ޚަބަރު
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުން އޮތީ އެލްޖީއޭ އިންވެސް ބަލައިގެންފަ – ސަނީފް

ގދ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެދި އެލްޖީއޭ މެދުވެރިކޮށް ރައްޔިތުންގެ މަޖިލިހަށް ފޮނުވި ސިޓީ އޮތީ އެލްޖީއޭއިންވެސް ބަލައިގެންފަ ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށް ތިނަދޫ ކައުންސިލްގެ ރައީސް ސަޢުދު އަލީ ސޮއި ކުރައްވާ ފޮނުވި ސިޓީ އާއި ގުޅޭ ގޮތުން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން މެމްބަރު ސަނީފް ވިދާޅުވީ ތިނަދޫ އަށް ސިޓީ އެއްގެ ދަރަޖަ ހޯދުމަށް ކައުންސިލުން ކުރައްވަމުންދާ މަސައްކަތަށް މަޖިލިސް މެމްބަރެއްގެ ގޮތުގައި ތާއީދު ކުރައްވާ ކަމަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ޤާނޫނީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ނޫނީ މަޖިލީހަށް ނުފޮނުވާނެކަނެ ކަމަށެވެ.

އެހެން ކަމުން، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދައިދިނުމަށް މަޖިލީހުގައި މަޝްވަރާ ކުރެވޭނެ މަގު މިހާރު ވަނީ ހުޅުވިފައިކަމަށެވެ. އިތުރަށް ވާހަކަ ދައްކަވަމުން މެމްބަރު ސަނީފް ވިދާޅުވީ، ރާއްޖޭގައި ސިޓީއެއްގެ ދަރަޖަ ދެވިފައިވާ ކޮންމެ ރަށެއްގައިވެސް، މަޖިލީހުގެ ދެމެމްބަރުން ނުވަތަ އެއަށްވުރެ ގިނަ މެމްބަރުން ތިއްބަވާ ކަށާއި، އެއުސޫލުން ބަލާއިރު ތިނަދޫގައި ދެމެމްބަރުން މަޖިލީހުގައި ތަމްސީލު ކުރާ ކަމަށެވެ.

ނަމަވެސް ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ލިބިފައި ނުވާ ކަމަށާއި، އާބާދީގައި 8000 އަށްވުރެ ގިނަ މީހުން ހިމެނޭ އަދި 12000 އެއްހާ މީހުން ދިރިއުޅޭ ރަށެއް މެނޭޖްކުރުމުގައި އިދާރީ ގޮތުންނާއި މާލީގޮތުން ދަތިތަކެއް މިހާރު އެބަހުރި ކަމަށެވެ.

ހަގީގަތަށް ބަލާއިރު ތިނަދޫއަށް މިހާރު ސިޓީއެއްގެ ދަރަޖަ ދޭންޖެހޭ. ތިނަދޫގައި އޮތީ ސިޓީއެއްގެ ދަރަޖަ ދޭންޖެހޭ ވަރުގެ ބޮޑު އާބާދީއެއް. ނަމަވެސް މިކަމުގައި އޮތް ހުރަހަކީ ގާނޫނީ ގޮތުން އޮތް ހުރަހެއް. އެކަމަށް ކައުންސިލަށް މިހާރު ކުރިމަތިވާ އެންމެ ބޮޑު ހުރަހަކީވެސް އެއީ. – ސަނީފް ވިދާޅުވިއެވެ.

މެމްބަރު ސަނީފް އިތުރަށް ވިދާޅުވީ، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދައިދިނުމަށް ގާނޫނީ ގޮތުން މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ކައުންސިލުން އަދި ކައުންސިލްގެ ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތުގައި ބައިވެރިވާނެ ކަމަށާއި، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދައިދިނުމަށް މެމްބަރުގެ ހައިސިއްޔަތުން ކުރަން ޖެހޭ ކަންތައް ކުރާނެ ކަމަށެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ސީނު

    ތިޔ ކަނ އަޅުގަނޑ ކޮށްދޭނަނ. އެކަމަކ.ުު.. ދެނ އަންނ ދައުރުގ..