ފެންޑާ
ބޭރު ފުށުން އަންނަ ނުފޫޒަށް ވުރެ ބޮޑަށް އެތެރެއިން އަންނަ ނުފޫޒަށް އަމަލުކުރުން މުހިންމު

ދިރިއުޅުމުގައި ކުރިމަތިވާ ތަފާތު ކަންކަމާއި، މުހިންމު ނިންމުންތައް ނިންމުމުގައި، މުޖުތަމަޢުއިން، އެއްކޮށް އުޅޭ ރަޙްމަތްތެރިންގެ ކިބައިން، ދުނިޔޭގެ ކަންހިގާފައިވާ ގޮތުން، ތަފާތު ނުފޫޒުތައް ދިރިއުޅުމުގައި ކަންކަން ނިންމުމުގައި ކުރިމަތިވެއެވެ. ގިނަ މީހުންނަކީ، ބޭރުފުށުން އަންނަ މިފަދަ ތަފާތު ނުފޫޒުގައި ޖެހި، އެވިސްނުމާއި ފިކުރަށް ބުރަވެ، ދިރިއުޅުމުގައި ކަންކަން ނިންމާ މީހުންނެވެ. ދިރިއުޅުމުގައި ތަފާތު ކަންކަން ނިންމުމާއި، ތަފާތު ނިންމުންތައް ނިންމުމަށް އެތެރެއިން އަންނަ ނުފޫޒު ނުވަތަ އަމިއްލަ ވިސްނުން އިސްކުރަނީ މަދު ބަޔެކެވެ.

ކުކުޅު ބިހަކަށް ވިސްނަމާލަމާ ހިގާށެވެ. ބިހުގެ ތޮށިގަޑު 2 ގޮތަކަށް ތެޅިގެން ދެއެވެ. ބޭރުފުށުން އަންނަ ތެޅުމަކުންވެސް އަދި ބިހުގެ އެތެރެއިން އަންނަ ތެޅުމަކުންވެސް ބިހުގެ ތޮށި ތެޅެއެވެ. މި ދެގޮތަށް ބަލާއިރުވެސް ވެގެން ދަނީ އެއް ކަމެކެވެ. ތެޅިގެން ދަނީ ބިހުގެ ތޮށިގަނޑެވެ. ނަމަވެސް، މި 2 ތެޅުމުގެ ސަބަބުން ނިކުންނަ ނަތީޖާއަށް ވިސްނާލަމާތޯއެވެ. ބިހުގެ އެތެރެއިން އަންނަ ތެޅުމަކާއި ގުޅިގެން ބިހުގެ ތޮށި ތެޅިގެން ގޮސްފިނަމަ، އެއީ ދިރުމެކެވެ. އަދި ބޭރުފުށުން އަންނަ ތެޅުމަކުން ބިހުގެ ތޮށި ތަޅައިގެން ގޮސްފިނަމަ، ދިރުމެއް ނެތިވެގެން ދިޔައީއެވެ. ބިހުގެ ތޮށިގަނޑު އެތެރެއިން އަންނަ ތޮޅުމަކުން ތެޅިގެން ދަނީ، ބިސްފީވެ، ބިހުން އިތުރު ދިރުމެއް ނުވަތަ ފުރާނައެއް ދުނިޔެއަށް އައުމާއި ގުޅިގެންނެވެ. ބިހުގެ ތޮށި ބޭރުން އަންނަ ތޮޅުމަކުން ނުވަތަ ފޯސްއަކުން ތެޅިގެން ދިޔުމުން ދުނިޔެއަށް އަންނަން ތައްޔާރުވަމުން އައި ފުރާނައެއް ނުވަތަ ދިރުމެއް ނެތި ކޮށްލެވުނީއެވެ. މިއީ ބޭރުފުށުން އަންނަ ނުފޫޒާއި، އެތެރެފުށުން އަންނަ ނުފޫޒު ވަރަށް ރަނގަޅަށް ދައްކުވައިދޭ މިސާލެކެވެ.

ދިރިއުޅުމުގައި ކަންކަން ނިންމުމުގައި، ދުނިޔޭގެ ކަންހިގާގޮތާއި، ގާތް މީހުންގެ ލަފާއާއި މަޝްވަރާއަށް އެކަނި ބަރޯސާވެގެން ކަންކަން ނިންމުމަކީ ދިރިއުޅުމުގައި ކޮންމެފަދަ އަނދަވަޅަކަށްވެސް މީހާ ވެއްޓިގެން ހިގައިދާނެ ކަމެކެވެ. ތާއަބަދު އެހެން މީހުން ދެކޭގޮތާއި، އެހެން މީހުންގެ ވިސްނުމަށް އަމިއްލަ ދިރިއުޅުމުގައި ކުރިމަތިވާ ތަފާތު ކަންކަން ނިންމުމަކީ، ތިބާ ބޭރުފުށުގެ ނުފޫޒަށް އަމަލުކުރުމެވެ. ދިރިއުޅުމުގައި ކަންކަން ނިންމުމުގައި އެކުވެރިންނާއި، ގާތް މީހުން އަދި ވަކިން ޚާއްސަކޮށް އުމުރުން ދުވަސްވީ ބޭފުޅުގެ ލަފާ އަދި އިރުޝާދު ހޯދުމަކީ ބުއްދިވެރިކަމެކެވެ. ނަމަވެސް އަމިއްލަ ދިރިއުޅުމުގައި ނިންމާ ކޮންމެ ނިންމުމެއް ނިންމަންވާނީ، ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ވިސްނުން އިސްކޮށް، ހާލަތާއި، ވަގުތަށް ވިސްނައި އެމީހަކަށް ވިސްނޭ އެންމެ ރަނގަޅަށެވެ. މިއީ އެތެރެފުށުގެ ނުފޫޒު އިސްކުރުމެވެ. ތިބާ އަދި ތިބާގެ ދިރިއުޅުމުގެ ކަންކަން އެންމެ ރަނގަޅަށް އެނގޭނެ ހަމައެކަނި ފަރާތަކީ ތިބާއެވެ.

ދިރިއުޅުމުގެ ކޮންޓްރޯލް ވަކި މީހަކަށް ދިނުމުގެ ބަދަލުގައި، ކޮންމެ މީހަކީވެސް، ދިރިއުޅުމާއި ގުޅޭ މުހިންމު ކަންކަން ނިންމުމުގައި ވިސްނާ ފިކުރުކޮށް އަމިއްލަ ވިސްނުން އިސްކުރާ ފަރާތަކަށް ވުން މުހިންމެވެ. ވަކި މީހަކު ނުވަތަ ވަކި ބަޔަކު ކޮންޓްރޯލްކުރާ ރިމޯޓް ކޮންޓްރޯލް ކުޅޭ އެއްޗަކަށް އަމިއްލަޔަށް ބަދަލުވެ، ދިރިއުޅުމުގެ ލަގަން ދޫކޮށް ނުލާށެވެ. ބޭރު ފުށުން އަންނަ ނުފޫޒަށް ވުރެ ބޮޑަށް އެތެރެއިން އަންނަ ނުފޫޒަށް އަމަލުކުރުން މީހެއްކަމުގައި ވެވޭތޯ މަސައްކަތްކުރުން މުހިންމެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!