ޚަބަރު
ޓްރާންސްޕޭރަންސީގެ ޒަރީޢާއިން މެނުވީ ކޮރަޕްޝަނެއް ނުހުއްޓުވޭނެ – ޕީޖީ ޝަމީމް

ދައުލަތުގެ އިދާރާތަކުގެ ހިންގުމުގެ ދާއިރާގެ އެންމެ އަސާސީ ކަމަކީ މައުލޫމާތު ސިއްރުނުކޮށް އާންމުކުރުން ކަމަށާއި، ޓްރާންސްޕޭރަންސީގެ ޒަރީއާއިން މެނުވީ ރައްޔިތުންގެ އިތުބާރެއް ނުލިބޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ، އޭނާގެ އަމިއްލަ ބްލޮގް ގައި މިއަދު ހިއްސާކުރެއްވި ލިޔުމެއްގައެވެ. އެގޮތުން އެލިޔުމުގައި ޝަމީމް ވިދާޅުވެފައިވާ ގޮތުގައި، އޭނާ އެމަގާމާއި ހަވާލުވީއްސުރެ، ތަފާސް ހިސާބާއި ނަންބަރަށް ބަލައިގެން ސިޔާސަތު ބައްޓަން ކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމަށް ބޭނުންވާނެ މައުލޫމާތު ހޯދޭނެ ގޮތަށް، ޕީޖީ އޮފީހުގެ އެތެރޭގެ ނިޒާމުތައް ބަދަލުކޮށްފައިވާ ކަމަށެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއާއި ޔުނިސެފްގެ އެހީތެރިކަމާއެކު، މިމަސައްކަތް ދާއިމީ ސިފައެއްގައި ކުރެވޭނެ ގޮތަށް މުވައްޒަފުން މިދަނީ ތަމްރީނު ކުރަމުން. މިމަސައްކަތަށް ވަގުތާއި ފައިސާ އިންވެސްޓް ކުރާތާ މިހާރު އަހަރެއްހައި ދުވަސް ވެއްޖެ – ޝަމީމް ވިދާޅުވިއެވެ.

އެގޮތުން ދައުލަތުގެ އިދާރީ ހިންގުމުގެ ތެރޭގައި ހާމަކަން އިތުރުކުރުމުގެ ސަބަބުން ކޮރަޕްޝަނަށް ހުރި ދޮރުތައްވެސް ބަންދު ކުރެވެމުން ދާނެ ކަމަށާއި، އެއްވެސް މީހަކު، މީހަކަށް ގުޅާފައި ތިމަންނާއަށް ރިޝްވަތުކޮޅެއް ދޭކަށެއް ނުބުނާނެ ކަމަށްވެސް ޝަމީމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ، މިހާރު ފަށަން އުޅޭ ކަމަކީ ކޮންމެ މަހަކުވެސް ޕީޖީ އޮފީހުން ކުރާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހާމަކުރުން ކަމަށާއި، ޖިނާއީ އަދުލުގެ ނިޒާމުގައި، ޕީޖީ އޮފީޙުގެ މަސައްކަތާއި ގުޅިގެން ކުރެވުނު ކަންތައްތަކާއި ނުކުރެވި ހުރި ކަންތައްތަކާއި ނަތީޖާ ނެރެވުނު ގޮތާއި ނުނެރެވި ހުރި ދާއިރާތައް އެމައުލޫމާތުގެ އަލީގައި ހާމަވެގެންދާނެ ކަމަށެެވެ.

އަދި މިކަމުގެ ސަބަބުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ހިމެނޭ ގޮތުން، ޖިނާއީ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރާ ހުރިހާ އިދާރާތައް ޖަވާބުދާރީކުރުވަން މަގު ފަހިވާނެ ކަމަށާއި، މިމަސައްކަތުގެ ތެރެއިން، ޖިނާއީ ޢަދުލުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު އިތުރުވެގެންދާނެކަމީ ޝައްކުކުރާ ކަމެއް ނޫންކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ހާމަކުރުމާއި، ކަންކަން ނުފޮރުވުމަކީ، އިދާރީ ހިންގުމުގެ ދާއިރާގައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް އަޅުގަނޑު ހިތުގެ އަޑިން ޤަބޫލުކުރަން. ކޮންމެ މަހެއްގެވެސް ފުރަތަމަ ހަފްތާގެ ތެރޭގައި، ވޭތުވެދިޔަ ހަފްތާގައި ޖިނާއީ ޢަދުލުގެ ނިޒާމުގައި ކަން ހިނގައިދިޔަ ގޮތާބެހޭ މަޢުލޫމާތު ހާމަކުރެވޭތޯ އަޅުގަނޑު މަސައްކަތްކުރާނަން – ޝަމީމް ވިދާޅުވިއެވެ.

އެގޮތުން މިހަފްތާގައި އާންމުކޮށްފައިވާ ހިސާބުތައް ނަގައި، އެއްކޮށް އާންމުކުރުމުގެ މަސައްކަތަކީ އަދި މުޅިން އަލަށް ކުރަން ފަށާ ކަމަކަށްވާތީ، މިހިސާބުތަކުގައި ބައެއް އޮޅުންބޮޅުމާއި ކުށް ހިމެނުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، އެކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދޭކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި މައުލޫމާތު އާންމު ކުރާއިރު މިއައްވުރެ ފުރިހަމަ ކޮށް އާންމު ކުރުމަށް މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!