ޚަބަރު
ބައިނަލްއަގްވާމީ ސްކައުޓް ޖަމިއްޔާގެ އޭޝިއާ ޕެސިފިކް ރީޖަނަލް ޔޫތު ރެޕްރިޒެންޓޭޓިވް އަކަށް މުހައްމަދު އިއުޖާޒު ޔަޒީދު އިންތިޚާބުވެއްޖެ

ބައިނަލްއަގްވާމީ ސްކައުޓް ޖަމިއްޔާގެ އޭޝިއާ ޕެސިފިކް ރީޖަންގެ ރީޖަނަލް ޔޫތު ރެޕްރިޒެންޓޭޓިވް އަކަށް ފަސްޓް މާލޭ ސްކައުޓް ގްރޫޕްގެ ރޯވަރ ސްކައުޓް މުހައްމަދު އިއުޖާޒު ޔަޒީދު އިންތިޚާބުވެއްޖެއެވެ. އިއުޖާޒު މިމަގާމަށް އިންތިހާބުވީ މިފެބްރުއަރީ މަހުގެ 9 އިން 13 އަށް ބޭއްވުނު 10 ވަނަ އޭޝިއާ ޕެސިފިކް ރީޖަނަލް ސްކައުޓް ޔޫތް ފޯރަމްގައި އިތުރު 13 ގައުމެއްގެ ކެނޑިޑޭޓުންނާއި ވާދަކޮށެވެ.

10 ވަނަ ރީޖަނަލް ސްކައުޓް ޔޫތު ފޯރަމް ފުރަތަމަ ފަހަރަށް އޮންލައިންކޮށް ކުރިއަށް ގެންދިޔައިރު، މިފޯރަމްގައި ރާއްޖޭގެ ފަރާތުން 8 މެމްބަރުންގެ ވަފުދެއް ބައިވެރިވިއެވެ. އަދި ފޯރަމްގެ ރިޕޯޓުގައި ހިމެނުމަށް ރެކޮމަންޑޭޝަންތަކެއްގެ ގޮތުގައި ރާއްޖެއިން ވަނީ ތިމާވެށި ހިމާޔަތްކުރުމާއި ދެމެހެއްޓެނިވި ތިމާވެށި އަދި ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުމުގެ ދާއިރާއިން ޖުމްލަ 5 ހުށަހެޅުމެއް ހުށަހަޅައި އެހުށަހެޅުންތައް ފޯރަމްގެ ޕްލެނަރީ ޝެޝަންތަކުގެ ތެރެއިން ބައިވެރިވި ހުރިހާ ގައުމެއްގެ ފުރިހަމަ އަޤްލަބިއްޔަތާއެކު ފާސްކޮށްފައެވެ.

މިޔޫތު ފޯރަމްގެ ޖެނެރަލް ރެޕޮޓުއާ އޮފް ދި ޔޫތު ފޯރަމްސް ރިކޮމެންޑޭޝަންސް ކޮމިޓީގެ މަގާމަށް ރާއްޖޭގެ ވަފުދުގެ ޑެލިގޭޓެއްގެ ގޮތުގައި ބައިވެރިވި އަދި ސްކައުޓް ޔޫތު ކައުންސިލްގެ ވައިސް ޗެއަރޕާސަންގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އަނޫފް އަބްދުﷲ ވަނީ އިންތިޚާބު ކުރެވި މުޅި ފޯރަމްގެ ހުރިހާ ރެކޮމެންޑޭޝަންތަކެއް އެއްކޮށް ފަހުގެ ރިޕޯޓު ނެރުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާފައެވެ. މިރިޕޯޓުގައި ކުރިއަށް އޮތް 3 އަހަރަށް ރީޖަނަލް ޔޫތު ރެޕްރިޒެންޓޭޓިވްސްގެ ގޮތުގައި އައްޔަން ކުރެވުނު މެމްބަރުން ހާސިލުކުރުމަށް މަސައްކަތްތަކާއި، ސްކައުޓް ހަރަކާތުގެ ތަފާތު ގުނަވަންތަކަށް ހަރަކާތް ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ޒުވާނުންނަށް ފެންނަ ކަންތައްތަކާއި ބެހޭ ގޮތުން ތަފާތު 13 ރެކޮމެންޑޭޝަން ހުށަހެޅި ފާސްކުރެވިފައިވެއެވެ.

