މަޢުލޫމާތު
ބޭރުފުށަށް ފެންނަ ސިފަތަކަށް ބަލައިގެން މީހުން ޖަޖުކުރުން- ހެދޭ ވަރަށް ބޮޑު ގޯހެއް

މުއްސަނދި މީހަކު، ފަގީރު ވެއިޓަރަކަށް މަލާމާތްކޮށް ލަނދު ގަންނުވާލައެވެ. ނަމެސް އެ ވެއިޓަރު އަންހެން ކުއްޖާއަކީ ކާކު ކަން އެނގުމުން، މުއްސަނދި މީހާއަށް ވަރަށް ބޮޑު ހައިރާންކަމެއް ގެނުވައެވެ.

ބޭރުފުށަށް ފެންނަ ސިފަތަކަށް ބަލައިގެން މީހުން ޖަޖު ކުރުމަކީ ދިރިއުޅުމުގައި އާންމު ކަމެކެވެ. ހާލު ދެރަ، މުސްކުޅި މީހަކު ވީދިފައި ހުރި ބާހެދުމެއްގައި ފެނިއްޖެ ނަމަ، އެއީ ސަލާންޖަހާ މީހެއްގެ ގޮތުގައި އަހަރަމެންނަށް ހީކުރެވެއެވެ.  އަދި ބޯދިގުކޮށް ކަރުގައި ފަށް އަޅައިގެން އެއްވެސް އަދަބެއްނެތި މަގުމަތީގައި އުޅޭ ޒުވާނުންނާއި، ތަފާތު ގްރޫޕް ހަދައިގެން އުޅޭ ޒުވާނުން ޕާޓޭންގެ ގޮތިގައި އަހަރަމެންގެ ތެރޭގައި މަޝްހޫރުވެފައި ވެއެވެ.

ބޭރުފުށަށް ފެންނަ އެކި ސިފަތަކަށް ބަލައިގެން މީހުން ޖަޖުކުރުމަކީ އަހަރަމެންގެ ވަރަށް އާންމު ސިފައެކެވެ. މިގޮތުން، މީހުން ހެދުން އަޅާގޮތަށް ބަލައި، މީހުންގެ ހަމުގެ ކުލަޔާއި، މީހުންގެ އުޅުމާއި ގުޅުމަށް ބަލައިގެން ފަސޭހައިން ގޮތް ނިންމާ ބަޔަކަށް އަހަރަމެން އިންސާނުން ވެއެވެ. މި ލިޔުމުގައި ގެނެވިފައިވަނީ، ބޭރުފުށަށް ފެންނަ ސިފަތަކަށް ބަލައިގެން އަވަހަށް ގޮތްނިންމުމުގެ ސަބަބުން މުއްސަނދި މީހަކަށް ކުރިމަތިވި ކަންތައްތަކެއްގެ ވާހަކައެވެ.

މެތިއު އަކީ މުޅިޤައުމުމުގައި ފުޅާ ދާއިރާއެއްގައި، ވިޔަފާރި ކުރަމުން އަންނަ މުއްސަނދި ވިޔަފާރި ވެރިއެކެވެ. ތަފާތު ހޮޓާތަކާއި، ރެސްޓޯރަންޓްތަކާއި، ސްޕާތަކާއި، ސެލޫންތަކުގެ އިތުރުން ކާރާއި ސައިކަލް ފަދަ ވެހިކަލްގެ ބިޔަފާރީގައިވެސް އޭނާގެ ނަން ފާހަގަކޮށްލެވެއެވެ. ތެދު ތެދަށް ބުނާނަމަ، މެތިއުގެ ވިޔަފާރި ނެތް ދާއިރާއެއް ނެތެވެ. ކާމިޔާބު ވިޔަފާރި ވެރިއަކަށް ވުމުގެ އިތުރުން މެތިއު ފާހަގަވެގެންދަނީ، ވިޔަފާރިތައް ފެށުމަށް އިންވެސްޓްކޮށްދޭ މީހެއްގެ ގޮތުގައެވެ. މެތިއު ޤަބޫލުކުރާގޮތުން އޭނާ ވިޔަފާރީގެ ރޮގުން ކުރިއެރުމުގެ ސިއްރަކީ އޭނާގެ ތަޢުލީމެވެ. ނަމަވެސް، ތަފާތު ވިޔަފާރިތައް ފެއްޓުމަށް މީހުންނަށް އެހީތެރިވެ، އިންވެސްޓް ކުރަން ފެށުމުގެ ކުރިން މެތިއު އަކީ އެހާ ކާމިޔާބު ވިޔަފާރި ވެރިއެއް ނޫނެވެ.

