ޚަބަރު
ކޮލަމާފުށީ މަގުހެދުމުގެ މަސައްކަތް ފެށުމަށް އާރްޑީސީއިން އެރަށު މުވައްސަސާތަކާ ބައްދަލުކޮށްފި

ގއ ކޮލަމާފުށީގެ މަގުތައް ހެދުމުގެ މަސައްކަތް ފެށުމަށް، އެމަސައްކަތުގެ ކޮންޓްރެކްޓަރ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން އެރަށު ކައުންސިލާއި، ކޭބަލް ހިދުމަތްދޭ ކުންފުނިތަކުގެ އިތުރުން އެރަށުގެ ފުލުހުންނާއި ބައްދަލު ކުރައްވައިފިއެވެ.

ކޮލަމާފުށީ ކައުންސިލާއި އާރްޑީސީއިން މިއަދު ބޭއްވި ބައްދަލުވުމުގައިވަނީ އެރަށުގެ މަގުތައް ހެދުމުގެ މަސައްކަތް ފެށުމުގެ ގޮތުން ތައްޔާރީތައް ވުމަށް ބޭނުންވާ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ. އަދި ފުލުހުންނާއި، ފެނަކަ ކޯޕަރޭޝަން ކޮލަމާފުށީ ބްރާންޗާއި، ކޭބަލް ހިދުމަތްދޭ ކުންފުނިތަކާއެކު ބޭއްވުނު ބައްދަލުވުމުގައި މަގުހެދުމުގެ މަސައްކަތް ކުރަމުންދާއިރު އެފަރާތްތަކުން ބޭނުންވާ އެއްބާރުލުމާއި ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ކޮލަމާފުށީ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން އެރަށު ފުލުހުންނާއި، ފެނަކަ އަދި ކޭބަލް ހިދުމަތްދޭ ކުންފުނިތަކާއެކު އާރްޑީސީއިން ބޭއްވި ބައްދަލުވުމުގެ ތެރެއިން

ކޮލަމާފުށީ މަގުތައް ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލު ކޮށްފައިވަނީ މިދިޔަމަހުގެ ހަވަނަ ދުވަހުގައެވެ. އެގޮތުން މިހާރު އެރަށުގައި މަގުހެދުމުގެ ގޮތުން ކުރަންޖެހޭ ސަރވޭތައް ކުރުމުގެ މަސައްކަތް އާރްޑީސީއިން ދަނީ ކުރަމުންނެވެ.

މިމަޝްރޫއުއަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އާރްޑީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

މިމަޝްރޫއުގެ ދަށުން ކޮލަމާފުށީގެ ޖުމްލަ 4.8 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި، ރަށުގެ މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމުކުރުމުގެ އިތުރުން މަގުތަކުގައި ބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މިމަސައްކަތަކީ 85 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!