ޚަބަރު
ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ލިބިގެން ދިއުމަކީ އަތޮޅުގެ އިގްތިސާދު ކުރިއަރާނެ ކަމެއް – ސައުދުﷲ

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ލިބިގެން ދިއުމަކީ މުޅި ހުވަދު އަތޮޅުގެ އިގްތިސާދު ކުރިއަރާނެ ކަމެއް ކަމަށް ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު ސައުދުﷲ ޙިލްމީ ވިދާޅުވެއްޖެއެވެ.

ހުވަދޫ ނިއުސް އަށް ދެއްވި ބަސްދީގަތުމެއްގައި ސައުދުﷲ ވިދާޅުވީ، ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ލިބި، ތަރައްގީ ގެނައުމަށް މިހާރު ތިނަދޫގައި ތިބި މެމްބަރުންގެ ދައުރު ފުޅާ ކުރުމަށް މުހިންމު ކަމަށާއި، މެމްބަރުން އެކަމާ ވަކާލާތުކޮށް އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ތިނަދޫ ސިޓީއަކަށް ބަދަލު ކުރުމަށް ކުރާ މަސައްކަތުގައި މިހާރުގެ މެމްބަރުންނާއި ތިނަދޫއަށް ނިސްބަތްވާ ވެރިންގެ މަސައްކަތް އިތުރުކުރަން ޖެހޭ. ނަމަވެސް ކުރަން ޖެހޭ ގޮތަށް އެމަސައްކަތް ކުރެވޭތަނެއް ނުފެނޭ. އެކަމުގެ ހެއްކަކީ ތިނަދޫގައި އާބާދީ އިތުރު ކުރުމަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާކަން ފާހަގަ ކުރެވޭ – ސައުދުﷲ ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ، ނިމިދިޔަ ދައުރުގައި ތިނަދޫ ދެމެމްބަރުން މަޖިލީހުގައި ކުރެއްވި މަސައްކަތްތަކުން ތިނަދޫގައި އެދެވޭ ނަތީޖާއެއް ނެރެދެވިފައިވާ ކަމަށާއި، ހަމަ މިހާރު ތިބި މެމްބަރުންނަށްވެސް ވަކާލާތުކޮށްގެން ތިނަދޫއަށް އިތުރު ތަރައްގީގެ މަޝްރޫއުތަކެއް ގެނައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އޭގެ އިތުރަށް ސައުދުﷲ ވިދާޅުވީ، ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ތިނަދޫ ކައުންސިލުން ކުރަމުންދާ މަސައްކަތަކީ އެކަމުގެ ސަބަބުން ތިނަދޫގެ އިތުރުން މުޅި ހުވަދު އަތޮޅުގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް އަންނާކެ ކަމެެއް ކަމަށާއި، ކައުންސިލުން އަދި ކައުންސިލް ރައީސް ސައުދު އަލީ ކުރާ މަސައްކަތަށް ޝުކުރު އަދާކުރަމެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
 1. އަލީ

  ނޯ ކެމެންޓް

 2. ތިނަދޫ ސުއިމާސް

  އަޅުގަނޑުމެންގެ ލޮބުވެތި މެންބަރު ސައުދުﷲ ހިލްމީ ތިހެން ބުނުއްވީމަ ގަބޫލު ކޮއްފިން. އެކަމަކު އެކަމަކު އަހަރުމެންގެ މޭޔަރު ޕްރޮފެސާރު ޑޮކުޓަރު އަލްއުސްތާޒު ސައުދު އަލީ ތިހެން ބުނެގެން ގަބޫލެއް ނުކުރާނަން ސަބަބަކީ އެހެން މީހިން ދައްކާވާހަކަވެސް އޭނަ އަޑު އަހަނީއެއް ނުންވިއްޔާ.