ޚަބަރު
މާލޭގެ މިސްކިތްތަކުގައި ކެމެރާ ހަރުކުރަނީ

މާލޭގެ މިސްކިތްތަކުގައި ކެމެރާ ހުރުކުރަށް މާލެ ސިޓީ ކައުންސިލްގެ ފަރާތުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ކެމެރާ ހަރުކުރުމުގެ މަސައްކަތް ވަނީ ބަޔަކާއި ހަވާލުކޮށްފައެވެ. އެކައުންސިލުން ލަފާކުރާގޮތުން ކެމެރާ ހަރުކުރުމުގެ މަސައްކަތް ރަމަޟާން މަހަށް ނިންމާލެވޭނެއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު މުޢިއްޒު ވިދާޅުވީ މި ވަސީލަތާއެކު މާލޭގެ މިސްކިތްތައް ކޮންމެ ދުވަހެއްގެ 24 ގަޑިއިރަށް ބެލެހެއްޓެމުންދާނެކަމަށެވެ. މާލޭގެ މިސްކިތްތަކުގައި ކެމެރާ ހަރުކުރުމަށް ނިންމާފައިވަނީ މިސްކިތުގެ ހުރުމަތް ކެނޑޭފަދަ ޢަމަލުތައް ހިންގަމުންދާކަން ފާހަގަކުރެވޭތީއާއި، އަދި މިސްކިތުގައި ހުންނަ ސަމާނު ވަގަށްނެގުންފަދަ ކަންކަން ބައެއް މީހުން ކުރަމުންދާތީއެވެ.

މިސްކިތްތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ސިޓީ ކައުންސިލްގެ ރެވެނިއު ބަޖެޓުންނެވެ. މި އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލޭ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ. އެގޮތުން މިސްކިތްތައް އިތުރަށް ސާފުކޮށް، މިސްކިތްތަކުގެ އިމާރާތުގައި ހުރި އެކިއެކި މައްސަލަތައް ޙައްލުކުރުމުގެ ޢަމަލީ މަސައްކަތްތައްވެސް ދަނީ ކުރަމުންނެވެ. މިސްކިތްތައް އާބާތުރަފިލުވާ މަރާމާތު ކުރުމުގެ މަސައްކަތަށް 13މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!