ޚަބަރު
ކުޑަފަރީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފި

ނ ކުޑަފަރީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

ކުނޑަފަރީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ، އެކުންފުނީގެ ސީއީއޯ އަލްފާޟިލް އާދަމް އާޒިމް އެވެ.އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތު ޝާނާ ފާރޫގުއެވެ.

މިމަޝްރޫއުގެ ދަށުން ، 718 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ އިތުރުން މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ އެނަވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މިމަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 300 ދުވަސް ތެރޭގަިއ ނިންމާގޮތަށެވެ. މިއީ 01.15 މިލިއަންރުފިޔާގެ މަޝްރޫއުއެކެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!