ވިޔަފާރި
މަސްވެރިންނަށް ހާއްސަ އެޕެއް މިއަހަރުތެރޭ ތައާރަފްކުރަނީ

މަސްވެރިންނަށް ހާއްސަ ކޮށްގެން އެޕެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ އެޕު މިއަހަރުގެ ތެރޭގައި ނެރެވޭނެ ކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގައި ވާހަކަދައްކަވަމުން ފައުޒީ ވިދާޅުވީ މި އެޕާއެކު މަސްވެރިންގެ އެކައުންޓަށް ވަގުތުން ފައިސާ ޖަމާވާނެކަމުގައެވެ. އަދި ބިލުގެ ތަފްސީލާ އެކު މަސްވެރިންނަށް އިތުރު ހިދުމަތެއް ފޯރުކޮށްދިންނަމަ އެ ހިދުމަތުގެ ތަފްސީލުވެސް މި އެޕުން ފެންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެ އެޕާއެކު ތިމާވެއްޓާ ރައްޓެހި ގޮތަކަށް މިފްކޯގެ ބިލުތައް ވެސް ބަލައިލެވޭނެ ކަމަށް ފައުޒީ ވިދާޅުވިއެވެ. އަދި މިފްކޯގެ ވަސީލަތްތަކުގައި ޖާގަހުރި މިންވަރުވެސް ފެންނާނެ ކަމަށް ފައުޒީ ފާހަގަކުރެއްވިއެވެ. އެގޮތުން ޖާގަ އޮތް މިންވަރު ހޯދަން ދެން މިފްކޯގެ ސެންޓަރުތަކަށް ގުޅަން ނުޖެހޭނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.

“މިސާލަކަށް ސެންޓަރުތަކުން އަޅުގަނޑުމެން މަސްވެރިންނަށް ދޭ ތެލާ ފެނާ އަދި އިތުރަށް މަސްވެރިންގެ ރިކުއާމެންޓް ދޯންޏަކަށް ދޭ ކަމަށް ވަންޏާވެސް އަޅުގަނޑުމެން އެ ޚިދުމަތްވެސް ސްމާޓް ފޯނުން ބިލްތައްވެސް ފެންނަގޮތަށް އަދި ހިސްޓްރީވެސް ފެންނަގޮތަށް އަދި އޮޑިވެރިޔާއަށް ވެސް މަސް ކިރުވީމަ އޭގެ ތަފްސީލު ވެސް ދުވަހުން ދުވަހަށް ފެންނަގޮތަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަސްވެރިންގެ ޚިދުމަތް ޓެކްނޮލޮޖީއާއެކު ފުޅާކުރާނަން،” — އިސްމާއީލް ފައުޒީ

މީގެ އިތުރުން ހުޅުމީދޫ އާއި ކޫއްޑޫ މަސްފެކްޓްރީގައި އާ ސްޓޯރޭޖް ސްޕޭސްތަކެއް ގާއިމްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ފައުޒީ ވިދާޅުވިއެވެ. އައްޑޫގެ މަސްވެރިންގެ ކަންބޮޑުވުންތަކެއް ހުރިކަން ވެސް ފާހަގަކުރައްވާ ފައުޒީ އެކަންކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. އަދި ފައުޒީ ވަނީ މިއަހަރު 22 އައިސް ޕްލާންޓެއްގެ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވެފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!