ޚަބަރު
ދެން ނުކުންނާނީ މިއަށްވުރެ ވަރުގަދަކޮށް، މަސައްކަތް ނިންމާނީ ރައީސް ޔާމީން ވެރިކަމަށް ހޮވާފައި – އަދުރޭ

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުން 2023 ވަނަ އަހަރުގައި އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ލިބެއްޖެ ކަމަށާއި، ދެން ނުކުންނާނީ މިއަށްވުރެ ވަރުގަދަކޮށް ކަމަށް އިދިކޮޅު ޕީއެންސީގެ ލީޑަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އާ ދިމާކޮށް އެމްޑީޕީ އަދި ސަރުކާރުން އެދާއިރާގައި ގާނޫނާއި ޚިލާފަށް ގިނަ ޕްރޮޖެކްޓްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި އިންތިހާބަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ އޭސީސީއަށް ވަނީ ގިނަ މައްސަލަތަކެއް ވެސް ހުށަހަޅާފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުން 2023 ގެ ރިޔާސީ އިންތިހާބު، މާތްﷲ ގެ ތަނަވަސް ރަހުމަތްފުޅާއެކު ކާމިޔާބު ކުރެވޭނެ ކަމުގެ ކަށަވަރުކަން ލިބިއްޖެ. ވަރުބަލިކަމެއް ނެތް. ދެން ނުކުންނާނީ އަދި މާ ވަރުގަދަކޮށް. މަސައްކަތް ނިންމާނީ ރައީސް ޔާމީން 2023 ގައި ވެރިކަމަށް ހޮވާފައި. އިންޝﷲ. – އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާޅުވެފައިވާއިރު، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީ އިން ވަނީ ކާމިޔާބު ކޮށްފައެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުންދާ ގޮތުގައި ދައުލަތާއި ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށް އެހާ ކުޑަ ފަރަގަކުން އެމްޑީޕީއަށް އިންތިހާބު ކާމިޔާބު ކުރެވުމަކީ އެމްޑީޕީއަށް އޮތް ތާއީދު ކުޑަކަމުގެ ނަތީޖާއެއް ކަމަށެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!