ޚަބަރު
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ފޭދޫގައި ތަރައްގީކުރި “މާމަ، ކާފަ” ޕާކު ހުޅުވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑޫގެ ދަށުން ސ. ފޭދޫގައި ތަރައްގީކުރި އިސްރައްވެހިންނަށް ހާއްސަ ޕާކު މިއަދު ހުޅުވައިފިއެވެ.

“މާމާ،ކާފަ” ނަމަކަށް ކިޔާ މި ޕާކު ހުޅުވީ އިސްރަށްވެހިންނަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއަޅައި އިޖުތިމާއީ ހަރަކާތްތައް ބޭއްވުމަށެވެ. މިއީ ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން މިފަދަ ޕާކެއް ތަރައްގީކުރި ފުރަތަމަ ފަހަރެވެ.

މި ޤުދުރަތީ މާހައުލުގެ މަޤްޞަދަކީ އިސް ރަށްވެހިންގެ، ދިރިއުޅުމުގެ ވައްޓަފާޅިއާއި ދުޅަހެޔޮކަން އިތުރުކޮށް، މުޖުތަމަޢުގައި އިޖުތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވުމަށް ބާރުއެޅުން – ބީއެމްއެލް އިން ވިދާޅުވިއެވެ.

ބީއެމްއެލްގެ އެހީގައި ހުޅުވި މިޕާކުގައި ވަނީ، ބެންޗުތައް ބަހައްޓައި ޕާކަށް އަންނަ މީހުންނަށް އެކި ކުޅިވަރު ކުޅެވޭނެ ގޮތަށް މޭޒާއި ގޮނޑިތައްވެސް ބަހައްޓާފައެވެ. އަދި އެކި ޖަމްއިއްޔާތަކާ ގުޅިގެން ހިންގާ އެކި ހަރަކާތްތައްވެސް މިޕާކުގައި ހިންގާނެއެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ރަށްތަކުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓުތަކަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ހުޅުވި ފަންޑެކެވެ. މި ފަންޑުގެ ދަށުން މިހާތަނަށް 60 ޕްރޮޖެކްޓެއް ހިންގަން ވަނީ ފައިސާގެ އެހީ ފޯރުކޮށްދީފަ އެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!