ޚަބަރު
އިލެކްޓްރޯނިކް ލޮލެއް ބޭނުންކޮށްގެން ލޯފަން މީހުންނަށް ފެނުމުގެ އުންމީދު

އަލަށް އީޖާދުކުރެވުނު އިލެކްޓްރޯނިކް ލޮލެއް ބޭނުންކޮށްގެން ލޯފަން މީހުންނަށް ފެނުމުގެ އުންމީދު އާވެއްޖެއެވެ.

ޔުނިވަރސިޓީ އޮފް ސިޑްނީއާއި ޔުނިވަރސިޓީ އޮފް ސައުތު ވޭލްސް ރިސާރޗް ޓީމަކުން އުފެއްދި މި އިލެކްޓްރޯނިކް ލޯތައް، (ފޮއެނިކްސް 99) ލައްވަން ޖެހެނީ އިންސާނުންގެ ލޮލުގެ ރެޓިނާއަށެވެ. މިއީ ކުޑަކުޑަ ޗިޕެއް ގޮތަށް އޮންނަ ލޮލެކެވެ. އޭތި ގުޅުވާފައި އިންނާނީ އައިނުގައި އިންނަ ކެމެރާއަކާއެވެ. އޭގެ ސަބަބުން ލޯފަން މީހުންނަށް ފެންނާނެއެވެ.

ރިސާޗް ޓީމުން ހާމަކުރި ގޮތުގައި އަލަށް އުފެއްދި މިލޯ ޓެސްޓުކޮށްފައިވަނީ ކަންބަޅިތަކެއް ބޭނުންކޮށްގެންނެވެ. މިކުޑަ ކަންބަޅިތައް އިލެކްޓްރޯނިކް ލޮލުގެ އެހީގައި ތިން މަސްދުވަސް ހޭދަކުރިއެވެ. މި ލޯ ހަރުކޮށްފައިއިވަނީ ކަންބަޅީގެ ލޮލުގެ ރެޓީނާގެ ފަހަތުގައެވެ. އަދި އޭގެ ސަބަބުން ކަންބަޅިތަކަށް އެއްވެސް ދަތި އުދަގޫކަމެއް ދިމާވެފައި ނުވާތީ މިހާރު މިލޯތައް އިންސާނުންނަށް ޓެސްޓުކުރުމަށް ވަނީ ނިންމާފައެވެ.

އެޓީމުން ހާމަކުރި ގޮތުގައި މިލޯ މަސައްކަތްކުރާނީ އިންސާނުންގެ ލޮލުގައި އަޅާފައި އިންނަ އައިނުގައި ހުންނަ ކެމެރާއާއި ގުޅިފައި އިންނަ ޗިޕް އިންސާނުންގެ ލޮލުގެ ރެޓިނާއަށް ލެއްވުމުން ކަމަށެވެ.

މި ޓީމުގައި ހިމެނޭ ޔުނިވަރސިޓީ އޮފް ސިޑްނީގެ ބަޔޯކެމިކަލް ސްކޫލްގެ ބަޔޯ މެޑިކަލް އިންޖިނޭރެއްކަމުގައިވާ ސަމުއެލް އެގެންބާގަރ ވިދާޅުވަނީ އިލެކްޓްރޯނިކް މިލޮލުގެ ސަބަބުން އިންސާނާގެ ލޮލުގެ ވަށައިގެންވާ ޓިޝޫތަކަށް އަސަރުނުކުރާނެ ކަމަށެވެ. އެހެންކަމުން އަހަރުތަކެއް ވަންދެން ލޮލުގެ ރެޓިނާގައި ލައްވާފައިވާ ޗިޕު މައްސަލަނުޖެހި ހުންނާނެ ކަމަށެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!