ތާފާތު ވިޔަފާރިތަކަށް އިންވެސްޓްކޮށްދޭ މީހަކަށް ވުމުން، ތަފާތު ވިޔަފާރިތައް ކުރުމަށް ގިނަ ބަޔަކު އިތުބާރު ކުރާ، އަދި ބޭންކުތަކުންވެސް އިތުބާރު ކުރާ، އަދި ވިޔަފާރީގައި މަޝްހޫރު ނަމަކަށް މެތިއުގެ ވިޔަފާރި ވެފައި ވެއެވެ.

ކުރިން ބުނެވުނު ފަދައިން، މެތިއު އަކީ ކުރިން މުއްސަނދި މީހެއް ނޫނެވެ. ކިޔެވި އިރު، ކިޔެވުމަށް ބޭނުންވާ ޚަރަދު ހަމަޖެއްސުމަށް، ގޭގޭގެ ފާޚާނަ ސާފު ކުރުން ފަދަ މަސައްކަތް ވެސް މެތިއު ވަނީ ކޮށްފައެވެ. ފަނގީރު އާއިލާއަކަށް އުފަން އެއްބަނޑު އެއްބަފާ ކުދިންގެ ޚަރަދު އަދި މެތިއުގެ އަމިއްލަ ކިޔެވުމުގެ ކަންކަން ހަމަޖެއްސީ ވަރަށް ބޮޑު ތަކުލީފު އުފުލައިގެންނެވެ. މެތިއުގެ މަސައްކަތުން އެއްބަޑު އެއްބަފާ 7 ކުދިންނަށް ވެސް ކިޔެވުމުގެ ފުރުޞަތު ހޯދައި ދެވުނު ނަމަވެސް، ޔުނިވާސިޓީ ތަޢުލީމު ފުރިހަމަ ކުރެވުނީ މެތިއުއަށް އެކަންޏެވެ. މެތިއު އަކީ ކުޑައިރުއްސުރެ، މަސައްކަތްކުރުމަށާއި، އަމިއްލަ ވިޔަފާރިއެއް ފެށުމުގެ ހުވަފެން ދެކެފައިވާ ޒުވާނެކެވެ.

އަގުހެޔޮކޮށް އެކިތަންތަނުން ތަކެތި ގަނެ، އިތުރަށް ފައިދާ ލައިގެން ވިއްކުމަކީ ކުޑައިރުއްސުރެ މެތިއު ކުރާ ކަމެކެވެ. މިގޮތުން ހޯދާ އާމްދަނީ އިން ކިޔެވުމަށް ބޭނުންވާ ސާމާނު ގަނެ ހުރިހާ ޚަރަދެއް މެތިއު ހަމަޖައްސައެވެ. އަދި މިގޮތުން ހޯދާ ފައިސާއިން ބާކީވާ ފައިސާ ކޮއްކޮ މެންނާއި އާއިލާއަށް ދެއެވެ. މެތިއުގެ މައިންބަފައިން އަބަދުވެސް އޭނާއަށް އިތުބާރު ކުރުމާއިއެކު، އެމީހުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުކުރުވާނެ މީހަކީ، މެތިއު ކަމުގައި އަބަދުވެސް ޤަބޫލުކުރެއެވެ. އަދި މައިންބަފއިންގެ އުއްމީދާއި އެއްގޮތަށް އެމީހުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުވީ މެތިއުގެ ތޫނުފިލިކަމާއި، ދުރުވިސްނުމާއި، ވިޔާފާރީގެ މޮޅު ހުނަރެވެ.

