ޚަބަރު
ޖަޕާނުން ރާއްޖެއަށް 8 އެމްބިއުލާންސް ހަދިޔާ ކުރަނީ

ޖަޕާނުން ރާއްޖެއަށް 8 އެމްބިއުލާންސް ހަދިޔާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެމްބިއުލާނަސްތަކަކީ ޖަޕާން ސަރުކާރުން ގްރާނޓް އެސިސްޓަންޓް ފޯރ ގްރާސްރޫޓް ހިއުމަން ސެކއިުރިޓީ ޕްރޮޖެކްޓްގެ ދަށުން 2453،800 (ދެމިލިޔަން ހަތަރުސަތޭކަ ފަންސާސްތިން ހާސް އަށްސަތޭކަ )ރުފިޔާގެ އެމްބިއުލާންސްތަކެކެވެ.

ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު ޢަބްދުﷲ މާހިރެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓަކެއުޗީ މިދޮރިއެވެެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު ޑރ. ޝާހު ވިދާޅުވީ އެމަޖެންސީ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަކީ މިވަގުތު އެ މިނިސްޓްރީން ކުރަމުން އަންނަ އެންމެ މުހިއްމު އެއް މަސައްކަތް ކަމަށެވެ. ޝާހު ވިދާޅުވީ މިއީ ވަރަށް އެކަށޭނަ ދަނޑިވަޅެއްގައި ލިބުނު ހަދިޔާއެއް ކަމަށާއި، ކޯވިޑުގެ ހާލަތުން ދަސްވި އެއް ކަމަކީ އަވަސް ފަރުވާ ދިނުމުގެ ނިޒާމުގައި ހުރި ބާގަނޑުތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޖާޕާނުގެ ސަފީރު ވަނީ ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާ ކުރުމަށް އެހީވުމަކީ އަބަދުވެސް ކުރައްވާނެކަމެއްކަން ފާހަގަކޮށް އުފާކުރައްވާކަމަށް ވިދަޅުވެފައެވެ.

ކޯވިޑް އާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި ސިއްޙީ ދާއިރާގެ އެމަރޖެންސީ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މިއަދު ސޮއިކުރި އެއްބަސްވުމުގައި ލިބުމަށް ހަމަޖެހިފައިވާ ރީކޮންޑިޝަންޑް 8 އެމްބިއުލާންސްއަކީ 8 ސެޓުގެ 12 މެޑިކަލް އިކުއިޕްމަންޓްތަކަކާއެކު ހަދިޔާ ކުރާ އެމްބިއުލާންސްތަކެކެވެ.

މެޑިކަލް އިކުއިޕްމަންޓްތަކުގެ ތެރޭގައި އެޑްވާންސް ލައިފް ސަޕޯޓް އިކުއިޕްމަންޓް ބޭގްސްއާއި އޮކްސިޖަން ސިލިންޑާ، ބޭގް ވޯލްވް މާސްކް އަދި ސްޕައިނަލް ބޯޑު ހިމެނެއެވެ. އަދި މި އެމްބިއުލާނސްތަކަކީ ރާއްޖޭގެ 6 ރަށަކަށާއި މާލެ ސަރަހައްދުގެ އެމަރޖެންސީ ޚިދުމަތް ހަރުދަނާކުރުމަށް ހަދިޔާކުރެވޭ އެމްބިއުލާނސްތަކެކެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!