ބައިނަލްއަޤްވާމީ ސްކައުޓް ޖަމްއިއްޔާގެ އޭސިއާ ޕެސިފިކް ރީޖަންގެ ރީޖަނަލް ޔޫތު ރެޕްރެޒެންޓޭޓިވް އަކަށް އައްޔަން ކުރެވުނު މުހައްމަދު އިއުޖާޒް ޖަޒީދަކީ، ރީޖަނަލް ޔޫތު ރެޕްރެޒެންޓޭޓިވްއެއްގެ ގޮތުގައި އައްޔަން ކުރެވުނު 4 ވަނަ ދިވެހި ސްކައުޓެވެ. މީގެ ކުރިން ތިން ދައުރެއްގައިވެސް ދިވެހި ސްކައުޓުން ވަނީ ރީޖަނަލް ޔޫތު ރެޕްރެޒެންޓޭޓިވްސްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. އަދި މީގެ ކުރިން ދިވެހި ސްކައުޓުން ވަނީ ރީޖަނަލް ޔޫތު ރެޕްރެޒެންޓޭޓިވްސްގެ ޗެއަރމަންގެ ގޮތުގައިވެސް މަސައްކަތް ކޮށްފައެވެ.

އޭޝިއާ ޕެސިފިކް ރީޖަނަލް ޔޫތު ރެޕްރެޒެންޓޭޓިވްސްގެ ބޭނުމަކީ، އޭޝިއާ ޕެސިފިކް ސަރަހައްދުގައި ސިޔާސަތުތައް ކަނޑައެޅުމުގައި ޒުވާނުން ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީ އެކަމަށް ހިތްވަރުދިނުމާއި ތަޖުރިބާ ލިއްބައިދިނުމެވެ. އެގޮތުން ރީޖަނަލް ޔޫތު ރެޕްރެޒެންޓޭޓިވްސްގެ ކޮންމެ މެމްބަރެއްވެސް އޭޕީއާރްގެ ކޮންމެވެސް އެއް ރީޖަނަލް ސަބް ކޮމިޓީއެއްގައި މަސައްކަތް ކުރާއިރު، ދިވެހިރާއްޖޭގެ ފަރާތުން އިންތިހާބު ކުރެވުނު މެމްބަރު އިންތިހާބު ކުރެވިފައިވަނީ ޔޫތު އެންގޭޖްމަންޓް ސަބް ކޮމިޓީއަށެވެ.

ފޯރަމްގެ ހަވާސާގެ ތެރެއިން ރާއްޖޭގެ ވަފުދުން ވަނީ މިސަރަހައްދުގެ 25 އަށްވުރެ ގިނަ ގައުމުތަކުގެ ސްކައުޓް އެސޯސިއޭޝަންތަކާއި، އެއެސޯސިއޭޝަންތަކުގެ މެމްބަރުންގެ އިތުރުން އިސްވެރިންނާއި ބައްދަލުކޮށް އެއެސޯސިއޭޝަންތަކުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު އޮޅުންފިލުވައި ގުޅުން ބަދަހިކޮށްފައެވެ. މިޔޫތު ފޯރަމް ވެގެން ގޮސްފައިވަނީ ރާއްޖެއާއި އެހެނިހެން ގައުމުތަކުގެ ސްކައުޓުންނާއި މެދު ނުހަނު ވަރުގަދަ ގުޅުމެއް އުފައްދައިދިން ފޯރަމަކަށެވެ.

ADS BY HAPPY MARKET
This error message is only visible to WordPress admins
Error: Access Token is not valid or has expired. Feed will not update.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!