ޚަބަރު
ރާއްޖެ އެތެރެކުރި ސްޕްރިންގ ފިޔާތަކެއް ވިއްކުން މަނާކޮށްފި

ރާއްޖެ އެތެރެކުރި ސްޕްރިންގ ފިޔާތަކެއް ވިއްކުން ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)އިން މަނާކޮށްފިއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެ އެތެރެކުރި ސްޕިރިންގ ފިޔާތަކެއްގައި ޕެސްޓިސައިޑް ހުރުމާއި ގުޅިގެން އެފިޔާތައް ވިއްކުން މަނާކުރި ކަމަށެވެ.

އެއޮތޯރިޓީން ބުނާ ގޮތުގައި ޕެސްޓިސައިޑުން ތަޣައްޔަރުވެފައިވާ، އުފެއްދުމެއް ކަމުގައިވާ “ސްޓާސް” ބްރޭންޑުގެ “ސްރިންގ އަނިއަން” ރާއްޖެއަށް އެތެރެވެފައިވާކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑ އިން އެ އޮތޯރިޓީއަށް ވަނީ އަންގާފައެވެ.

ނެދަލޭންޑްސްގެ ކުންފުންޏެއް ކަމުގައިވާ ގްލޯބަލް ގްރީން ޓީމުން ހޯލްސޭލްކުރި މިއުފެއްދުމަކީ މިސްރުގެ އުފެއްދުމެކެވެ.

އެހެންކަމުން އެފިޔާގެ ސަބަބުން އެއްވެސް ކަހަލަ ނުރައްކަލެއް ހުރިތޯ ބެލުމުގެ މަސައްކަތް އެއޮތޯރިޓީން މިހާރު ދަނީ ކުރިޔަށް ގެންދަމުންނެވެ. އަދި އޮތޯރިޓީން ވަކި ގޮތެއް އަންގަންދެން މިސްރުގެ “ސްޓާސް” ބްރޭންޑުގެ ސްޕްރިންގ ފިޔާ ނުވިއްކުމަށް ވަނީ އަންގާފައެވެ.

އެފްޑީއޭއިން މީގެ ކުރިން ވެސް ވަނީ ތަޣައްޔަރުވެފައިވާ ތަފާތު ބާވަތްތަކުގެ ކާނާތައް އެތެރެވެ އޭގެ މައުލޫމާތު ލިބުމާ އެކު އެ ފަދަ ބާވަތްތައް ވިއްކުން ހުއްޓުވައިފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!