ޚަބަރު
ސަވާދީއްތަ ދަތުރު ރަސްމީކޮށް ހޯރަފުށީގައި އިފްތިތާޙްކޮށްފި

މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ “ސަވާދީއްތަ ދަތުރު” ރަސްމީކޮށް ހއ. ހޯރަފުށީގައި އިފްތިތާހުކޮށްފިއެވެ.

ސަވާދީއްތަ ދަތުރު ރަސްމީކޮށް އިފްތިތާހުކުރުމަށް މިއަދު ހެނދުނު ހޯރަފުށީގައި ޚާއްސަ ރަސްމިއްޔާތެއް ވަނި ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމެވެ. މިރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރގެ އިތުރުން، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަދި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ވިދާޅުވީ، ރާއްޖެއަކީ ސަޤާފަތާއި ތާރީޚުން ފުރި ބަންޑުން ވެފައިވާ ގައުމެއް ކަމަށެވެ. ކުރީ ޒަމާންތަކުގައި މީހުން ރާއްޖެ އައިސް މަޑުކޮށްގެން ތިބެނީ އެމީހުންގެ އޮޑިދޯނިފަހަރު ހަލާކުވެގެންނެއް ނޫން ކަމަށާއި، ހަގީގަތަކީ އެމީހުން ރާއްޖެއިން ފުރަން ބޭނުން ނުވުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ރައީސް ސޯލިހުގެ ފަތުރުވެރިކަމުގެ ސިޔާސަތު ބައްޓަންވެފައިވަނީ ރާއްޖޭގެ މާހައުލާއި، އާދަކާތަތަކާއި ސަގާފަތް ފަތުރުވެރިންނަށް ދައްކުވައިދެވޭނެ ގޮތަކަށް ކަމަށެވެ. އެގޮތުން ކައިރި ކައިރީގައި އޮންނަ ދެ ރަށެއްގައިވެސް އާދަކާދައިގެ ގޮތުން ބޮޑެތި ތަފާތުތަކެއް ހުރެދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެބީދައިން ފަތުރުވެރިކަން ފަށައިގަތުމުގެ އެއް ފެށުމަކީ ސަވާދީއްތަ ދަތުރުކަންވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައިވެސް ވަނީ ދިވެހިވަންތަ ސްޓައިލަށް ދިވެހިންގެ ސަގާފީ މަސައްކަތްތަކާއި، އާދަކާދަތައް ދައްކުވައިދޭ އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.

ސަވާދީއްތަ ދަތުރު ރަސްމީކޮށް އިފްތިތާހުކުރުމަށް ހޯރަފުށީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ސަވާދީއްތަ ދަތުރު

“ސަވާދީއްތަ ދަތުރު” މިހާތަނަށް ރާއްޖޭގައި ބޭއްވޭ ފުރަތަމަ ޔޮޓް ރެލީ އެވެ. މިޔޮޓް ރެލީގެ އެންމެ ބޮޑު ބޭނުމަކީ ފަތުރުވެރިކަމަށް އައު ކަންތައްތަކެއް ތައާރަފުކޮށް ރާއްޖޭގެ މުއްސަނދިކަން އިޝްތިހާރުކުރުން ކަމަށް އެމްއައިޓީޑީސީން މައުލޫމާތު ދެއެވެ. މިދަތުރުގައި 15 ރަށެއްގައި މަޑުކުރުމަށް ނިންމާފައިވާއިރު ދަތުރުގެ ފަހު މަންޒިލަކީ، ފަރި މޯލްޑިވްސްއެވެ. މި ހަރަކާތް ނިންމުމުގެ ގޮތުން ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ބާއްވާ ގާލާ ނައިޓް އޮންނާނީ އެތަނުގައިއެވެ.

މި ދަތުރުގެ ތެރެއިން 50 އަށްވުރެ ގިނަ ހަރަކާތް ހިންގުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުގައި ރާއްޖޭގެ މަޝްހޫރު އެތައް ތާރީޚީ ބިނާތަކާއި، ދިވެހިންގެ ރަށްފުށު ދިރިއުޅުމާއި، ރާއްޖޭގެ ރީތި ކަނޑުއަޑީގެ މަންޒަރު ބަލާލުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.

ސަވާދީއްތަ ދަތުރަކީ އެމްއައިޓީޑީސީގެ ފަރާތުން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ރެލީއެކެވެ. އެމްއައިޓީޑީސީގެ ފަރާތުން މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ގަސްދުކޮށްފައިވަނީ ލޯކަލް ޓޫރިޒަމް، ހެރިޓޭޖް ޓޫރިޒަމް އަދި ރޫރަލް ޓޫރިޒަމް ހިމެނޭ ގޮތުންނެވެ.

މިދަތުރަށް “ސަވާދީއްތަ ދަތުރު”ގެ ނަން ދެވިފައިވަނީ، ދިވެހިރާއްޖޭގެ ގައުމީ ބަތަލު، އައްސުލްތާނު ޣާޒީ މުހައްމަދު ތަކުރުފާނު އަލްއައުޒަމް ސިރީ ސަވާދީއްތަ މަހާރަދުންނާ ގުޅުވައިގެންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!