ޚަބަރު
ނިމިދިޔަ އިންތިޚާބު އިބުރަތަކަށް ދެކޭނެ ދުވަސް ދުރެއް ނޫން – ސެމްބެ

ދައުލަތަކާއި މަހުޖަނުން ކުރި 4 ދުވަހުގެ އިންވެސްޓްމަންޓާއި ދެކޮޅަށް ރައްޔިތުން ދެއްކި ހިތްވަރަށް ސާބަސް ދަންނަވާ ކަމަށާއި، އެކަން އިބުރަތަކަށް ފުދޭ ދުވަސް ދެކޭނެ ދުވަސް ދުރެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.

ސެމްބެ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއާއި ގުޅުވައިގެން ސަރުކާރުން އެ ދާއިރާގައި ގިނަ މަޝްރޫއުތަކެއް ކުއްލިއަކަށް ފެށުމާއި ކެމްޕެއިނަށް ފައިސާއާއި އެހެނިހެން ނުފޫޒު ފޯރުވި ކަމަށް ބުނެ ދެކެވޭ ވާހަކަތަަކާއި ގުޅިގެންނެވެ.

އިންތިހާބާއި ގުޅުވައިގެން އެމްޑީޕީ އަދި ސަރުކާރުން އެދާއިރާއަށް ގާނޫނާއި ޚިލާފަށް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރައްވާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ.

އެގޮތުން ކެމްޕެއިން ކުރުމުގެ މުއްދަތު ހަމަވެ، ކެމްޕެއިން މަނާ ގަޑިތަކުގައިވެސް އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއި މަޖިލިސް މެމްބަރުންތަކެއް ކެމްޕެއިނަށް ނުފޫޒު ފޯރުވުމައް މަސައްކަތް ކުރި ކަމަށް ބުނެ ގިނަ މައްސަލަތަކެއް ޕީޕީއެމް އިން ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!