ފެންޑާ
ހިތުގައިވާ ތަދާއި ވޭން ހިނިތުންވުމުގައި ފޮރުވުން ބުއްދިވެރި

ކޮންމެ ހިތަކީވެސް އެހިތެއްގައި ތަދާއި ވޭން އެކުލެވިފައިވާ ހިތެކެވެ. ތަދާއި ވޭން އެކުލެވިފައިވާ ނުވާ ހިތެއް ނުވޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް ހިތުގައިވާ ތަދާއި ވޭން އަދި ހިތާމަ އެކި މީހުން އެހެން މީހުންނަށް ދައްކުވައިދެނީ ތަފާތުކޮށެވެ.

އަހަރަމެންގެ ތެރެއިން ކޮންމެ މީހަކީ ދިރިއުޅުމުގައި ތަފާތު ހިތްދަތި އިޙްސާސްތައް ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ތަޖުރިބާ ކޮށްފައިވާ މީހެކެވެ. މިއިޙްސާސަކީ އެމީހެއްގެ ދިރިއުޅުމަށް ބޮޑު އަސަރެއް ކުރުވައި ނަފްސާނީ ތަފާތު މައްސަލަތައް އެމީހަކަށް ކުރިމަތިކުރުވައި ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނުވި ކަމަކަށްވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ގިނަ މީހުންނަކީ ހިތުގައިވާ ތަނދާއި، ވޭން އަދި ފުން ހިތާމަ ލޮލުގައި ރައްކާކުރާ މީހުންނެވެ. ހިތުގައިވާ ތަދާއި ވޭން، ލޮލަށް ޖަމާވުމުން، ހިފެހެއްޓުމެއް ނެތް ވޭނީ ކަރުނަ ލޮލުން އޮހެއެވެ. އަހަރަމެންގެ ތެރެއިން ގިނަ މީހުންނަކީ އަހަރަމެންގެ ވޭނީ ހިތާމަ ލޮލުގައި ފޮރުވަން މަސައްކަތް ކުރާ މީހުންނެވެ.

ބައެއް މީހުންނަކީ އެމީހުންގެ ހިތުގައިވާ ވޭނީ ތަދު، އެމީހުންގެ ހިނިތުންވުމުގައި ފޮރުވާ މީހުންނެވެ. އަޅުގަނޑުމެންގެ ތެރެއިން އެންމެ ހިތްވަރުގަދަ މީހުންނަކީ، އެމީހުންގެ ހިތުގައިވާ ވޭނީ ތަދާއި، ނުތަނަވަސްކަން އެމީހެއްގެ ހިނިތުންވުމުގައި ފޮރުވާ މީހުންނެވެ. މިފަދަ މީހުން ދިރިއުޅުމުގައި ތަފާތު ހިތްދަތި އިޙްސާސް ކަންތައް ކުރިމަތިވެ، އަމިއްލަ ހިތް ފަޅައިގެންގޮސް ކުދި ކުދި ވެފައި ވީނަމަވެސް، ކުރިމަތިވެފައިވާ ހިތްދަތިކަން ތަޞައްވަރު ކުރަމުންވެސް، ހިތްދަތިކަމުގެ ކުޑަ މިންވަރެއްވެސް އެހެން މީހަކަށް ތަޖުރިބާ ވިޔަ ނުދިނުމަށް މަސައްކަތް ކުރެއެވެ.

އަމިއްލަ ދިރިއުޅުން ބަނަވެފައި ވީނަމަވެސް، އެހެން މީހުންގެ ދިރިއުޅުން އުޖާލާކޮށްދީ، އެހެން މީހުންގެ ދިރިއުޅުން އުފާވެރިކަމުން ފުރާލުމަށް މަސައްކަތް ކުރެއެވެ. މިފަދަ މީހުންގެ އެއްވެސް އިރެއްގައި އަމިއްލަ އެދުން އިސްނުކުރެއެވެ. އަމިއްލަޔަށް އުފަލާ ހިތްހަމަޖެހުން ހޯދުމަށް އެހެން މީހުންގެ އުފާ ފޭރި، އެހެން މީހުންނަށް ދެރަ ނިކަމެތި ގޮތް ހަދާލާ އެއްވެސް އިންސާނަކަށް ދިރިއުޅުމުގައި ހިތްހަމަޖެހުމެއް ނުލިބެއެވެ. މިއީ ދުނިޔެ ދެކިފައިވާ ހަޤީޤަތެވެ.

ތެދެކެވެ. ކޮންމެ ހިތަކީ އެހިތެއްގައި ތަދާއި ވޭން އެކުލެވޭ ހިތެކެވެ. ތަފާތު ވެގެންދަނީ ހަމައެކަނި، މިވޭން އެކި މީހުން އެހެން މީހުންނަށް ދައްކުވައިދޭ ގޮތެވެ. ހިތުގައިވާ ތަދާއި ވޭން ލޮލުގައި ރައްކާ ކުރުމުގެ ބަދަލުގައި ތިބާގެ ހިނިތުންވުމުގައި ފޮރުވުމަށް މަސައްކަތްކުރާށެވެ. ބުއްދިވެރިންނަކީ، ހިތުގައިވާ ތަދާއި ވޭން އެމިހުންގެ ހިނިތުންވުމުގައި ފޮރުވާ މީހުންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!