ޚަބަރު
އިންޖީނު އަޅައި ބޭލިތަނުން ލޯންޗެއް ވަގަށް ނަގައިފި

އިންޖީނު އެޅުމަށްފަހު ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއް ދުއްވަން ނުފަށަނީސް ވަގަށް ނަގައިފިއެވެ.

ކ.ގުޅީފަޅުގައި އަޅާފައި އޮތް ވޯޓާރ ސްޕޯޓް ލޯންޗެއްގެ ރެޖިސްޓްރޭޝަން ކަންތައް ނުނިމިގެން ދުއްވަން ނުފަށާ އޮތްވާ ރޭ ލޯންޗު ވަގަށް ނަގައިފިއެވެ.

މައުލޫމާތު ލިބުނުގޮތުގައި އެލޯންޗު އިންޖީނު އެޅުމަށްފަހު ބޭލިތާ އަދި މަހެއް ނުވާނެއެވެ. ދިގުމިނުގައި 14 ފޫޓް ހުންނަ މިލޯންޗަކީ 4 މީހުންގެ ޖާގައިގެ ވޯޓާ ސްޕޯޓްއަށް ބޭނުންކުރާ ލޯންޗެކެވެ.

މަންޒަރުދުށް މީހަކު ބުނި ގޮތުގައި ނޫކުލައިގެ ދޯންޏަކުން ރޭ ދަންވަރު 3:30 އެހާކަންހާއިރު ލޯންޗެއް ކަފުޖަހައިފެން ދަނިކޮށް ފެނިފައިވެއެވެ.

ލޯންޗުގެ ވެރިފަރާތުން މައުލޫމާތު ދިން ގޮތުގައި ކަޅާއި ހުދު އަދި ރަތް ކުލައިގެ ލޯންޗަށް ގާތްގަނޑަކަށް 300،000ރ. ހަރަދުކޮށްފައިވެއެވެ. އެހެންކަމުން ލޯންޗާއި ގުޅޭ މައުލޫމާތެއް ލިބިއްޖެނަމަ 7997487 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދޭން ވެރިފަރާތުން ވަނީ އެދިފައެވެ.

މިމައްސަލަ މިހާރު ފުލުހުން ދަނީ ތަހުޤީގުކުރަމުންނެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!