ހައި ސްކޫލުގައި އުޅުނު އިރު، މެތިއުގެ ބުރަމަސައްކަތާއި، ކިޔެވުމަށް ކުރަމުން އައި މަސައްކަތާއި، ކުރިއެރުން އަދި ޤާބިލިއްޔަތުތައް ފާހަގަވެ، ސްކޫލް ބޯޑުގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. ވިޔަފާރީގެ ރޮގުން މެތިއުގެ ކުޅަދާނަ ހުނަރު ފާހަގަކޮށް، ސްކޫލް ބޯޑުގެ ފަރާތުން ސްކޮލަޝިޕެއް މެތިއު އަށް ދިނެވެ. މެތިއު އަށް ލިބުނު ފުރުޞަތުގެ ބޭނުން ހިފައި، އާއިލާއާއި ދުރަށް ދާންޖެހުނު ނަމަވެސް، ޔުނިވަސިޓީ ތަޢުލީމު ނިންމުމަށް މެތިއު ނިންމިއެވެ. އަދި މިއީ އޭނާއަށް ނިންމުނު ރަނގަޅު ނިންމުމެއްގެ ގޮތުގައި މެތިއު ދެކެއެވެ. އެދުވަހު އުފަލުން ފޮޅިފައިވާ މީހެއްގެ ގޮތުގައި ހުރެ، އެ އުފާވެރި ޚަބަރު އާއިލާއާއި މެތިއު ހިއްސާ ކުރިއެވެ.

މުޅިއާއިލާ އިން މެތިއު އަށް ލިބިގެންދިޔަ ރަނުގެ ފުރުޞަތަށް އުފާ ފާޅު ކުރިއެވެ. މެތިއު ބޭނުންވާ ގޮތަށް، ވިޔަފާރީގެ ރޮގުން މަތީ ތަޢުލީމު ހާޞިލުކުރުމަކީ މެތިއުގެ ހުވަފެނެކެވެ. އަދި އެއަށްފަހު، މެތިއުގެ މިންނެން މަސައްކަތާއި، ކިޔެވުމަށް ހުރި ޝައުޤުވެރިކަމުގެ ސަބަބުން މުޅި ބެޗުންވެސް އެންމެ ފަޚުރުވެރި ނަތީޖާއާއި އެކު ޔުނިވާސިޓީ ތަޢުލީމުވެސް މެތިއު ނިންމިއެވެ. މެތިއުގެ ފަޚުރުވެރި ނަތީޖާ އަދި ކާމިޔާބީގެ ސަބަބުން އެ ސްޓޭޓްގެ ހުރިހާ ބްރޯކަރ ކުންފުނިތަކުން ވަޒީފާގެ ފުރުޞަތުތައް މެތިއު އަށް ހުށިހެޅިގެން ދިޔައެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައި، އެ ސްޓޭޓްގެ އެންމެ މަތީ ފަންތީގެ ވިޔަފާރި ކުންފުންޏަށް މެތީގެ ކުންފުނި ފޯރިއެވެ.

