ޚަބަރު
އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް މިނިސްޓަރ ފައްޔާޒު ވާދަކުރަވަން ނިންމައިފި

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް އިކޮނިމިކް މިނިސްޓަރ ފައްޔާޒް އިސްމައިލް ވާދަކުރަން ނިންމައިފިއެވެ.

އެމްޑީޕީގެ އިސްބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ހާމަކޮށްފައިވާ ގޮތުން މިނިސްޓަރ ފައްޔާޒް އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަޤާމަށް ކުރިމަތިލައްވާނެއެވެ.

ފައްޔާޒުގެ އިތުރުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރުވެސް މިމަޤާމަށް ކުރިމަތިލައްވާނެ ކަމަށް ވަނީ އިއުލާންކޮށްފައެވެ.

ވެރިކަން ކުރާ ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރެޔަށް ތާވަލްކުރެވިފައިވާއިރު މިޖަލްސާގައި އެމްޑީޕީގެ އިސް މަޤާމުތަކަށް ބޭފުޅުން ކަނޑައަޅުއްވައި، އިންތިޚާބުތައް ބޭއްވޭނެ ތާރީޚުތައް ކަނޑައެޅިގެންދާނެއެވެ. އެގޮތުން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީ ބާއްވާނެ ތާރީޚަކާއި ރައީސްކަމަށް ވާދަކުރައްވާނެ ބޭފުޅުން މިޖަލްސާގައި ހާމަކުރާނެއެވެ.

އިސްކަންދަރު ސްކޫލުގައި މިރޭ 20:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޤައުމީ މަޖުލީހުގެ ޖަލްސާގައި ރިޔާސީ ޕްރައިމަރީގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އިންތިހާބާއި، ޗެއާޕާސަންގެ އިންތިހާބާއި، އަންހެނުންގެ ރޫހުގެ އިންތިހާބު އަދި ޒުވާނުންގެ ހިތްވަރުގެ އިންތިހާބު ބޭއްވުމާއިމެދު މަޝްވަރާ ކުރެވިގެންދާނެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!