ޚަބަރު
ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފިއެވެ.

ރޭ އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ހިފެހެއްޓުމެއް ނެތި ތެލުގެ އަގު ބޮޑުވަމުންދާ ކަމަށާއި، އެކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގުވެސް އެތައް ގުނައެއް އަނެއްކާވެސް ބޮޑުވެފައިވާ ކަމަށެވެ.

އެހެންކަމުން އިއްޔެއިން ފެށިގެން އެކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފައިވާ ކަމަށް އެކުންފުނިން ބުންޏެވެ. މިއީ މަސްދުވަސް ނުވަނީސް އެސްޓީއޯއިން ތެލުގެ އަގު ބޮޑުކުރި ދެވަނަ ފަހަރެވެ. އެންމެ ފަހުން އެކުންފުނިން ތެލުގެ އަގު ބޮޑުކޮށްފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

އަލަށް ގެނައި ބަދަލާއެކު، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި ފިއުލް ސަޕްލައިސް މޯލްޑިވްސް އިން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 12.89ރ އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ 13.04ރ އަށެވެ. މިބަދަލާއެކު ޕެޓްރޯލް ލީޓަރަކުން 83 ލާރި، އަދި ޑީސަލް ލީޓަރަކުން 6 ލާރި ވަނީ ބޮޑުކޮށްފައެވެ.

މީގެކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 12.06ރ. އަށެވެ. ޑީސަލް ލީޓަރެއް ވިއްކަމުން އައީ 12.44ރ. އަށެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ އެކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް ހުއްޓުމެއް ނެތި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮޮށްދިނުމަށް ކަމަށެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!