ނަމަވެސް ވިޔަފާރީގެ ރޮގުން ލިބުނު ކުރިއެރުންތަކާއި އެކުވެސް، އާއިލާއަށް ވެފައިވާ ވައުދު ފުއްދުމުގައި މެތިއު ފެއިލްވިއެވެ. މެތިއު ކުރިން ބުނެފައިވާގޮތުން، އޭނާ މުއްސަނދި މީހަކަށް ވާން ބޭނުންވަނީ، އޭނާގެ އާއިލާގެ ދިރިއުޅުމުގެ ހާލަތު ބަދަލު ކުރުމަށެވެ. ނަމަވެސް، މެތިއު އަށް ލިބިފައިވާ މުއްސަނދިކަމާއެކު، މެތިއުއަށް އޭނާގެ އާއިލާ މަތިން އެއްކޮށް ހަނދާން ނައްތާލިއެވެ. މެތިއު އޭނާގެ ހުރިހާ ވަގުތެއް ހޭދަކުރީ އޭނާގެ ވިޔަފާރި ފުޅާކޮށް، ވިޔަފާރި ކުރިއެރުވުމުގައެވެ. އަދި އާއިލާ މަތިން ހަނދާންކޮށް، މައިންބަފައިންނާއި، ކޮއްކެމެންގެ ހާލު ބަލާނެ ވަގުތެއް ބިޒީ ޝެޑިއުލް އާއި ހެދި މެތިއު އަކަށް ނުވިއެވެ. ބައެއް ފަހަރު ކޮންމެވެސް ހަދިޔާ ޕެކޭޖެއް ނުވަތަ ފައިސާކޮޅެއް އާއިލާއަށް މަދުން ފުނުވި ނަމަވެސް، އާއިލާގެ ދިރިއުޅުމުގެ ހާލަތު ބަދަލު ކުރުމަށް އެހީތެރިކަމެއް މެތިއު ފޯރުކޮށްދީފައި ނުވެއެވެ. މުދަލާއި ފައިސާ އަކީ ވަކިފަރާތަކުން ދެއްވާ އެއްޗެއްކަމާއި، މީހެއްގެ އަތުގައި މިއަދު ކިތަންމެ މުދަލަކާއި ފައިސާއެއް ހުއްޓަސް، ފަޅި ސިކުންތަކުން އެކަން ބަދަލުވެ ހިގައިދާނެ ކަމެއް، މެތިއުއަށް ކުރިން ވިސްނިފައި ނުވެއެވެ.

އެއްދުވަހެއްގެ ހެނދުނުގެ ނާސްތާއަށް ލަގްޒަރީ ރެސްޓޯރަންޓަކަށް މެތިއު ދިޔައެވެ. ހެނދުނުގައި ވަރަށް ޚާއްސަ މުހިންމު މީޓިންގ އެއް ތާވަލު ކުރެވިފައި ވުމުން މެތިއު ހުރީ ވަރަށް އަވަސް އަރުވާލާފައެވެ. އެމެރިކާގެ މަޝްހޫރު އެއާރ ލައިނަކާއި އެކު ޕާޓްނާޝިޕެއް ހަދައި، އޭނާގެ ވިޔަފާރި އާ އުސްމިނަކަށް ގެންދާނެ މީޓިންގް އަކަށް އެމީޓިންގް ވެފައި ވެއެވެ. އަދި މި ޕާޓްނާޝިޕަކީ، އޭނާއަށް އެތައް މިލިޔަން ޑޮލަރެއްގެ ފައިދާއެއް ލިބިގެންދާނެ ވިޔަފާރިއަކަށް ވެއެވެ. އުންމީދުން ފުރިފައިވާ މީހެއްގެ ގޮތުގައި މެތިއު ރެސްޓޯރަންޓްގެ ދޮރު ހުޅުވާލާފައި އެތެރެޔަށް ވަނެވެ. އެތެރެއަށް ވަތް ވަގުތަކީ، ވެއިޓަރު ހޫނު ކޮފީތައްޓެއް ހިފައިގެން ހުރަސްކޮށްލި ވަގުތެވެ. ކޮފީތަށި މެތިއުގެ ގަޔަށް ބަންޑުން ނުވީ ކިރިޔާއެވެ.

