ޚަބަރު
ފޮރިން މިނިސްޓްރީގެ ހުއްދަ ނުލިބިގެން ޔޫކްރެއިންގަ ތިބި ދިވެހި ދަރިވަރުން ރާއްޖެ އާދެވޭނެ ގޮތެއް ނެތިފައި

ޔޫކްރެއިން ގައި މިހާރު ދިމާވެފައިވާ ހާލަތާއި ގުޅިގެން އެގައުމުގައި ތިބި ދިވެހި ދަރިވަރުން ގެނެވޭނެ ގޮތެއް ނެތިގެން ދަރިވަރުންގެ އާއިލާތަކުން މިނިސްޓްރީ އޮފް ފޮރިން އެފެއަޒް ކައިރިއަށް އެއްވާން ފަށައިފިއެވެ.

މިނިސްޓްރީ ކައިރިއަށް ދަރިވަރުންގެ އާއިލާތަކުން އެއްވާން ފަށާފައިމިވަނީ، ޔޫކްރެއިންގައި ތިބި ކުދިން އަނބުރާ ރާއްޖެ ގެނެވޭނެ ގޮތެއް ނެތިގެން ކަމަށާއި، އެކަމަށްޓަކައި މިނިސްޓްރީއިން ދޭންޖެހޭ ހުއްދަ ނުދީގެން އެކަމާ ނުރުހުން ފާޅުކުރުމަށް ކަމަށެވެ.

ޔޫކްރެއިންގައި ހުރި ދަރިވަރެއްގެ އާއިލާ މީހަކު ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާ ދިނުމަށް މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބުމާއެކު ޔޫކްރެއިން ގައި ކިޔަވަން ހުރި އޭނާގެ ކޮއްކޮ ރާއްޖެ ގެނައުމަށް ނަގަން ޖެހޭ ހުއްދަތައް ދިނުމަށް މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އައިއިރު މިނިސްޓްރީގެ ފަރާތުން އެއްވެސް ޖަވާބެއް ލިބޭ ގޮތް ނުވެފައިވާ ކަމަށެވެ.

ޔޫކްރެއިންގައި ތިބި ދަރިވަރުން ބުނާ ގޮތުގައި ރާއްޖޭގެ ސަރުކާރުން އަދި މިހާތަަނަށް އެމީހުންގެ ހާލު ބަލާފައިނުވާކަމަށާއި، ހަނގުރާމަ ފެށިއްޖެ ނަމަ އެދަރިވަރުން ތިބި ސަރަހައްދަށް އަސަރުކުރާނެ ކަމަށެވެ.

ހަނގުރާމަ ފަށައިފިނަމަ އަޅުގަނޑުމެން ތިބި ސަރަހައްދަށް އެންމެ ފުރަތަމަ އަސަރުކުރާނީ. އެއީ މިސަރަހައްދަކީ ޔޫކްރެއިންގެ މެއިން ސިޓީއާއި ކައިރީގައި އޮންނަ ސަރަހައްދަކަށް ވާތީ. މިކަމާ ގުޅިގެން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން އަޅުގަނޑުމެންނަށް ގުޅާފައެއް ނުވޭ. ޔޫކްރެއިންގައި ހުރި ދިވެހި ދަރިވަރަކު ބުންޏެވެ.

ޔޫކްރެއިންގައި ތިބި ރާއްޖޭގެ ކިޔަވާކުދިންނަށް ރާއްޖެ އާދެވޭނެ ގޮތެއް ނެތިގެން އުޅޭއިރު، ޔޫކްރެއިންގެ ރައީސް ވަނީ ރަޝިއާއިން މާދަމާ ހަމަލާދޭން ފަށާފާނެ ކަމަށް ވިދާޅުވެފައެވެ. މިކަމާ ގުޅިގެން ގިނަ ގައުމުތަކުން މިހާރު ވަނީ ޔޫކްރެެއިން ގައި ތިބި އެގައުމުތަކުގެ މީހުން އަނބުރާ ގެނައުމުގެ މަސައްކަތް ފަށާފައެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!