ޚަބަރު
މެމްބަރު ބިގޭ އީސީގެ އޮފިޝަލުންނާއި ބައްދަލުކުރި ކަމަށް ތުހުމަތުކޮށްފި

މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެއްޝަން އަށް ފޯކައިދޫއަށް ގޮސް ތިބި އިލެކްޝަން ކޮމިޝަންގެ އޮފިޝަލުންނާއި، އެމްޑީޕީގެ ބައެއް މެމްބަރުން ބައްދަލުކުރާ ކަމުގެ ތުހުމަތުތަކެއް ކޮށްފިއެވެ.

ޕީޕީއެމްގެ މީޑިއާ ކޯޑިނޭޓަރ ހީނާ ވަލީދު ވިދާޅުވީ، މާދަމާ ވޯޓުލުމުގެ ކަންކަމަށް ފޯކައިދޫއަށް ގޮސް ތިބި އިލެކްޝަން ކޮމިޝަންގެ ބައެއް މެމްބަރުންނާއި، އެމްޑީޕީގެ ބައެއް މެމްބަރުން ބައްދަލު ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށައި، އެކަމާ ގުޅިގެން ޕީޕީއެމްގެ ޓީމެއް އެތަނަށް ވަދެފައިވާ ކަމަށެވެ.

އިލެކްޝަން ކޮމިޝަންގެ އޮފިޝަލުން ތިބުމަށް ހަމަޖައްސާފައިވަނީ ފޯކަދޫ ސަންސެޓް ގެސްޓު ހައުސްގައި ކަމަށާއި، އެތަނަކީ އެމްޑީޕީގެ ޖަގަހައެއްގެ ގޮތަށް ބޭނުން ކުރާ ތަނަކަށްވާއިރު އިލެކްޝަން ކޮމިޝަންގެ އޮފިޝަލުން އެތަނުގައި ބައިތިއްބާފަ ތިބީ ގަވާއިދާ ޚިލާފަށް ކަމަށް ހީނާ ވިދާޅުވިއެވެ.

އަދި މިހާރު އެމައްސަލަ އިލެކްޝަން ކޮމިޝަނަށް ރިޕޯޓުކޮށްފައިވާ ކަމަށްވެސް ހީނާ ވިދާޅުވިއެވެ. އަދި އެތަނަށް ގޮސް އިލެކްޝަން ކޮމިޝަންގެ އޮފިޝަލުންނާއި ބައްދަލު ކޮށްފައިވަނީ ރައްޔިތުން މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!