ޚަބަރު
ފިރިމީހާ ކޮވިޑް19ގެ ވެކްސިން ޖެހުމުން، އަންހެނަކު، ފިރިމީހާ ދޫކޮށްލަނީ

ކޮވިޑް19ގެ ނުރައްކާ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، ބަލީގެ ސަބަބުން ކުރިމަތިވާ ނުރައްކާ ކުޑަކޮށް، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުގައި، ދުނިޔޭގެ ބޮޑު އާބާދީއެއް ވަނީ ކޮވިޑް19ގެ ވެކްސިން ފުރިހަމަކޮށްފައެވެ. ކޮވިޑް19 ގެ ވެކްސިނާއި ދެކޮޅަށް ތަފާތު ކެމްޕެއިންތައް މަދުން ނަމަވެސް ދުނިޔޭގައި ކުރިޔަށް ގެންދެއެވެ. ނަމަވެސް، ވެކްސިން އާއި ގުޅިގެން ދެމަފިރިއެއްގެ ގުޅުމަށް ބުރޫ އަރައި އާއިލާ ރޫޅިގެންދާ ވާހަކައަކީ މުޅިން އާ ވާހަކައެކެވެ.

ކޮވިޑް19ގެ ވެކްސިނާއި ދެކޮޅަށް ނިއުޒިލޭންޑުގައި ތަފާތު ޙަރަކާތްތަކުގައި ބައިވެރިވާ އަންހެން އެކްޓިވިސްޓަކު، އޭނާގެ ފިރިމީހާ ކޮވިޑް ވެކްސިން ޖަހާފައިވާކަން އެނގުމާއިއެކު، ފިރިމީހާ ދޫކޮށްލާނެކަން، ޓީވީ ޗެނަލަކަށް އިންޓަވިއުދެމުން ވަނީ އަންގާ  އިޢުލާން ކޮށްފައެވެ.

ވެކްސިން ޖެހުމުން ފިރިމީހާ ދޫކޮށްލާނެ ކަމަށް ބުނި އަންހެންމީހާ- ފޮޓޯ: ސޯޝަލް މީޑިޔާ

އަންހެންމީހާ ބުނެފައިވާ ގޮތުން އޭނާގެ ފިރިމީހާ ކޮވިޑް19ގެ ވެކްސިން އެދުވަހު ޖަހާފައެވެ. އަދި އެކަން އޭނާއަށް ވަނީ އެނގި ޔަޤީންވެފައެވެ. ފިރިމީހާ ކޮވިޑް19ގެ ވެކްސިން ޖަހާފައިވާތީ، އެވަގުތުން ފެއްޓިގެން، ފިރިމީހާއާއި ގުޅުމެއް ބާއްވަން ބޭނުން ނޫންކަމަށް ބުނެ، އަދި ފިރިމީހާ އޭނާއަށް ގެއްލިފައިވާކަން އެޤައުމުގެ މަޝްހޫރު ޓީވީ ޗެނަލެއް މެދުވެރިކޮށް ފިރިމީހާ އާއި ވަކިވެފައިވާކަން އަންގައި އެމެސެޖު ފިރިމީހާއަށް ފޯރުކޮށްދީފައެވެ.

އަންހެން މީހާ ޤަބޫލުކުރާ ގޮތުގައި، ވެކްސިންގެ ސަބަބުން އެނާގެ ފިރިމީހާ މަރުވެގެން ދާނެއެވެ. އޭނާ ބުނެފައިވާގޮތުން، ފިރިމީހާ މަރުވުމުގެ ކުރިންވެސް އޭނާ ބޭނުންވަނީ، އެއީ ނެތް މީހެއްގެ ގޮތުގައި ބަލައި، އަމިއްލަ ދިރިއުޅުމާއިގެން ކުރިޔަށްދާށެވެ. ޓީވީ ޗެނަލަށް ދީފައިވާ އިންޓަވިއުގައި، ހަމަ މިއަންހެން މީހާ ބުނެފައިވާ ގޮތުގައި، އޭނާގެ ދަރިންނަށްޓަކައި، އޭނާގެ ފުރާނަ ޤުރުބާންކޮށްލުމަށްވެސް އޭނާ ފަސް ނުޖެހެއެވެ. ދަރިންގެ ސަލާމަތަށްޓަކައި، އޭނާއަށް ކުރެވުނު ކޮންމެ މަސައްކަތެއްވެސް ކުރާނެކަން އޭނާ ބުނެފައި ވެއެވެ.

ކޮވިޑް19ގެ ވެކްސިން އާއި ދެކޮޅަށް އަޑުއުފުލައި ނިއުޒިލޭންޑުގެ ޤާނޫނު ހަދާ މަޖިލިސް ކައިރީގައި އެއްވެފައިވާ މީހުން ހުއްޓުވުމަށް ފުލުހުން ހަރަކާތްތެރިވަނީ- ފޮޓ: ސޯޝަލް މީޑިޔާ

ވެކްސިންއާއި ދެކޮޅަށް އަޑުއުފާލާ ބަޔަކު ނިއުޒިލޭންޑުގެ ގަނޫނު ހަދާ މަޖިލީހުގެ ކައިރިއަށް ޖަމާވެ އަޑުއުފުލާފައިވާއިރު، މިއަންހެން މީހާ އަކީވެސް، އެހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ އަންހެނެކެވެ.

މިފަދަ ތަފާތު ފިކުރީ ވިސްނުމާއި ގުޅިގެން، އާއިލާ ރޫޅި، ދަރިން ބިކަވެގެން ދިޔުމަކީ ވަރަށްވެސް ހިތާމަކުރަންޖެހޭ ކަމެކެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!