ޚަބަރު
މީހުން އުސޫލާއި އެއް ގޮތަށް ދަތުރު ކުރޭތޯ ކަައުންސިލުން ބެލުމަށް ފުލުހުން އިލްތިމާސްކޮށްފި

މީހުން ދަތުރު ކުރަނީ ކަނޑައެޅިފައިވާ އުސޫލްތަކާއި ގަވާއިދުތަކާއި އެއްގޮތަށްތޯ ކައުންސިލްތަކުން ބެލުމަށް ފުލުހުން އެދިއްޖެއެވެ.

ކައުންސިލްގެ ޒިންމާ ތަކުގެ ތެރޭގައި މިދަނޑިވަޅުގައި މީހުން ދަތުރުކުރަނީ އުސޫލްތަކާއި ގަވާއިދުތަކާއި އެއްގޮތަށް ތޯ ބެލުން ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމަށްފަހު މީހުން ދަތުރުކުރާވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިމުނަށް ސަރުކާރުން ނިންމާފައިވާ އިރު، މިހާރު ދީފައިވާ ލުއިތަކާއެކު ރަށްރަށަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށް 14 ދުވަސްވެފައިވާ މީހުންނަށް 72 ގަޑިއިރުގެ ފީސީއާރުގެ ނެގެޓިވް ނަތީޖާ އަކާއިއެކު ދަތުރުކުރެވޭނެއެވެ.

ކޮވިޝިލްޑް ވެކްސިން ޖަހަންް ފެށުމާއެކު ވެކްސިންގެ ދެެވަނަ ޑޯޒް ފުރިހަމަ ކުރާ މީހުންގެ އަދަދު މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ކޮވިޝިލްޑް ވެކްސިން އަލުން ޖަހަން ފަށާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

މިހާތަނަށް ރާއްޖެއިން 258،525 މީހަކު ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފިއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!