ކުރިމަތިވީ މިކަމުން މެތިއުގެ ހެނދުނުގެ މޫޑު އެއްކޮށް ބަދަލުވެގެން ދިޔައެވެ. ނާސްތާ ނެގުމަށް ރެސްޓޯރަންޓުގައި އިށީނުމާއެކު، އަންހެން ކުއްޖަކު މެނޫ ހިފައިގެން އައެވެ. އަދި އޯޑަރު ނަގައިގެން ދިޔައެއެވެ. އިރުކޮޅެއް ވީއިރުވެސް، އޯޑަރު ކުރި ކާއެއްޗެހި ނައުމުން އިތުރަށް މެތިއުގެ ރުޅިގަދަ ވިއެވެ. އިރުކޮޅަކުން މެތިއު އާއި ދިމާލަށް އަންނަ އަންހެނަކު ފެނިގެން ގޮވައި ގެނެސް އައި ރުޅިން އެއްޗެހި ގޮވަން ފެށިއެވެ. އަންހެން ކުއްޖާ ވަރަށް އަދަބުވެރިކަމާއެކު މައާފަށް އެދެމުން، ވަރަށް ބޮޑަށް އޮޅުން އަރައިފައިވާ ކަމަށް ބުނުމުންވެސް، ވާހަކަ ދެއްކުމަށް ފުރުޞަތެއް ނުދީ އަޑުގެ ކޮޅަށް ހަޅޭލެވިއެވެ. އަންހެން ކުއްޖާ އަށް ވާހަކަ ދެއްކުމުގެ ފުރުޞަތެއްވެސް މެތިއު ނުދިނެވެ.

އަންހެން ކުއްޖާ ތުންފަތުގައި ޖައްސާފައި ހުރި އަގުހެޔޮ ލިޕްސްޓިކްގެ ކުލަޔާއި، ލައިގެން ހުރި އަގުހެޔޮ ހެދުމަށްވެސް އެންމެ ފަހުން މެތިއު ފާޑުކިޔެވެ. އަންހެން ކުއްޖާ ފެންކަޅިވެފައިވާ ހާލު އެއްޗެކޭ ބުނާނެ ފުރުޞަތެއް ނުލިބިފައި ހުއްޓެވެ. އެންމެފަހުން މެތިއު ހުއްޓުމުން، އަހަރެން ބުނަން އުޅުނީ، އަހަންނަކީ މިތާ ވަޒީފާ އަދާކުރާ މީހެއް ނޫނޭ އަންހެން ކުއްޖާ ފެންކަޅިވެފައި ހުރެ ބުނެއެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނެ އަންހެން ކުއްޖާ ރެސްޓޯރަންޓުން ނުކުމެގެން ދެއެވެ. މެތިއު އެންމެންގެ ތެރޭގައި ވަރަށް ބޮޑަށް ލަނދުގަތެވެ. ނަމަވެސް، އެއަންހެން ކުއްޖާއަށް އެއްޗެކޭ ބުނެވުނީތީ އޭނާ ދެރައެއްވެސް ނުވެއެވެ.

މެތިއު އެތައް ދުވަހެން ވަންދެން އިންތިޒާރު ކުރަމުން އައި، އޭނާގެ ވިޔަފާރި ފުޅާކުރުމަށް އެމެރިކާގެ ކުންފުންޏަކާއެކު، ޕާޓްނާޝިޕް ހެދުމަށް ނިންމާފައިވާ، ބައްދަލުވުމަށް ވަރަށް އުންމީދާއެކު ދިޔައެވެ. ކުންފުނީގެ ފަރާތުން ސީއީއޯ އެލީސިއާ ސަރ އާއި އިރުކޮޅަކުން ބައްދަލުކުރާނެ ކަމަށް ބުނެ ބޭރުގައި މަޑުކޮށްލުމަށް ސެކްރެޓަރީ ބުންޏެވެ. ސިއީއޯ އަކީ އަންހެނެއްކަން އެނގުމުން، އޭނާގެ ޕްރޮޕޯސަލް މާގިނަ ބަހުސަކާއި ނުލައި ޤަބޫލުކުރާނެ ކަމުގައި ދެކި، މެތިއުގެ ކޮންފިޑެންސް އިތުރަށް މަތިވިއެވެ.

