ޚަބަރު
ދީނީ ކަންތައްތައް އޮޅުންފިލުވައިދިނުމަށް ރާއްޖެއިން ބޭރުގެ ދީނީ އިލްމުވެރިން ގެންނަނީ

އިސްލާމްދީނުގައި ކަން އޮންނަ ގޮތް ރައްޔިތުންނަށް ރަނގަޅަށް އޮޅުންފިލުވައިދިނުމަށް ރާއްޖެ އިން ބޭރުން ދީނީ ޢިލްމުވެރިން ގެނައުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ)ގެ ޖެނެރަލް މޭޖާ ޖެނެރަލް މުހައްމަދު ބިން ސައީދު އަލްމުއައިދީއާ އެކު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ މިކަމާއި ބެހޭގޮތުން މަޝްވަރާކޮށްފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ގެންގުޅުއްވާ ޒީރޯ ޓޮލަރެންސް ސިޔާސަތުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމާއި ހަރުކަށި ފިކުރުތައް ފެތުރުން ހުއްޓުވުމަށް ގައުމީ ފެންވަރުގަޔާއި ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް، ފުރިހަމަ އެއްބާރުލުން ދެއްވަމުން ގެންދަވާނެކަމުގެ ޔަގީންކަން މާރިޔާ ވަނީ ދެއްވާފައެވެ.

މާރިޔާ ފާހަނގަކުރެއްވި ގޮތުގައި ސައުދީ އަރަބިއްޔާގެ ވެރިރަށް ރިއާދުގައި ގާއިމްކޮށްފައިވާ އައިއެމްސީޓީސީގެ ކައުންޓާ ޓެރަރިޒަމް ސެންޓަރުގައި، 2020 ވަނަ އަހަރުގެ ޖަނަވަރީމަހުން ފެށިގެން، އެއް އަހަރުގެ މުއްދަތަށް ޑިޕްލޯއިކޮށްފައިވާ ދިވެހި ގައުމީ ދިފާއީ ބާރުގެ ކޮންޓިންޖަންޓުން، އެމުއްދަތު އިތުރުކޮށް، މިހާރުވެސް އެސެންޓަރުގައި ހަރަކާތްތެރިވަމުން އެބަގެންދެއެވެ.

މިބައްދަލުވުމުގައި އައިއެމްސީޓީސީގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ދީނީ ކަންތައްތައް އޮޅުން ފިލުވައިދޭނެ ދީނީ އިލްމުވެރިންނާއި ޓެރަރިސްޓު ހަމަލާޔަކުން ރައްކާތެރިވުމަށް ބޭނުންވާ އާލާތްތައް ރާއްޖެއަށް ފޮނުވައިގެން މިކަމުގައި ފުރިހަމަ އެއްބާރުލުން ދިވެހި ސަރުކާރަށް ދެއްވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓާ ޖެނެރަލް ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރާއި، މިލިޓަރީ ސެކްރެޓަރީ ޓު ދަ މިނިސްޓަރ އޮފް ޑިފެންސް ބްރިގޭޑިއަރ ޖެނެރަލް އަބްދުލް މަތީން އަހުމަދާއި އައިއެމްސީޓީސީގައި ހަރަކާތްތެރިވަމުންދާ އެމްއެންޑީއެފް ކޮންޓިންޖަންޓުގެ ކޮމާންޑަރު ކާނަލް މުހައްމަދު މުހުތާރާއި އެމްއެންޑީއެފްގެ ޑިޕާޓްމަންޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަންގެ ޕްރިންސިޕަލް ޑިރެކްޓާ ލެފްޓިނަންޓް ކާނަލް އަހުމަދު ޝަރީފު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!