ޚަބަރު
ތިނަދޫއިން ބޯހިޔާވަހިކަމަށްއެދި މިހާތަނަށް 600 އަށްވުރެ ގިނަ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި

ރަށުން ބޭރު ފަރާތްތަކަށް ބޯހިޔާވަހިކަމަށް ފުރުސަތު ހުޅުވާލުމުން 600 ވުރެ ގިނަ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމުގައި ގދ ތިނަދޫ ކައުންސިލުން ހާމަކޮށްފިއެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ރައީސް ސައުދު ޢަލީ މިއަދު ވިދާޅުވީ ތިނަދޫއިން ބޯހިޔާވަހިކަމަށް އެދި 600 ވުރެ ގިނަ ފަރާތަކުން ޝައުޤުވެރިކަން ފާޅު ކުރުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެއް ކަމަށާއި ހުޅުވާލާފައި މުއްދަތް ހަމަވާން އަދިވެސް މަހަކަށް ވުރެ ގިނަ ދުވަސް އެބައޮތް ކަމަށެވެ. ސައުދު ވިދާޅުވީ ތިނަދޫއިން ބިމަށް އެދި ޝައުގުވެރިކަން ފާޅު ކުރުމަށް ހުޅުވާލާފައި ފުރުސަތުގައި މިހާ ގިނަ ބަޔަކު އެދުމުން އޭގެ ނަތީޖާއަކީ އާބާދީ އިތުރުވެ ސިޓީ އަކަށް ބަދަލުވެ ތިނަދޫގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭ ކުރިއެރުމަށް ކުރެވޭ އުއްމީދު އާވުން ކަމަށެވެ.

“ތިނަދޫގެ ތަރައްޤީ އަބަދުވެސް ވިސްނަނީ ސަރަހައްދީ ވިސްނުމުގައި މުޅި ހުވަދު އަތޮޅަށް މަންފާ ކުރާ ގޮތަށް. އެގޮތުން ރަށުގެ ރައްޔިތުންނަށް އޭގެ އެންމެ ފުޅާ ދާއިރާއެއްގައި ހުޅުވާ ލާއިރު ރަށުން ބޭރު ފަރާތްތަކަށް ވެސް މިވަނީ ތިނަދޫގައި އަމިއްލަ ބިން ރަޖިސްޓަރީ ކުރެވޭނެ ފުރުސަތު ހުޅުވާލެވިފައި. އެކަން ތަންފީޒްވެ ހިގަން ފެށުމުން މުޅި އަތޮޅުގެ އިގްތިސާދީ ދުވެލި މުޅިން އާ އުސްމިނަކަށް ދާނެ. ހުޅުވާލާފައި ފުރުސަތުގައި އެހާގިނަ ބަޔަކު ޝައުގުވެރިކަން ފާޅު ކުރަމުން ދަނީ މި ދެންނެވި ޙަޤީޤަތަށް ވިސްނާފަ ކަމަށް ދެކެނީ” ތިނަދޫ ރައީސް ސައުދު ޢަލީ ވިދާޅުވިއެވެ.

ތިނަދޫ އިން ގޯތި ނުވަތަ ބޯހިޔާކޮށްލަން ބޭނުންވާ ރަށުން ބޭރު ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލީ މި އަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހުއެވެ. އަދި ފުރުޞަތު އެންމެ ފަހު ތާރީޚަކީ އަންނަ މާރިޗް މަހުގެ 31 ވަނަ ދުވަހެވެ. ތިނަދޫއަކީ ހަލުއި މިނެއްގައި އާބާދީ އިތުރުވަމުންދާ, ތަރައްޤީގެ އާ އުސްމިނަކަށް ވާސިލުވުމަށް ރަށު ކައުންސިލްގެ އަމާޒު ހިފާފައިވާ ރަށެއްކަން ފާހަގަ ކުރެވެއެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
 1. ސީނު

  ސާބަސް

 2. ޕޮރެފެސަރ ކަމަށް ހެދީގެންވޮންނާ

  ކަލޯ ފެރެތަން ރަޓުމީހެންނެ ވޮޅެންނެއިލިކާ ހަދާހައި ދާ ބޭރަށް ހޮޅުވަންނަށް ވެންނާ ރަޓުމީހެންނެ ވޫ ރަޓުން ކޮޑީގެން ކޮންމިއަަސް ފަޅަރަޓުކުފެހޭސް ޖެހީގަންނަށް ދާ
  ޢިސްތިއުފާދީފަ ތަންނުވެއްނެއި ތިކަމާ ތޯބަޔެއަ ބަދަރުމަންތޭ ރުކެޖަހަމުން ހަޖާނު ބޭހެދެމުން

 3. އަރިހުރަހަށް ހުރި މީހާ

  ޝައުގުވެރިވީ 600 މީހުން އެތަނުން ތިނަދޫ ދަފްތަރަށް ބަދަލުވާނީ 60 މީހުން. 10000 އާބާދީ ހަމަކޮއްގެން ތިނަދޫ ސިޓިއަކަށް ބަދަލު ކުރަން ބޭނުންނަމަ 2116 މީހުން ތިނަދޫ ރަޖިސްޓްރީއަށް އަދި ބަދަލުކުރަން ޖެހޭނެ. އަތޮޅުގެ ހުރިހާ އެންމެން ހިދުމަތް ހޯދާ ހޮސްޕިޓަލުގައި އެތެރެ ހަށީގެ ޑޮކްޓަރެއް ނެތަސް 10000 އާބާދީ ހަމަކޮއްގެން ތިނަދޫ ސިޓީއަކަށް ހަދާ މޭޔަރުގެ މަގާމާއި މޭޔަރުގެ މުސާރަ ލިބޭތޯ ކޮންމެހެންވެސް ބަލަންވާނެ.

 4. ތިނަދޫ ސިޓީގެ މޭޔަރު ޕްރޮފެސާރު ޑޮކްޓަރު އަލްއުސްތާޒު ސައުދު އަލީ

  އަހަރެން ބޭނުންވަނީ ތިނަދުއަށް އުފާ ފާގަތި މުސްތަގުބަލެއް ނިޔާމަ ދަތުރެއްގަ ބާރު ސްޕީޑުގަ ގޮސް ތިނަދޫ ސިޓިއަކަށް ހަދާންން

 5. ނުކިއްސަރަށް ހުރި މީހާ

  10000 އާބާދީ ކޮންމެހެން ހަމަކުރާކަށް ނުޖެހޭނެ ސިޓީއަކަށް ހަދަން. 7900 އާބާދީއިން މަތީގެ ރަށްތަށް ސިޓީގެ ދަރަޖަ ދޭން މަޖުލީހުން ފާސްކުރީމަ އެކާން އެނިމުމީ.