އުރިދޫގެ މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 2.70 ރުފިޔާ ބަހަން އެކުންފުނީގެ ބޯޑުން ނިންމައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބޯޑުގެ ބައްދަލުވުމުގައި ނިންމާފައިވަނީ އުރީދޫގެ ހިއްސާދާރުންނަށް ކޮންމެ ހިއްސާއަކަށް 2.0 ރ ބެހުމަށެވެ.
އުރިދޫއިން ވިދާޅުވި ގޮތުގައި އުރީދޫގެ އަހަރީ އާންމު ޖަލްސާ އަންނަ މާރޗްމަހު ބޭއްވޭނެ ކަމަށާއި މިޖަލްސާގައި ބައިވެރިވެވޭނީ ފެބްރުއަރީ 17 ވާ ބުރާސްފަތި ދުވަހު 14:00ގެ ކުރިން އުރީދޫގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިތިބި ހިއްސާދާރުންނަށް އެކަނި ކަމަށެވެ.
އެހެންނަމަވެސް އެކަން އެގޮތަށް ނިންމާނީ އަންނަ މަހުގައި ބާއްވަން ހަމަޖެހިފައިވާ އުރީދޫގެ އަހަރީ އާންމު ޖަލްސާގައެވެ. މިޖަލްސާގައި އުރީދޫގެ ހިއްސާދާރުންނަށް ބައިވެރިވެވޭނެއެވެ.
އުރީދޫއިން ވިދާޅުވީ އެކުންފުނީގެ އަހަރީ އާންމު ޖަލްސާ ބާއްވާ ތާރީޚާއި ގަޑި އަދި ބޭއްވޭ ތަނުގެ އިތުރުން އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާއި ގުޅޭ މައުލޫމާތު 20 ފެބްރުއަރީ 2022 ވާ އާދީއްތަ ދުވަހުގެ ކުރިން އުރީދޫގެ ވެބްސައިޓްގައި (http://www.ooredoo.mv/investors/) އާންމުކުރެވޭނެއެވެ.
އެކުންފުނިން ވިދާޅުވީ މިޖަލްސާގެ ބައިވެރިން އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް, އަހަރީ އާންމު ޖަލްސާގައި ބައިވެރިވުން ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓުދެވޭނެ ކަމަށެވެ.
2021 ވަނަ އަހަރު އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ ބޭއްވުނީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.އެސް.ޑީ) ގެ އޮންލައިން ޖެނެރަލް މީޓިންގ މެނޭޖްމަންޓް ސިސްޓަމް ކަމުގައިވާ “ފަހިވޯޓު” މެދުވެރިކޮށެވެ.