ޚަބަރު
ހޮސްޕިޓަލުގެ އިހުމާލުން ސިޒޭރިއަން ހެދި މީހެއްގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހެދި މީހެއްގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ހާލު ސިރިއަސްވި މީހަގެ އާއިލާ މީހަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެއަންހެން މީހާ ސިޒޭރިއަން ހެދީ މިދިޔަ މަހުގެ 23 ވަނަ ދުވަހުކަމަށެވެ. އަދި އޭގެ ފަހުން އޭނާގެ ހާލު ރަނގަޅު ނޫން ކަމަށާއި، އެހެންވެ މާލެ ގެންގޮސް އޭޑީކޭ އައިސީޔޫގައި ފަރުވާދެމުން ގެންދާކަމަށެވެ.

އޭނާ ބުނާގޮތުގައި ސިޒޭރިއަން އަށްފަހު އޭނާގެ ދައްތަގެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި، ދައްތަގެ ހާލު ރަނގަޅު ކަމަށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުން ބުނެފައިވެއެވެ. ނަމަވެސް ސިޒޭރިއަން ހެދި ފަހުން ދައްތަގެ ހާލު ރަނގަޅު ނޫންކަމަށާއި، އޭގެ ފަހުން ސިޒޭރިއަން ހެދި ޑޮކްޓަރު ދައްތަގެ ހާލު ބަލާފައި ނުވާކަމަށް އޭނާ ބުނެ އެވެ.

ސޯޝަލް މީޑިއާގައި އިން ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ ގޮތުން ސިޒޭރިއަން ހެދި ފަހުން ނޭވާލާން އުނދަގޫވިކަމަށާއި، އެކަން ނަރުހުންނަށް ހިއްސާކުރުމުން އެއީ ގޭސްޓްރިކް ވެގެން ކަމަށް ނަރުހުން ބުނި ކަމަށެވެ. އަދި އޮޕަރޭޝަން ކުރުމަށް ފަހު ހަތަރުވަނަ ދުވަހު މާ ބޮޑަށް ބަނޑުގައި ރިއްސުމުން އެކަންވެސް އެހާ ބޮޑުކަމެއް ނޫން ކަމަށް ހޮސްޕިޓަލުން ބުނި ކަމަށާއި. އެއީ ގޮހޮރުގައި ބްލޮކެއް އުޅޭތީ ކަމަށާއި، ގޮހޮރު ސާފުކޮށްލުމުން އިތުރު ސާޖަރީއެއް ހަދަން ނުޖެހޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނި ކަމަށް އޭނާ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ.

ހަމައެހެންމެ އާއިލާއަށް ދޮގުހެދުމަށް ފަހު، ދައްތަ އައިސީޔޫގައި ގެންގުޅުނު ކަމަށާއި، އާއިލާއިން މާލެ ގެންދަން އުޅުމުން ދައްތަ ދޫކޮށްނުލާ ހިފަހައްޓަން އުޅުނު ކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް ގެއަށް ދޫކުރުމުން މާލެ އައިސް އޭޑީކޭއަށް ދެއްކި ކަމަށް އޭނާ ބުންޏެވެ.

އެ ޕޯސްޓުގައި ބުނެފައިވާ ގޮތުން، ސާޖަރީ ހަދަން ޑޮކްޓަރުން ބެލި ބެލުމުގައި އަންހެން މީހާގެ ގޮހޮރު ބުރި ނުވެ އިނީ ހަމަ ކިރިޔާ ކަމަށެވެ. އަދި އޭރު އެ އަންހެން މީހާގެ ބަނޑުގައި ދޮހާއި ފެން ހެދި ހާލު ސީރިއަސްވެފައިވާ ކަމަށް އޭނާ ބުންޏެވެ.

މިފަދަ ކަންބޮޑުވާ އެތައް ކަމެއްގެ ވާހަކަ އޭޑީކޭއިން ބުނި ނަމަވެސް ދައްތަގެ ހާލު ރަނގަޅު ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނުން އޭނާ ވަނީ ކުށްވެރިކޮށްފަ އެވެ. މިކަމާއި ގުޅިގެން ހޮސްޕިޓަލުގެ ބަހެއްވަނީ އަދި  ލިބޭ ގޮތް ނުވެފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!