ޚަބަރު
ޖޭއެސްސީ ބަދަލުކުރުމުގެ ބިލަށް މިދައުރުގައި ބަހުސް ކުރެވޭނެ: ނަޝީދު

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އެކުލެވުން ބަދަލު ކުރާ ގޮތަށް ގާނޫނު އަސާސީއަށް އިސްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި ފަށާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވުނު ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވާފައިވާ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް މދައުރުގައި ފަށަން ހަމަޖެހިފައިވާ ކަމަށެވެ. އެހެންނަމަވެސް މިއަދުގެ ޖަލްސާއަށް މެންބަރު ތޯރިހް ހާޒިރުވެފައިނުވާތީ މިއަދުގެ ޖަލްސާގައި އެބަހުސް ފަށަން އެޖެންޑާކޮށްފައިނުވާ ކަމަށެވެ.

މީގެ ކުރިންވެސް މެންބަރު ތޯރިހު ވަނީ މިބިލް މަޖިލީހަށް ހުށަހަޅާފައެވެ. 2020 ވަނަ އަހަރު މިބިލް ހުށަހެޅުމުން އެބިލް ވަނީ މަޖިލީހުން ބޭރުކޮށްފައެވެ.

ގާނޫނު އަސާސީގައި ޖޭއެސްސީ އެކުލެވިފައި އޮންނަ ގޮތުން އެ ކޮމިޝަންގައި ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން މިހާރު ތިއްބަވައެވެ. އެމްޑީޕީގެ އަޣުލަބިއްޔަތެއް އޮންނަ ޖޭއެސްސީގައި މިހާރު ތިއްބެވީ ރައީސުލްޖުމްހޫރިއްޔާގެ މެންބަރަކާއި، މަޖިލީހުގެ ރައީސްއާއި، މަޖިލީހުގެ މެންބަރަކާއި، ބަންޑާރަ ނައިބު އިންނަވައެވެ.

މިހާރުއޮތް ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ތިއްބަވަނީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެ ކޮމިޝަންގައި ނަޝީދު ވެސް އިންނަވައެވެ. ކޮމިޝަންގެ ރައީސްއަކީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސައިނެވެ. ދެން ރައީސްގެ މެންބަރެއްގެ ގޮތުގައި އިންނަވާ މަސްތޫރު ހުސްނީއަކީ ކޮމިޝަންގެ ނައިބު ރައީސްއެވެ. އަދި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވެސް ޖޭއެސްސީގައި އިންނަވައެވެ.

ތޯރިހު ހުށަހަޅާފައިވާ ބިލުގައިވާ ގޮތުން ޖޭއެސްސީގައި ހަތަރު ބޭފުޅުންނަށް ނުތިއްބަވާނެއެވެ. ބިލުގައިވާ ބަދަލާއެކު ޖޭއެސްސީގައި ތިއްބަވާނީ އުއްތަމަ ފަނޑިޔާރާއި، މިހާރު ވެސް އޮންނަ ގޮތަށް ހައި ކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ދަށު ކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ވަކީލުން އިންތިޚާބު ކުރާ ވަކީލެކެވެ. އަދި ސިޔާސީ ބޭފުޅުންގެ ބަދަލުގައި، ގައުމީ ފަންނު ފިޔަވައި އެހެން ފަންނުތަކުގެ ތަޖުރިބާކާރުންގެ ތެރެއިން މަޖިލީހުން ރުހުންދޭ ތަޖުރިބާކާރަކާއި، ޝަރީއާ މުދައްރިސުންގެ ތެރެއިން މުދައްރިސަކު ޖޭއެސްސީގައި އިންނަވާނެއެވެ.

މިހާރުއޮތް ޖޭއެސްސީގައި ތިއްބެވީ އެމްޑީޕީގެ މެންބަރުން ކަމުން ޝަރުއީ ދާއިރާއަށް އެބޭފުޅުން ނުފޫޒު ފޯރުވަމުންގެންދާ ކަމަށް އިދިކޮޅު ކޯލިޝަނުންދަނީ ތުހުމަތު ކުރައްވަމުންނެވެ.

ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ރިޔާސީ ދައުރު ނިމުމުގެ ކުރިން އެ ކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވީނަމަވެސް އެކަންތައް ކޮށްފައިނުވާތީ އާންމުންގެ ގިނަ ފާޑުކިއުމެއް އެމްޑީޕީއަށާއި ސަރުކާރަށް ދަނީ އަމާޒު ކުރެވެމުންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!