ޚަބަރު
މޮނިޓަރިންގެ ހާލަތުގައި އޮތް ނަމަވެސް ތިނަދޫގަިއި އީދު ނަމާދު ކުރާނެ

މި އަހަރުގެ އަޟްހާ އީދު ނަމާދު ތިނަދޫގައި ކުރާނެ ކަމަށް ގދ. ތިނަދޫ ކައުންސިލުން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން އީދު ނަމާދު ކުރުމުގެ ހުއްދަ ދީފައިވަނީ މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށަށް ކަމުގައި ވިޔަސް ތިނަދޫގައި ކޮވިޑް ހާލަތު ރަގަޅުވެ، ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދެވިފައިވުމާއެކު އީދު ނަމާދު ކުރުމުގެ ހުއްދަ ކައުންސިލުން ވަނީ ދީފައެވެ.

އީދު ނަމާދު ޖަމާއަތުގައި ކުރުމުގެ ހުއްދަދިން ކަމުގައިވިޔަސް މިފަހަރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ތަންނުދިނުމުގެ ސަބަބުން މި ފަހަރު އަޟްޙާ އީދު ނަމާދު ތިނަދޫގެ 5 މިސްކިތްތެއްގައި ކުރާނެ ކަމަށް ތިނަދޫ ކައުންސިލްގެ އިއުލާނުގައިވެއެވެ. މި އަހަރުގެ ފިތުރު އީދު ނަމާދުވެސް ކޮށްފައިވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއެކު މިސްކިތްތަކުގައެވެ.

އެގޮތުން މާދަމާ ތިނަދޫގައި އީދު ނަމާދު ކުރަން ހަމަޖެހިފައިވާ 5 މިސްކިތަކީ މަސްޖިދުލް އިޙްލާސް. މަސްޖިދުއް ޝައިހް ސިދުގީ ( އިސްލާމީ މަރުކަޒް)، މަސްޖިދު މަރިޔަމް އަދި މަސްޖިދުއް ރިޟްވާންގެ އިތުރަށް މަސްޖިދުއް ސަލާމްގައެވެ.

އަޟްޙާ ޢީދު ނަމާދު ކުރުމަށް، މިސްކިތަށްދާއިރު ގެއިން ވުޟޫ ކޮށްގެން މާސްކް އަޅުއްވައިގެން އަދި އަމިއްލަ މުސައްލަ އެއް ހިފައިގެން ދުރުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިސްކިތުގެ ޖަމާއަތް ހަދާނީ އެޗްޕީއޭގެ ގައީޑްލައިނާއި އެއް ގޮތަށް ގައިދުރު ކަމާއެކުއެވެ.

ADS BY MALDIVIAN
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ާއަލިފް

    ޢީދު ނަމާދު ކުރާނެ ގަޑި ވެސް ޖެހިނަމަ ތިލިޔުން ފުރިހަމަ ވާނީ