ޚަބަރު
ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ދޫނިތަކެއް މަރާލަން ލަފާދިނީ އެޓާނީ ޖެނެރަލް އޮފީހުން

ރާއްޖޭގެ އެތެރެ ކުރި ގިނަ އަދަދެއްގެ ދޫނިތައް މަރާލަން ލަފާ ދިނީ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިލިކަލްޗަރ އިން ތުހުމަތުކޮށްފިއެވެ.

މިއަދުގެ ވަގުތެއްގައި އިންޖެކްޝަން ޖަހައިގެން މަރާލި ދޫނިތަކަކީ މީގެ ހަތަރުވަރަކަށް މަސްކުރިން ރާއްޖެ އެތެރެކުރެވުނު ދޫނިތަކެކެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ އެ ދޫނިތަކަކީ އެއީ ރާއްޖެ އެތެރެ ކުރެވޭނެ ދޫނިތަކުގެ ލިސްޓް އަޕްޑޭޓް ކުރުމުގެ ކުރިން ނުގަވައިދުން އެތެރެ ކޮށްފައިވާ ދޫނިތަކެއް ކަމަށާއި އެހެން ކަމުން ދޫނިތައް އާ ގަވައިދަށް ނުފެތޭނެ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެޓާނީ ގެނެރަލް އޮފީހުގެ ލަފާމަތިން އެދޫނިތައް ނައްތާލީ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އެހެންނަމަވެސް ނައްތާލި ދޫނިތަކުގެ އަދަދު މިނިސްޓްރީން ހާމަކޮށްފައިނުވެއެވެ.

މިދޫނިތަކަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ޕްލާންޓް އެނިމަލް ކަރަންޓީނު ޔުނިޓް ތެރޭގައި 3-4 މަސް ވަންދެން ހުރި ދޫނިތަކެކެވެ. އެދޫނިތައް މަރާލީ އެދޫނިތައް އެތެރެކުރި ވެރި ފަރާތުގެ ހާޒިރުގައެވެ.

މިކަމާ ދޫނިތައް އެތެރެކުރި ފަރާތުގެ އިތުރުން މާލޭގައި ދޫނިތައް އެތެރެކޮށް ވިއްކާ ވިޔަފާރިކުރާ ފަރާތްތަކުން ދަނީ ނުުރުހުން ފާޅުކުރަމުންނެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވެފައިވަނީ މިއީ ރާއްޖޭގައި އަލަށް ކުރި ކަމެއް ނޫން ކަމަށާއި މީގެ ކުރިންވެސް ދޫނިތައް ނައްތާލާފައިވާ ކަމަށެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ދޫނިތައް މަރާނުލައި ދޫކޮށްލިނަމަ.. ތިއީވެސް ދިރޭ ފުރާނަތަކެއްނު