ޚަބަރު
ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫސިޓީ އިން ކުއްޔަށް ދޫކޮށްފައިވާ 31 ބިމެއް ކައުންސިލަށް ބަދަލުކޮށްފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫސިޓީ އިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ އެއްބަސްވުންތައް ކައުންސިލްގެ ނަމަށް ބަދަލުކޮށްފިއެވެ.

އެކަމާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ބުނީ ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީ އިން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ އެއްބަސްވުންތައް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް ޓޫރިޒަމް ފަރާތުން އައްޑޫ ސިޓީ ކައުންސިލްގެ ނަމަށް އެއްބަސްވުންތައް ބަދަލުކޮށް ކައުންސިލާ ހަވާލުކޮށްފައިވާކަމަށެވެ. މީގެ ކުރިން އައްޑޫ ސިޓީ އިން ޓޫރިސްޓް ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓާ ތަރައްޤީ ކުރުމަށް ކަނޑައަޅާފައިވާ ކުލީ ބިންތަކުގެ ތެރެއިން 31 ބިމެއްގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ބިން ލިބުނު ފަރާތްތަކާ ދެމެދުގައެވެ.

އައްޑޫސިޓީ ކައުންސިލްގެ ނަމަށް އެއްބަސްވުން ބަދަލުކުރި ބިންތަކުގެ ތެރޭގައި ހިމެނެނީ ހިތަދޫ ޓޫރިޒަމް ޒޯންގެ 7 ބިމަކާއި، މަރަދޫ ޓޫރިޒަމް ޒޯނުން 1 ބިމާއި، ފޭދޫން 12 ބިން އަދި ހުޅުދޫ އިން 9 ބިމަކާއި މީދޫ ޓޫރިޒަމް ޒޯނުން 2 ބިމެކެވެ.

އައްޑޫސިޓީ ކައުންސިލްގެ އިދާރާގައި އޮތް އެއްބަސްވުންތައް ބަދަލުކުރުމުގެ ހަފުލާގައި، އެއްބަސްވުންތަކުގައި އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރ ޢަލީ ނިޒާރު އަދި ޑެޕިއުޓީ މޭޔަރ މުހައްމަދު ޝަބާއު އެވެ. މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓެރީ ފާތިމަތު ނިންފާއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!