ޚަބަރު
ޕީޖީ ޝަމީމަށް ވަރަށް ގިނަ މީހުން ނުފޫޒު ފޯރުވަން އުޅޭކަމަށް ތުހުމަތުކޮށްފި

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމަށް ގިނަ ބަޔަކު ނުފޫޒު ފޯރުވަން އުޅޭކަމަށް ބުނެ ތުހުމަތު ކުރައްވައިފިއެވެ.

ޝަމީމް ވިދާޅުވީ ދައުލަތުގެ އިދާރާތަކުގައި މަސައްކަތް ކުރައްވާއިރު އަދި ވަކިން ހާއްސަކޮށް މިވަގުތު އަދާކުރަން ޖެހިފައިވާ ވަޒީފާގެ ގޮތުން ވަރަށް ގިނަ މީހުން އޭނައަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށާއި ހުރިހާ ނުފޫޒަކީ ރަނގަޅު ނުފޫޒެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެފަދަ ނުފޫޒުތަކަށް ބާރު ލިބޭނީ އެނުފޫޒަށް އޭނަ ތަބާވާނަމަ ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ޝަމީމް ފާހަނގަކުރެއްވި ގޮތުގައި ނުފޫޒް ފޯރުވުމަކީ އެއްވެސް ހާލެއްގައި ނުފޫޒް ފޯރުވާ މީހާގެ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް ނުފޫޒު ފޯރުވަން އުޅެނީ ކޮންބަޔެއް ކަމެއް ހާމަކޮށްފައިނުވެއެވެ.

ފުޓްބޯޅަ ޓީމަށް ސަޕޯޓަރުން ވެސް ފޯރުވަނީ ނުފޫޒުކަން ފާހަގަ ކުރައްވާ ޝަމީމް މިސާލެއްގެ ގޮތުގައި ދެއްކެވީ ނިއުރޭޑިއަންޓްގެ ސަޕޯޓަރުން ވިކްޓްރީގެ މައުރޫފް އަހްމަދާއި ދޮންބިލަތް އަހްމަދު ހަލީމަށް ނުފޫޒު ފޯރުވަން ކުރި މަސައްކަތެވެ. ނަމަވެސް އެދެކުޅުންތެރިން ނުފޫޒަށް ނުލެނބުނު ކަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވީ ނުފޫޒަށް ނުލެނބޭތީ އެދެކުޅުންތެރިންނަށް ނުފޫޒު ފޯރުވަން ފަހުން ނިއުގެ ސަޕޯޓަރުން މަސައްކަތް ވެސް ނުކުރާ ކަމަށެވެ.

ޝަމީމް ވިދާޅުވީ މީހަކު ފޮނުވާ ސިޓީއަކުން، ޖަހާ ޓުވީޓަކުން، ލިޔާ މަޒުމޫނަކުން، ދައްކާ ވާހަކައަކުން، ކިޔާ އަނހާ ހުތަކުން، މަސައްކަތުގެ ދާއިރާގައި އޭނަ ކުރަންޖެހޭ ކަމަކަށް ނުވަތަ ނުކޮށް ދޫކޮށްލަންޖެހޭ ކަމަކަށް އަސަރެއް ނުކުރާނެ ކަމަށެވެ. އަދި އޭނައަށް ފޯރުވަން އުޅޭ ނުފޫޒްތައް ‘ސްމޫތުކޮށް އޮޕަރޭޓް’ ކުރުމުގެ ޤާބިލުކަން އޭނާގެ އެބަހުރި ކަމަށާއި ނަމަވެސް އެޤާބިލުކަން ކުޑަވާ ހިސާބުން، “ވިކްޓަރީއަށް ކުޅުން ހުއްޓާލާފައި ދެން ކުޅޭނީ ދެވަނަ ޑިވިޒަނުގައި ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ޝަމީމަކީ ނުފޫޒަށް ގުޑާނެ މީހެއް ނޫންކަން އޭނާ ވަނީ ހާމަކޮށްފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!