ޚަބަރު
ޖެނުއަރީގައި ޕީޖީ އާއި މަޝްވަރާ ކޮށްފައިވަނީ ތާފާތު 58 ބާވަތުގެ 145 މައްސަލައެއް

ޖެނުއަރީ 2022 ގައި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ފުލުހުން މަޝްވަރާކޮށްފައިވަނީ ތަފާތު 58 ބާވަތުގެ 145 މައްސަލައިގައި ކަމަށް ޕީޖީ އޮފީހުން އާންމުކުރެއްވި މައުލޫމާތުގައި ހާމަކޮށްފިއެވެ.

ޕީޖީ އޮފީހުން މުޅިން އަލަށް އެއޮފީހަށް ހުށަހެޅިފައިވާ މައްސަލަތަކާއި އެއޮފީހުން ކުރަމުންދާ މަސައްކަތްތައް އާންމުކުރަން ފެށުމުގެ ގޮތުން މިއަދު އާންމު ކުރެއްވި މައުލޫމާތުތަކުގައިވާ ގޮތުގައި މިދިޔަ މަގު ތަފާތު 58 ބާވަތުގެ 145 މައްސަލަ އެއޮފީހާއި މަޝްވަރާކުރެވިފައިވާއިރު، އޭގެ ތެރެއިނބް 130 މައްސަލައެއްގައި ގޮތެއް ނިމިފައިވާ ކަމަށްވެސް އެއޮފީހުން ހާމަކޮށްފައިވާ މައުލޫމާތުގައި ވެއެވެ.

އެއީ، 47.69% ޕަސެންޓު (62 މައްސަލަ) ގައި މަޢުލޫމާތު ފުރިހަމަވެގެން ދައުވާ ކުރުމަށާއި، 13.85% (18) މައްސަލައިގައި ދައުވާއެއް ކުރެވެން ނެތްކަމަށާއި، 38.46% (50) މައްސަލައިގައި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށެވެ. މިމަސައްކަތުގައި ޕީޖީ އޮފީހުގެ 75 ވަކީލުން މަސައްކަތްޕުޅު ކުރައްވާފައިވާކަމަށާއި، އެންމެ ގިނަ މައްސަލަ ދިރާސާ ކުރެއްވީ، ރ.ދުވާފަރުގައި އަލަށް އުފެއްދި ޕީޖީ އޮފީހުގެ ގޮފިން އަލްއުސްތާޛު ރިމާޙު މުޙައްމަދު (6 މައްސަލަ) ކަމަށްވެސް އޭގައި ބަޔާންކޮށްފައިވެއެވެ. އެވްރެޖްކޮށް މައްސަލައެއްގައި ގޮތެއް ނިންމުމަށް ޕްރޮސިކިއުޓަރަކު ނަގާފައިވަނީ 4.40 ދުވަހެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވީ، ކޮންމެ މަހަކުވެސް ޕީޖީ އޮފީހުން ކުރާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހާމަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެގޮތުން ޖިނާއީ އަދުލުގެ ނިޒާމުގައި، ޕީޖީ އޮފީޙުގެ މަސައްކަތާއި ގުޅިގެން ކުރެވުނު ކަންތައްތަކާއި ނުކުރެވި ހުރި ކަންތައްތަކާއި ނަތީޖާ ނެރެވުނު ގޮތާއި ނުނެރެވި ހުރި ދާއިރާތައް އެމައުލޫމާތުގެ އަލީގައި ހާމަވެގެންދާނެ ކަމަށެެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!