މީޓިންގް ރޫމަށް ވަންނަން މެތިއު އަށް ސެކްރެޓަރީ ދޮރުހުޅުވައި ފުރުޞަތު ދިނުމުން، ފެނުނު މަންޒަރު، މެތިއުއަށް ޤަބޫލުކުރަން އުދަނގޫވިއެވެ. މެތިއުގެ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވެގެން ދިޔައެވެ. ކުންފުނީގެ ސީއީއޯ އެލީސިއާގެ މޫނަކީ މީގެ ކުރިން އޭނާއަށް ފެނިފައިވާ މޫނެކެވެ. އެއީ ދެވަނަ މީހެއް ނޫނެވެ. އެދުވަހު ހެނދުނުގެ ނާސްތާގައި، ރެސްޓޯރަންޓުން ދިމާވެގެން، ވިސްނާ ނުލައި، މެތިއުއަށް އެއްޗެހި ގޮވުނު އަންހެން ކުއްޖާއެވެ.

އެލީސިޔާ އޭނާގެ މޫނަށް ލާނެތް ހިނިތުންވުމެއް ގެންނަމުން، ޕާޓްނާޝިޕް ހަދަން އުޅޭ ފަރާތަކީ މެތިއުގެ ކުންފުނިތޯ އެހިއެވެ. ޖަވާބުގައި އާއެކޭ ބުނެ، ހެނދުނު ރެސްޓޯރަންޓުން ދިމާވި ކަންކަމަށް އެލިސިއާ ކައިރިން ލަނދުގަނެފައި ހުރެ މަޢާފަށް މެތިއު އެދުނެވެ. ޖަވާބުގައި އެލީސިޔާ ބުންޏެވެ. މުއްސަނދި ވުމަކީ އެހެން މީހުންނަކީ، ދަށް ބައެއްގެ ގޮތުގައި ދެކި، އެހެން މީހުން ދަށްކޮށްލަންޖެހޭ ސަބަބެއް ނޫންކަމަށް ބުނެ އެލީސިޔާ، ބައްދަލުވުން ދޫކޮށް ދެއެވެ. މާލަހެއް ނުވެ، ކުންފުނީގެ ފަރާތުން ޕްރެސް ރިލީސެއް އެލިސިއާ ބޭއްވިއެވެ. އަދި މުއްސަނދި މެތިއުގެ ހަޤީޤީ ސޫރަ އެންމެންނަށް ހާމަކޮށްދިނުމާއެކު، އެފަދަ ކުންފުންޏެއްގެ ވެރިއަކާއެކު ޕާޓްނާޝިޕެއް ހަދަން ބޭނުން ނުވާކަން ހާމަކުރިއެވެ.

މާގިނަ ދުވަހެއް ނުވެ، މެތިއު އާއި ޕާޓްނާޝިޕް ވިޔަފާރިކުރަމުން އައި ގިނަ ކުންފުނިތަކުން، އެކުންފުންޏާއި އެކު އޮތް ޕާޓްނާޝިޕް އުވާލިއެވެ. މެތިއުގެ އަމަލުގެ ސަބަބުން ވިޔަފާރީގައި ބޮޑެތި ގެއްލުންތަކެއް މެތިއުއަށް ކުރިމަތިވިއެވެ. އަދި ވިސްނާނުލައި، މީހުންގެ ބޭރުފުށުން ފެންނަ ސިފަޔަށް ބަލައި ޖަޖްކުރުމާއި، ރުޅިކޮންޓްރޯލް ނުކޮށް، ހިތުހުރި އެއްޗެއް މީހުންނާއި ދިމާއަށް ގޮވުމުގެ ސަބަބުން އޭނާއަށް ލިބުނު ގެއްލުން މުޅިއުމުރަށް ފިލާވަޅަކަށް ވެގެން ދިޔައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!