ޚަބަރު
ރަޔާން ސަލާމަތްކުރުމަށް އަތުން ވަޅުގަނޑު ކޮނުނު “ހީރޯ” މިހުރީ

މޮރޮކޯގެ އަވަށެއްގައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން 100 ފޫޓަށްވުރެ ފުން ވަޅުގަނޑެއްގެ ތެރޭގައި ތާށިވެފައި އޮތް ރަޔާން ސަލާމަތް ކުރުމަށް ރެސްކިއު ޓީމްތަކުން ކުރަމުންދިޔަ މަސައްކަތުގެ އެންމެ ބުރަ އަދި އެންމެ ނުރައްކާތެރި މަރުހަލާގައި ރަޔާންއާ ހަމައަށް ވާސިލުވުމަށް ކޮންނަމުންދިޔަ ވަޅުގަނޑު ކޮނުމުގައި އެންމެ އިސްކޮށް މަސައްކަތް ކޮށްފައިވާ މޮރޮކޯގެ އަލީ ޝަހްރާވީ ނަމަކަށް ކިޔާ މީހާއަށް ގިނަ ބައެއްގެ ތައުރީފާއި ލޯބި އޮހެން ފަށައިފިއެވެ.

ގިނަބަޔަކު މިހާރު އޭނާއަށް “ހީރޯ” އެއްގެ ލަގަބު ދީފައިވާއިރު، އަލް ޝަރާވީ، ރަޔާން ސަލާމަތް ކުރުމުގެ މަސައްކަތް މޮރޮކޯގެ ދެކުނުން އުތުރަށް އޭނާ ދަތުރުކޮށް ވަޅު ކޮނުކުގެ އެންމެ ކޮމްޕްލިކޭޓެޑް މަރުހަލާ ކަޑައްތުކުރުމުގައި އެންމެ އިސްކޮށް މަސައްކަތް ކޮށްފައިވާ “ލެޖެންޑެއް” ކަމަށްވެސް ގިނަ ބަޔަކުދަނީ ބުނަމުންނެވެ.

ވަޅުގަނޑު ކޮނުމުގައި އެންމެ އިސްކޮށް މަސައްކަތް ކޮށްފައިވާ މޮރޮކޯގެ އަލީ ޝަހްރާވީ

ގިނައިރުތަކެއް ވަންދެން އެެއްވެސް ވަރުބަލި ކަމެއް ނެތި ހިތްވަރާއެކު މަސައްކަތްކޮށް އަލީ ޝަހްރާވީ އާއި އޭނާގެ ޓީމުން ވަނީ ރެސްކިއު ޓީމަށާއި، މެޑިކަލް ޓީމަށް ރަޔާން އާހަމައަށް ދިއުމަށް ވަޅުގަނޑު އަތުން ކޮނުމުގައި ހިތްވަރު ދައްކާފައެވެ.

ރަޔާން ވަޅަކަށް ވެއްޓި ތާށިވެފައި އޮންނަތާ 4 ދުވަސް ވެގެންދިޔައިރު، ދުނިޔޭގެ އެކި ހިސާބުތަކުން ރަޔާން ސަލާމަތް ކޮށްދެއްވުމަށް އެދި ގިނަ ބަޔަކު ގެންދަނީ ދުޢާ ކުރަމުންނެވެ. އަދި ރަޔާން ވެއްޓުނު ވަޅުގަނޑު ހުރި ސަރަހައްދުގައި ގިނަ ބަޔަކު ދަނީ ހަރަކާތްތެރިވަމުންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!