ޚަބަރު
އިތުރު 266 ދޫނި މަރާލި މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެ

ރާއްޖެ އެތެރެކުރި އިތުރު 266 ދޫނި މަރާލި މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެދޫނިތައް މަރާލާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އެދޫނިތަކަކީ ފަރުބިތު ޕެޓްސް އެންޑް އެކުއޭރިމްއިން ރާއްޖެ އެތެރެ ކޮށްފައިވާ ދޫނިތަކެކެވެ.

މިދޫނިތައް އެތެރެ ކުރި ކުންފުނި ކަމަށްވާ ފަރުބިތު ޕެޓްސް އިން މިއަދު ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ވަނީ މިނިސްޓްރީއިން އެފަރާތަށް ފޮނުވާފައިވާ މެސެޖު ހިއްސާކޮށްފައެވެ.

“ފަރުބިތު ޕެޓްސް އެންޑް އެކުއޭރިއަމްގެ ފަރާތުން 21/11/2021 ގައި ކަރަންޓީނުގަ ހިފަހައްޓާފައިވާ 266 ދޫނި މިއަދު 8/2/2022 ގައި ނައްތާލާ ވާހަކަ ދަންނަވަމެވެ. މިނިސްޓްރީއިން ފޮނުވާފައިވާ މެސެޖުގައި ބުނެފައިވެއެވެ.

ގިނަ އަދަދެއްގެ ދޫނިތަަކެއް އަނެއްކާވެސް މަރާލި މައްސަލައެއް ފެންމަތިވެފައިވާއިރު އިއްޔެވެސް ވަނީ ގިނަ އަދަދެއްގެ ދޫނިތަކެއް މަރާލި މައްސަލައެއް ފެންމަތިވެފައެވެ. އެމައްސަލައާ ގުޅިގެން މިހާރު ގިނަ ބަޔަކު ގެންދަނީ މީސްމީޑިއާގައި އެކަމާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ. އަދި މިއަދު ހަވީރު ވަނީ ދޫނި މެރުމާ ދެކޮޅަށް މާލޭގައި މުޒާހަރާއެއްވެސް ބާއްވާފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!