް ކީރިތި ﷲ ޝިފާ ދެއްވައި، ކުރިމަތިލާންޖެހިފައިވާ ދަތި އުދަނގޫ ކަމުން މިންޖުވެގެން ދިޔުމެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
 1. މަރީ

  ދުޢާއަކީ، ކެންސަރު ބަލި ތަޙައްމަލު ކުރަމުންދާ އެންމެހާ ލޮބުވެތި ދިވެހިންނަށް ކީރިތި ﷲ ޝިފާ ދެއްވައި، ކުރިމަތިލާންޖެހިފައިވާ ދަތި އުދަނގޫ ކަމުން މިންޖުވެގެން ދިޔުމެވެ.

 2. އަވަސް ޝިފާ އެއް މިންވަރު ކުރައްވާށި

 3. ހެޔޮއެދ

  ކެންސަރުބައްޔ ބުނުމުނ ވަރަށް ހިތްދަތ އިޙް ތަކެއ ކުރެވޭ މާތްﷲދެމައިނަށ ކެޔްތެރިކަންދެއްވައ އަވަސ ޝިފާއެއ ދެއްވާށ އާމީނ.���

 4. އަހަރެން

  އަވަސް ޝިފާއެއް މިންވަރު ކުރައްވާށި އާމީން

 5. ށ..........އ.....�

  އިންޝާﷲ ދުޢާއަކީދެމައިންނައް ކެއްތެރިކަން މިންވަރު ކޮއްދެއްވައި އުމުރުގައި ބަރަކާތް ލައްވައި ދިގުއުރެއް މިންވަރު ކޮއްދެއްވުން އާމީން…❤