ޚަބަރު
ދޫނިތައް މެރުމާއި ދެކޮޅަށް މިއަދު ހަވީރު މުޒާހަރާ ކުރަނީ

ރާއްޖެ އެތެރެކޮށްފައިވާ ގިނަ އަދަދެއްގެ ދޫނިތަކެއް ފިޝަރީޒް މިނިސްޓްރީން އިންޖެކްޝަން ޖަހައިގެން މަރާލާފައިވާތީ އެކަމާއި ދެކޮޅަށް މިއަދު ހަވީރު މާލޭގައި މުޒާހަރާ ކުރަން ނިންމައިފިއެވެ.

މީސްމީޑިޔާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ދޫނިތައް މެރުމާއި ދެކޮޅަށް މިއަދު ހަވީރު 16:00 ގައި އާޓިފިޝަލް ބީޗުގައި އިހުތިޖާޖެއް ކުރިޔަށް ގެންދާނެ ކަމަށެވެ.

ޤަވައިދާ ޚިލާފަށް ރާއްޖެ އެތެރެކޮށްފައިވާ ދޫނިތަކެއް ކަމަށް ބުނެ މިނިސްޓްރީން ވަނީ 130 ދޫނި އިއްޔެ މަރާލާފައެވެ. އެދޫނިތަކުގެ ތެރޭގައި ދުނިޔެއިން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ދޫނިތަކެއްވެސް ހިމެނެއެވެ. މިނިސްޓްރީން ވިދާޅުވެފައިވަނި އެދޫނިތައް މަރާލީ އެޓާނީ ޖެނެރަލް އޮފީހުގެ ލަފާގެ މަތިން ކަމަށެވެ.

އެހެންނަމަވެސް އެޓާނީ ޖެނެރަލް އޮފީހުން ވިދާޅުވެފައިވަނީ ގަވާއިދާ ޚިލާފަށް އެތެރެކުރި ދޫނިތައް މަރާލުމުގެ ބަދަލުގައި އަނބުރާ ފޮނުވާލުމުގެ ފުރުސަތު އޮތް ކަމަށާއި އެގޮތަށް ފިޝަރީޒް މިނިސްޓްރީން އަމަލު ކޮށްފައިނުވާ ކަމަށެވެ.

މިނިސްޓްރީގެ މިއަމަލާމެދު ގިނަ ބަޔަކު ދަނީ މީސްމީޑިޔާގައި ސަރުކާރަށާއި މިނިސްޓްރީއަށް ފާޑުކިޔާ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.

މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ދޫނިތައް ފިޝަރީޒް މިނިސްޓްރީން މަރާލިއިރު ދޫނިތައް ރާއްޖެ އެތެރެ ކުރި ކުންފުނިން ވަނީ އެދޫނިތައް މިނިސްޓްރީން ހިފެހެއްޓި މައްސަލައިގައި ދައުވާ ވެސް ކޮށްފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!