ޚަބަރު
މައްސަލަތަކަށް ހައްލު ހޯދުމަށް އަތޮޅު ކައުންސިލުން މިނިސްޓްރީތަކަށް

ގދ. އަތޮޅުގެ ރަށްތަކާއި އިހްތިސާސްގައި ހިމެނޭ ތަންތަނަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ހައްލު ހޯދުމަށް އަތޮޅު ކައުންސިލް މިނިސްޓްރީތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް ފަށައިފިއެވެ.

ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން މިހާރު ކުރައްވަމުން ގެންދަވާ ދަތުރާއި ބެހޭއި ގޮތުން ހުވަދޫ ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ ވިދާޅުވީ މިއީ ރައްޔިތުން އެދޭ ކަންކަމަށް ހައްލު ހޯދުމަށް ކުރަމުން ގެންދަވާ މަސައްކަތެއް ކަމަށާއި ސަރުކާރުން މިމައްސަލަތަކަށް ހައްލު ހޯދައިދޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އަޅުގަނޑުމެން މިއައީ ރައްޔިތުން އެދޭ ކަންކަމަށް ހައްލު ހޯދައިދިނުމަށް. އުންމީދަކީ ސަރުކާރުން މި މައްސަލަތަކަށް ހައްލު ހޯދައިދިނުން. – ފައިހަތު ވިދާޅުވިއެވެ.

މިދަރުތުރުގައި ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ދަނީ ސަރުކާރުގެ ގިނަ ވަޒީރުންނާއި ބައްދަލުކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރާއި ހިއްސާކުރަމުންނެވެ. އަދި އެކަން ކަމަށް ލިބެން އޮތް ހައްލު ހޯއްދެވުމަށް މަޝްވަރާ ކުރަމުންނެވެ.

ގދ އަތޮޅު ކައުންސިލުން މިނިސްޓްރީތަކާއެކު ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުތުގެ ތެރެއިން، ޓްރާންސްޕޯޓް މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން – ފޮޓޯ: ގދ އަތޮޅު ކައުންސިލް

އެގޮތުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އައިޝަތު ނަހުލާ އާއި އެމިނިސްޓްރީގެ ބައެއް އިސްވެރިންނާއި ބައްދަލުކޮށް އަތޮޅު ކައުންސިލުން ދެމުންދާ ޓްރާންސްޕޯޓް ޚިދުމަތްތަކުގައި ހުރި ދަތިތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

އަދި ހުވަދު އަތޮޅު ދެކުނުބުރީ ރަށް ތަކުގައި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ގުޅުންހުރި މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވެއެވެ.

ގދ އަތޮޅު ކައުންސިލުން މިނިސްޓްރީތަކާއެކު ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުތުގެ ތެރެއިން، ޖެންޑާ މިނިސްޓްރީއާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން – ފޮޓޯ: ޖެންޑާ މިނިސްޓްރީ

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ، ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ މެމްބަރުންނާއި ބައްދަލުކުރައްވާ، އެއަތޮޅުގައި ހުރި އިޖްތިމާޢީ މައްސަލަތަކާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައި، އިބަމައިގެ މަޢުލޫމާތު އެފަރާތްތަކާއި ހިއްސާކުރެއްވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ އަދި ޖެންޑަރ ފެމިލީގެ އިތުރުން އަތޮޅު ކައުންސިލުން ވަނީ އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު އަލީ، ޑެޕިއުޓީ މިނިސްޓަރ ޝާފިޢު ޢަލީ އަދި އިސްލާމިކް މިނިސްޓްރީގެ ބައެއް އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ.

ގދ އަތޮޅު ކައުންސިލުން މިނިސްޓްރީތަކާއެކު ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުގެ ތެރެއިން، އިސްލާމިކް މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. – ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި ބައްދަލުވުމުގައި ހުވަދު އަތޮޅު ދެކުނުބުރީ ކައުންސިލުގެ ފަރާތުން ވަނީ ރަށްރަށުގެ މިސްކިތްތަކުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި މާތްވެގެންވާ އިސްލާމް ދީނަށް ލޯބި އިތުރު ކުރުމުގެ ގޮތުން ދީނީ ދަރުސް ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމާއި ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ.

އަދި ހުވަދު އަތޮޅު ދެކުނުބުރީ ރަށްތަކުގައި އިމާމުންގެ ދަތި ކަމާއި، މުދިމުންނާއި، ޖަމާޢަތްތެރިން ތަމްރީނުކުރުމަށް ކުރެވެންހުރި މަސައްކަތްތަކާއިބެހޭ ގޮތުން އިސްލާމިކް މިނިސްޓްރީއާއެކު މަޝްވަރާކޮށްފައިވެއެވެ.

ގދ އަތޮޅު ކައުންސިލުން މިނިސްޓްރީތަކާއެކު ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުގެ ތެރެއިން، އެލްޖީއޭއާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން – ފޮޓޯ: އެލްޖީއޭ

ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިން މިނިސްޓްރީތަކާ އެކު ތާވަލް ކުރެވިފައިވާ ބައްދަލުވުންތަކަށް ބަލާއިރު އިސްލާމިކް މިނިސްޓްރީ، ޓްރާންސްޕޯޓް މިނިސްޓްރީ, ލޯކަލް ގަވަރމަންޓް އޮތޯރިޓީ, ޖެންޑަރ މިނިސްޓްރީ, އެންވަޔަރަމަންޓް މިނިސްޓްރީ, ސިވިލް ސާރވިސް ކޮމިޝަން, ފިޝަރީޒް މިނިސްޓްރީ, މާލެ ސިޓީ ކައުންސިލް, ހޯމް މިނިސްޓްރީ, ފިނޭންސް މިނިސްޓްރީ އަދި އެމްއެމްޕީއާރުސީ އާއި ބައްދަލު ކުރުން ހިމެނެއެވެ. މީގެ އިތުރުން ހައުސިން މިނިސްޓްރީއާ އެކުވެސް ބައްދަލުވުންތަކެއް ބާއްވާނެ ކަމަށް އަތޮޅު ކައުންސިލުން ވަނީ މައުލޫމާތު ދެއްވާފައެވެ.

މި ދަތުރުގައި މާލެސިޓީ ކައުންސިލްގައި އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 31 ވަނަ ބައްދަލުވުން ބާއްވާ ގޮތަށް ވަނީ ނިންމާފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.
  1. ރަށު

    އަތޮޅު ކައުންސިލަކީ ސަރުޖާރާއި ރަށު ކައުންސިލް ތަކާއި ދޭތެރޭ ހުންނަ ބޭކާރު ލޭޔާ އެއް