ޚަބަރު
އިންޑިއާ އައުޓް ގޮވާ މައްސަލަ 241 ކޮމިޓީން ބަލަން ނިންމައިފި

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށްގެންދާ “އިންޑިއާ އައުޓް” ހަރަކާތުގެ ސަބަބުން ކުރިމަތިވާ ކަންކަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ (241) ކޮމިޓީން ނިންމައިފިއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ހިންގާ “އިންޑިއާ އައުޓް” ހަރަތާތްތަކުގެ މައްސަލަ ބެލުމަށް 241 ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއެވެ. މިމައްސަލަ ދިރާސާ ކުރެއްވުމަށް ފުރަތަމަ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑަިއގެން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ރާއްޖެއާއި ބައިނަލްއަގްވާމީ ގުޅުން ގާއިމުކޮށްފައިވާ ގައުމުތަކާ ދެކޮޅަށް އިންތިޒާމްކޮށްގެ ރާއްޖޭގައި ހަރަކާތެއް ހިންގައިފިނަމަ އޭގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ގެއްލުމަކީ ކޮބައިތޯ ދެނެގަތުމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ވަކި ޤައުމަކަށް ނުވަތަ ވަކި ޝަހުސިއްޔަތަކަށް ފާޑުކިޔުމަކީ މައްސަލައެއް ނޫންކަމަށެވެ. ނަމަވެސް ދިވެހިންގެ ބަޔަކު އިސްވެ ވަކި ޤައުމަކާ ދެކޮޅަށް ހަރަކާތްތަކެއް ހިންގުމަކީ އެކަމުގެ ސަބަބުން ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއްކަމަށެވެ. އެހެންކަމުން އެމައްސަލަ ދިރާސާކުރާއިރު އަމަލުކުރަން އޮންނަ އުސޫލުން ކުރިއަށްގެންދިއުމަށް ރައީސް ނަޝީދުވަނީ އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދު މަޖިލީހުގެ ކޮމިޓީއަށް ހުށައެޅުއްވި އެ މައްސަލަ ކޮމިޓިން ބޭރުކޮށްލުމަށް ތ.ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވަނީ ހުށައަޅުއްވާފައެވެ. ނަމަވެސް ކޮމިޓީން އެގޮތަށް ފާހެއް ނުވިއެވެ.

އެ މައްސަލަ ކޮމިޓީން ބެއްލެވުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށައެޅުއްވިއެވެ. ޙަސަން ލަޠީފްގެ ހުށައެޅުއްވުމުގައި ވަނީ ބައެއް އިދާރާތައްވެސް ކޮމިޓީއަށް ޙާޒިރުކުރުމަށް ހުށައަޅުއްވާފައެވެ. މިގޮތުން ކޮމިޓީން އެ މައްސަލަ ދިރާސާކުރައްވަމުން ގެންދަވާއިރު، ކަމާ ގުޅުންހުރި މަޢުލޫމާތު ހޯއްދެވުމަށް އެމްއެންޑީއެފް، މޯލްޑިވްސް ޕޮލިސް ސާރވިސް، ޑިފެންސް މިނިސްޓްރީ، ފޮރިން މިނިސްޓްރީ، ހޯމް މިނިސްޓްރީ އަދި މަޖިލީހުގެ ފޮރިން ރިލޭޝަންސް ކޮމިޓީ، ކަސްޓަމްސް އަދި އިމިގްރޭޝަން ޙާޒިރުކުރުމަށް ކޮމިޓީން ވަނީ ނިންމާފައެވެ.

މި މައްސަލައާއި ގުޅޭގޮތުން ކޮމިޓީގެ މުޤައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވަނީ އެއީ މުހިއްމު މައްސަލައެއްކަމުން، ސިޔާސީ ރޫހުގައި މައްސަލަ އެއްވެސް މެންބަރަކު އެމައްސަލަ ނުނެންގެވުމަށް އެދިވަޑައިގެންފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!